ދަނގެތީން މަހަށް ނުކުތް މީހަކު ގެއްލިއްޖެ

މި ރަށު މީހުން ބުނާ ގޮތުން ޔޫސުފަކީ އެކަނި މަހަަށް ގޮސް އުޅޭ މީހެކެވެ. މީގެ ކުރީން ދޯނި ފަރަށް އެރުން ފަދަ ކަންކަން ދިމާވެފައި ވެއެވެ

ދަނގެތީ ރައްޔިތުން ބަނދަރު ސަރަހައްދަށް ޖަމާވެފައި

އދ. ދަނގެތީން މަހަަށް ނިކުތް މީހަކު ގެއްލިގެން ހޯދަން ފަަށައިފި އެވެ.

ގެއްލިގެން ހޯދަމުން ދަނީ އެ ރަށު ނޫލައިޓް ޔޫސުފް އިބްރާހިމް އެވެ. އޭނާ މަހަށް ދިޔައީ ފަތިހު އެވެ. މަހަށް ދިޔައީ އޭނާގެ އަމިއްލަ ދޯނީ ގައެވެ.

ޔޫސުފް ގެއްލިފައިވާ ކަން އެނގުނީ އޭނާ ދަތުރުކުރި ދޯނި ފެނުމުންނެވެ. މަހަށް ނިކުމެ އުޅުނީ އެކަންޏެވެ. ދޯނި ފެނުނު ޔޫސުފެއް ނެތެވެ.

އުމުރުން 68 އަހަރު ޔޫސުފް ހޯދުމަަށް ދަނގެތީގެ ގިނަ ބަޔަކު އުޅަނދުތަކުގައި މިހާރު ވަނީ ކަނޑު މައްޗަށް ނިކުމެފަ އެވެ.

އާއިލާ އިން ބުނި ގޮތުގައި ޔޫސުފް މަހަށް ދާން ނިކުތީ ފަތިހު 5:30 ގައެވެ. މި ރަށު ބަޔަކަށް 7:30 ހާއިރު ރަންވެލީ ރިސޯޓް ކައިރީން ފެނިފައިވާ ކަމަށެވެ. އޭރު ދޯނީގައި ޔޫސުފް ހުއްޓެވެ.

މި ރަށު މީހުން ބުނާ ގޮތުން ޔޫސުފް އަކީ އެކަނި މަހަަށް ގޮސް އުޅޭ މީހެކެވެ. މީގެ ކުރީން ދޯނި ފަރަށް އެރުން ފަދަ ކަންކަން ދިމާވެފައިވެއެވެ.

"ކޮންމެ ފަހަރަކު އެފަދަ ހާދިސާ ތައް ހިނގަނީ ޔޫސުބެ އަށް ނިދިގެން. ކުއްލި އަކަށް އެގޮތަށް ނިދިޖެހުން އެއީ ޔޫސުބެއަށް ދިމާވާ ކަމެއް. ބެލެވެނީ މި ފަހަރު ވެސް އެފަދަ ކަމެއްވެ ކަނޑަށް ވެއްޓުނީ ކަމަށް،" ރަށު މީހަކު ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.