އިޒްރޭލު ޕާސްޕޯޓްގައި ރާއްޖެއަށް އައުން ބަންދުކުރަން ޖެހޭ: ޒައިދު

އެ ޝައިހް އަދި ވިދާޅުވީ "ލާއިންސާނީ ބަޔަކު ރާއްޖެއަށް އެތެރެވުން ހުއްޓުވަންޖެހޭ" ކަމަށާއި އެކަމަކު އެއީ އެނާގެ ހިޔާލު ކަމަށެވެ.

ޝައިހް އަލީ ޒައިދު

އިޒްރޭލު ޕާސްޕޯޓްގައި ދިވެހިރާއްޖެއަށް އެތެރެ ވުމުގެ ފުރުސަތު ބަންދު ކުރަން ރާއްޖޭގެ ދީނީ ދަންނަބޭކަލެއް ކަމަށްވާ ޝައިހް އަލީ ޒައިދު ގޮވާލައްވައިފި އެވެ. 

ދީނީ ދަންނަބޭކަލެއް ނަމަވެސް އެ ޝައިހަކީ ސިޔާސީ ވާހަކަ ވެސް ދައްކަވާ އަދި ސިޔާސަތާ ބެހި ވަޑައިގެން ސިޔާސީ ބޭފުޅުންނަށާއި ކަންކަމަށް ވަރަށް ގިނައިން ފާޑު ވެސް ވިދާޅުވާ ބޭފުޅެކެވެ. 

ޝައިދު ޒައިދު އެކްސްއެއްގައި މިއަދު ވިދާޅުވީ އިޒްރޭލު ޕާސްޕޯޓްގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް ދިވެހިރާއްޖޭގައި އުފާކޮށް ހެދުމުގެ މަގު ބަންދު ކުރަންޖެހޭ ކަމަށެވެ. 

އަދި އެ ޝައިހް ވިދާޅުވީ "ލާއިންސާނީ ބަޔަކު ރާއްޖެއަށް އެތެރެވުން ހުއްޓުވަންޖެހޭ" ކަމަށާއި އެކަމަކު އެއީ އެނާގެ ހިޔާލު ކަމަށެވެ. 

އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް އަރައިގަނެ ހިސޯރަށް ގެންދިއުމަށްއެކު އެ ބިންތަކުގައި ޔަހޫދީން އާބާދު ކުރުވައި ފަލަސްތީނުގެ ރައްޔިތުންނަށް ދޭ އަނިޔާތަކަށް ދެކޮޅު ހަދައި މިދިއަ ހޮނިހިރު ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން ވަނީ އިޒްރޭލަށް ވަރުގަދަ ހަމަލާތަލެއް ދީފަ އެވެ. އޭގެ ފަހުން އިޒްރޭލުން ދަނީ ހުއްޓާ ނުލައި ފަލަސްތީނަށް ހަމަލާތައް ދީ ލާއިންސާނީ ޖަރީމަތައް ހިންގަމުންނެެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.