ބަރަހަނާ ފޮޓޯ އާއި ވީޑީއޯ އާންމު ކުރުމާއި ފާޅުކަން ބޮޑު ގޮތެއްގައި އޮރިޔާންކާޑު އުފައްދާ އާންމު ކުރަމުން ދިޔަ ނަބީލް (ޔާޔާ ނަބީލް) ހައްޔަރު ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް ގެންދިއުމުން ބަންދަށް މުއްދަތު ނުދީ ކޯޓުން އޭނާ ދޫކޮށްލަން އަމުރުކުރި ގާޒީ ހުރީ ކޮން ހާލެއްގައިތޯ ބެލުމަކީ ދިވެހި ރައްޔިތުން ކުރަން ޖެހޭނެ ކަމެއް ކަމަށް ސަނީފް ވިދާޅުވިއެވެ.
ބަރަހަނާ ފޮޓޯ އާއި ވީޑީއޯ އާންމު ކުރުމާއި ފާޅުކަން ބޮޑު ގޮތެއްގައި އޮރިޔާންކާޑު އުފައްދާ އާންމު ކުރަމުން ދިޔަ ނަބީލް (ޔާޔާ ނަބީލް) ހައްޔަރު ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް ގެންދިއުމުން ބަންދަށް މުއްދަތު ނުދީ ކޯޓުން އޭނާ ދޫކޮށްލި މައްސަލާގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ފާޑުވިދާޅުވެއްޖެ އެވެ.
އޮރިޔާން ކާޑު އުފައްދާ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އޭނާ ދޫކޮށްލީ އެއީ މުޖުތަމައަށް ނުރައްކާ މީހެއް ނޫން ކަަމަށް ކަނޑައެޅުމަށް ފަހު އެވެ. އޭނާގެ ފަރާތުން މީހަކަށް ގެއްލުމެއް ލިބިފައި ނެތް ކަމަށާ އޭނާއަށް ތުހުމަތު ކުރެވޭ ކުށުގެ ބަވާތުން މުޖުތަމައުގެ އެހެން މީހަކަށް ގެއްލުމެއްް ލިބުމުގެ ފުރުސަތެއް ނެތް ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.
އެކަމަށް އިޝާރާތް ކުރައްވާ ސަނީފް ވިދާޅުވީ އެ ފަނޑިޔާރީ ކިހިނެތް / ކޮން ހާލެއްގައިތޯ ބެލުމަކީ ދިވެހި ރައްޔިތުން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
ބަންދު މަޖިލީހުގެ އަޑުއެހުމުގައި ފުލުހުން ވަނީ ލުހުންގެ ތަހުގީގުގައި އޭނާގެ ފޯނުގެ ޕާސްވޯޑް ހޯދަން އެދުމުން ޕާސްވޯޑް ދީފައި ނުވާ ކަމަށެވެ. އަދި ތަހުގީގަށް އޭނާގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށެވެ. އެފަދަ މީހަކު ބަންދުން ދޫކޮށްލުމުން ފިލާފާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
ނަމަވެސް މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ ފޯނުގެ ޕާސްވޯޑް ނުދިނުމާއި މީހަކު ފިލައިގެން ދިއުމާ މި ދެ ކަމަކީ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށާ ޕާސްވޯޑް ނުދިނުމަކީ ފިލާފާނެ ކަމަށް ބެލެވޭނެ ސަބަބެއް ނޫން ކަމަށް ނިންމާފަ އެވެ.
ކޯޓުން ދޫކޮށްލި މި މީހާ ކޮންމެ ރެއަކު ދަންވަރު އޭނާ ކުރަމުންދާ ލައިވްތައް އެތައް ބަޔަކު ބަލައެވެ. އެ ލައިވްތަކުގައި އޭނާ ހުންނަނީ އަންހެން ހެދުން އަޅައިގެންނެވެ. އަދި ހުތުރު / ފާހިޝް ވާހަކަތައް ދައްކާ ހަދައެވެ. މިއީ މި ފަހުން ދިވެެއްސަކު މިފަދަ ޝައިތާނީ އަމަލުތަކެއް ފާޅުގައި ކުރަމުންދާ ފުރަތަމަ ފަހަރެވެ.