ދިއްދޫ ނެރުމައްޗަށް ލޯންޗެއް އުރި ބަޔަކަށް އަނިޔާވެއްޖެ

ދިއްދޫ ނެރަށް އުރުނީ އެ އަތޮޅުގެ ވަށަފަރު ލޯންޗެކެވެ. އެ ހާދިސާގައި 10 މީހަކަށް އަނިޔާވި އިރު އޭގެ ތެރެއިން ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެ އެވެ.

ދިއްދޫ ނެރު މައްޗަށް އުރުނު ލޯންޗުން އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންދިއުމުގެ ކަންކަން ހިނގަނީ -- ފޮޓޯ: ދިއްދޫ އޮންލައިން

ހއ. ދިއްދޫގެ ނެރުމައްޗަށް ލޯންޗެއް އުރި އޭގައި ތިބި މީހުނަށް އެކިވަރުގެ އަނިޔާތައް ވެއްޖެ އެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެ ހާދިސާ ހިނގީ މިރޭ އިރާކޮޅު 7:30 އެހާކަންހާއިރު ކަމަށާއި ލޯންޗު އެ ރަށުގެ ނެރުމައްޗަށް އުރުނު ހާދިސާގައި އެކިވަރުގެ އަނިޔާވި މީހުން ދިއްދޫގައި ހުންނަ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ފުލުހުން ކޮށްފައިވާ ކަމަށެވެ. 

މިރޭ ދިއްދޫ ނެރަށް އުރުނީ އެ އަތޮޅުގެ ވަށަފަރު ލޯންޗެކެވެ. ނުރައްކާތެރި އެ ހާދިސާގައި 10 މީހަކަށް އަނިޔާވި އިރު އޭގެ ތެރެއިން ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ވެއެވެ.

ނަރުމައްޗަށް އުޅަނދު ފަހަރު އުރިގެނާއި ނެރު ފައިކަށިމައްޗަށް އުޅަނދު ފަހަރު އަރައިގެން ވަރަށް ގިނަ ހާދިސާތައް ހިނގަ އެވެ. އަދި އެފަދަ ބައެއް ހާދިސާތަކުގައި މީހުނަށް ގެއްލުންތައްވެސް ވެފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.