ސަމާލުކަން ހޯދި ކައިވެނި، ހަނީމޫނަށް ތުލުސްދޫއަށް

ކައިވެންޏަށް ފަހު އެ ދެ މީހުން ރޭ ވަނީ ޓިކްޓޮކް ލައިވްގައި އެ މީހުންގެ ކައިވެނީގެ ވާހަކަ ދައްކާފައެވެ. އެތައް ސަތޭކަ ބ ބަޔަކު ވަގުތުން ބަލަމުން ދިޔަ ލައިވްގައި ވާހަކަ ދައްކަމުން އެ މީހުން ބުނި ގޮތުގައި އިއްޔެ އަކީ އެންމެ އުފާވެރި ދުވަހެވެ.

ހަބީބާއާ އަމްޖަދު ކައިވެނި ކުރުމަށް ފަހު ސެޓިފިކެޓް ދައްކާލަނީ

ދިވެހީންގެ މެދުގައި މިހާރު އެންމެ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމަކީ ޓިކްޓޮކެވެ. މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ ބަޔަކަށް މިހާރު އެންމެ ކަމުދަނީ ޓިކްޓޮކެވެ. ދިވެހީންގެ ތެރޭގައި ޓިކްޓޮކް ތަރީންގެ ގޮތުގައި ފާހަގަ ކޮށްލެވޭ މީހުން މިހާރު އެބަ ތިއްބެވެ. އެ މީހުން ފޮލޯ ކުރާ އެތައް ހާސް ބަޔަކު ތިބެ އެވެ. ފޮލޯވަރުން އިތުރުކޮށް އިތުރަަށް މަޝްހޫރުވާން އެ މީހުން ގެންދަނީ ކޮންމެ ދުވަހަކު ލައިވް ޝޯތައް ކުރިއަށް ގެންދަމުންނެވެ. ބައެއް މީހުން ދުވާލަކު އެތައް ފަހަރަކު ލައިވް ގައި އެތައް ގަޑިއިރެއް ހޭދަ ކުރެއެވެ.

ޓިކްޓޮކް ގައި ދިވެހީންގެ މެދުގައި އެންމެ މަގުބޫލު މީހުންގެ ތެރޭގައި އަމްޖަދުއާ ހަބީބާ (ފޮޓޯގައި) ހިމެނެ އެވެ. އެ ދެ މީހުންގެ ލައިވްތަކަށް ގިނަ ބަޔަކު އިންތިޒާރު ކުރެ އެވެ. އެ ދެ މީހުންގެ ލައިވްތައް ބޮޑަށް ވައިރަލްވެގެން ދިޔައީ ދެ މީހުންގެ މެދުގައި ކުރެވޭ ވަރުގަދަ ބަހުސް ތަކުންނެވެ.

ދެ މީހުން ވެސް ބުނާ ގޮތުން އެކަކު އަނެކަކު ދެކެ ލޯބިވެ އެވެ. އެކަމަކު ލައިވްތަކުގައި އޮންނަނީ އެކަކު އަނެކަކަށް ހިތުގައި ހުންނަ ޝަކުވާތައް އޮއްސާލުމެވެ. ބައެއް ފަަހަރު ވަރަށް ހޫނު އެވެ. އެހެން ވިޔަސް އަނެއް ދުވަހު ލައިވް އަށް އަރައެވެ. 

ޓިކްޓޮކްގައި އެ މީހުން މަޝްހޫރުވީ އަމްޖޫ އާ ހަބިއްތަގެ ގޮތުގައެވެ. އިއްޔެއަކީ އެ ދެ މީހުންނަށް އުފާވެރި ދުވަހެވެ. ހާއްސަ ދުވަހެކެވެ. ދެ މީހުންގެ ކައިވެނި އިއްޔެ ވަނީ ކުރެވިފައެވެ. ގއ. މާމެންދޫ ކޯޓް ގައެވެ. ކައިވެންޏަށް ފަހު ކޯޓުން ނިކުމެ ކައިވެނީގެ ސެޓިފެކް ދައްކާލަން ތިބޭ މަންޒަރު ފެންނަ ފޮޓޯ އެއް އާންމުވެ ވަރަށް ބޮޑަށް ވަނީ ވައިރަލް ވެފައެވެ. އެ ފޮޓޯ އެ މީހުން ވެސް އާންމުކޮށް ފޭނުންނާއި ހިއްސާ ކުރި އެވެ. 

އެއާއެކު އެ ކައިވެންޏަށް ބޮޑު ސަމާލު ކަމެއް ލިބުނެވެ. އެތައް ބަޔަކު އެކި ޝުއޫރުތައް ފާޅުކުރި އެވެ. ޔަގީނުން ވެސް އަމްޖޫއާ ހަބީއްތަގެ ކައިވެނި ވެފައި ވަނީ މި އަހަރުގެ އެންމެ މަގުބޫލު ކައިވެންޏަށެވެ. އެންމެ ގިނަ ބަޔަކު ޝައުގު ހުއްޓުނު ކައިވެންޏަށެވެ.

ކައިވެންޏަށް ފަހު އެ ދެ މީހުން ރޭ ވަނީ ޓިކްޓޮކް ލައިވްގައި އެ މީހުންގެ ކައިވެނީގެ ވާހަކަ ދައްކާފައެވެ. އެތައް ސަތޭކަ  ބަޔަކު ވަގުތުން ބަލަމުން ދިޔަ ލައިވްގައި ވާހަކަ ދައްކަމުން އެ މީހުން ބުނި ގޮތުގައި އިއްޔެ އަކީ އެންމެ އުފާވެރި ދުވަހެވެ. އެތައް ދުވަހެއްގެ އުންމީދުގައި ހަގީގީ ކުލަ ޖެހުނު ދުވަހެވެ. "މިއީ މިހާރު ފަހުރުވެރި ދެމަފިރިން" ކަމަށް ބުނެލީ އުފަލުން ތިބެ އެވެ.

"ހިތްހަމަަޖެހޭނެ އެއްނު ދެން ދޮންކަލޯ، ކައިވެނި ކުރެވުނީމަ،" ކައިވެނި ކުރެވުމުން ކުރެވޭ އިހުސާސަކީ ކޮބައިތޯ އެހުމުން ދެ މީހުން އެކުގައި ބުނެލި އެވެ.

އަމްޖޫ ބުނި ގޮތުން އެ މީހުންގެ ހަނީމޫން އޮތީ ކ. ތުލުސްދޫގަ އެވެ. މިއީ އެ ދެ މީހުންގެ ވެސް ދެވަނަ ކައިވެންޏެވެ. އަމްޖޫ ކައިވެންޏެއް ކުރީ 11 އަހަރާއި ނުވަ މަސް ފަހުންނެވެ. އެ މީހުންގެ އުފާވެރި ދިރިއުޅުން ކުރިއަށް އޮތީ ގއ. މާމެންދޫ ގައި ހުންނަ ހަބީބާގެ ގެ "ކަނދޮޅުދޫ" ގޭގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.