ގަވަރުނަރުންގެ ބޯޑުގެ ޗެއާއައަށް އައިއެމްއެފާއި ވޯލްޑް ބޭންކު މެންބަރު ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ ގަވަރުނަރުންނާއި ފިނޭންސް މިނިސްޓަރުންގެ އަހަރީ ބައްދަލުވުންތަކުގައި ޗެއާކަން ކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ.
ވޯލްޑް ބޭންކާއި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާޕާސަން ކަމަށް ރާއްޖޭގެ އެމްއެމްއޭ / މަރުކަޒީ ބޭންކްގެ ގަވަރުނަރު އަލީ ހާޝިމް އިންތިހާބު ކޮށްފި އެވެ.
މިއީ އެ ބޯޑްގެ ޗެއާއަކަށް ރާއްޖެ ހޮވި ފުރަތަމަ ފަހަރެވެ. އެ މަގާމަށް ބޭފުޅަކު ހޮވަނީ ވޯލްޑް ބޭންކާއި އައިއެމްއެފްގެ މެންބަރު ގައުމުތަކުގެ ވޯޓުންނެވެ.
ރާއްޖޭގެ ގަވަރުނަރު، އަލީ ހާޝިމް އެ މަގާމަށް އިންތިހާބު ވޯޓު ދިން ހުރިހާ ގައުމެއްގެ ތާއީދު ވޯޓާއެކު އެވެ.
ގަވަރުނަރުންގެ ބޯޑުގެ ޗެއާއައަށް އައިއެމްއެފާއި ވޯލްޑް ބޭންކު މެންބަރު ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ ގަވަރުނަރުންނާއި ފިނޭންސް މިނިސްޓަރުންގެ އަހަރީ ބައްދަލުވުންތަކުގައި ޗެއާކަން ކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ. އަންނަ 2024 ގައު އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ އަހަރީ ބައްދަލުވުންތަކުގެ ޗެއާއަކަށް އިންނަވާނީ އަލީ ހާޝިމެވެ.