ރައީސް މަސައްކަތް ކުރީ ވާދަވެރީން ނައްތާލަން: އިންތި

އިމްތިޔާޒް ވިދާޅުވި ގޮތުގައި ސިޔާސީ ވާދަވެރީންގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެކެވަޑައިގަތީ ދެ ބޭފުޅެކެވެ. އެއީ ރައީސް ނަޝީދާއި ރައީސް ޔާމީނެވެ.

ރައީސް މުހައްމަދު ނަޝީދު (ކ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (މ) މެންބަރު އިމްތިޔާޒް ފަހްމީ
  •  ވާދަވެރީން ކަމަށް ދެކެވަޑައިގަތީ ދެ ބޭފުޅުން
  •  އެ ދެ ބޭފުޅުންނަށް އަނިޔާ ދެއްވި
  •  ވާދަވެރީން ގިނަވި ނަމަ އެންމެން ޖަލަށް ލާނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ ވާދަވެރީންނާއި ދެކޮޅަށް އެންމެ އަނިޔާވެރިވި ރައީސް ކަމަށާ އެމަނިކުފާނު މަސައްކަތް ކުރެއްވީ ވާދަވެރީން ނައްތާލުމަށް ކަމަށް ދަ ޑިމޮކްރެޓްސްގެ މެންބަރު އަދި މަޖިލީހުގައި މާފަންނު އުތުރު ދާއިރާ ތަަމްސީލު ކުރައްވާ އިމްތިޔާޒް ފަހްމީ ރޭ ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓުންގެ ހައުސްގައި ރޭ ވާހަކަފުޅު ދައްކަވަމުން އިމްތިޔާޒް ވިދާޅުވީ ވާދަވެރީންނަށް އަނިޔާވެރި ވުމުގައި ރައީސް ސޯލިހް ހުންނެވީ އެންމެ ކުރީގައި ކަމަަށެވެ. ވާދަވެރީން ނުކުމެ ރައީސް ސޯލިހާއި ދެކޮޅަށް ހަރަކާތްތަކެއް ހިންގި ނަމަ ޖަލަށް ނުލާނެ އެކަކު ވެސް ނުހުންނާނެ ކަމަށް ވެސް އިމްތިޔާޒް ވިދާޅުވި އެވެ.

"ސިޔާސީ ވާދަވެރީންގެ ފަރާތުން އެ ބޭފުޅުންގެ ހަރަކާތްތަކެއް ރަނގަޅު ފެންވަރެއްގައި ހިންގި ކަމަށް ވީނަމަ ޖަލަށް ނުލާނެ އެކަކު ވެސް ނުހުންނާނެ... އިބްރާހިމް މުހައްމަދު ސޯލިހް ޖަލަށް ނުލާނެ އެކަކު ވެސް ނުހުންނާނެ،"

އިމްތިޔާޒް ވިދާޅުވީ ސިޔާސީ ވާދަވެރީންގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެކެވަޑައިގަތީ ދެ ބޭފުޅެކެވެ. އެއީ ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީނެވެ. ރައީސް ނަޝީދު އަވަހާރަ ކޮށްލަން ފުރުސަތު ފަހިކޮށް ދިނީ ރައީސް ސޯލިހުގެ ސަރުކާރުން ކަމަށާ ރައީސް ޔާމީން ގެންގޮސް ޖަލަށް ލީ ވެސް ރައީސް ސޯލިހްގެ ސަރުކާރުން ކަމަށް އޭނާ ވިދާޅުވި އެވެ. 

"ސިޔާސީ ވާދަވެރީންގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެކެވަޑައިގަތީ އެ ދެ ބޭފުޅަކު. އެއްބޭފުޅަކު އެ އޮތީ ޖަލުގައި. އަނެއް ބޭފުޅެއްގެ ފުރާނަ ދުއްވާލުމަށްޓަކާ ބޮމުގެ ހަމަލާ އެއް ދިނުމުގެ ފުރުސަތު -- ޖާގަ ދިނީ. އެއީ އެ ބޭފުޅާ ސިޔާސީ ވާދަވެރީންގެ ގޮތުގައި ދެކުނު ދެ މީހުނަކީ. އެ ދެ މީހުނަށް ހަދާފައިވާ ގޮތް އެ އޮތީ ފެންނަން،" އިމްތިޔާޒް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: އެމަނިކުފާނު ޖަލަށް ލީ ސަރުކާރުން ކަމަށް އިންތި ވިދާޅުވި

އިމްތިޔާޒް ވިދާޅުވީ ރައީސް ނަޝީދު އަވަހާރަ ކޮށްލަން ހަަމަލާ ދޭން ފުރުސަތު ފަހިކޮށް ދިނުމަށް ފަހު ދެން ވެސް މަސައްކަތް ކުރެއްވީ ސީދާ އެމަނިކުފާނާއި ދިމާ ކުރުމަށް ކަމަށާ ހުރިހާ އަމާޒެއް ހުރީ ނަޝީދު ނައްތާލަން ކަމަށާއު އެކަން ކާމިޔާބު ނުވީ ކަމަށެވެ. އިމްތިޔާޒު ވިދާޅުވީ ސިޔާސީ ހަޔާތް ނިމި ދާނީ ރައީސް ސޯލިހާއި އެމަނިކުފާނުގެ އެކުވެރީންގެ ކަަމަށެވެ.

ރައީސް ސޯލިހަކީ ވެރިކަމާއި ހެދި "ބޫތު" ކައިފައި ހުރި ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ވެރިކަން ގެއްލިގެން ދިޔައިރު ވެސް ފިލާވަޅު ލިބިގަންނަން އަދިވެސް ނޫޅުއްވާ ކަމަށް ވިދާޅުވި އެވެ.

"ބޫތު ކައިގެން ދިޔައީ ސުމާރެއް ނެތް މިންވަރަށް. ވެރިކަމުގެ ލައްޒަތުގެ ކުޑަ މިންވަރެއް ލިބުނީމަ ދެން ބޫތު ކައިގެން ދިޔައީ ސުމާރެއް ނެތް މިންވަރަށް،"

އިމްތިޔާޒް ވަނީ އެމްޑީޕީގެ ލީޑާޝިޕް ބަދަލު ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެ އެ މަސައްކަތް ކުރުމަށް އެ ޕާޓީގެ މެންބަރުންނަށް އިލްތިމާސް ކޮށްފައެވެ. ވިދާޅުވީ އެ މަސައްކަތް ނުކުރިޔަސް އެމްޑީޕީގެ ލީޑާޝިޕް ދާނީ ދުވަހެއް ދުވަހަކަށް ފެއިލް ވަމުން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.