އެމްއެންޕީގެ ފުރަތަމަ ކޮންގްރެސް މިމަހުގެ 23، 24 ގައި

އެމްއެމްޕީގެ ކޮންގްރެސް ކުރިއަށް ގެންދާނީ "ދަ ނެޝަނަލް ކޮންވެންޝަން 2022" މި ނަމުގައެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ތަރުޖަމާން އަދި އެ ޕާޓީގެ ނާއިބު ރައީސް ޝިދާތާ ޝަރީފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- އަވަސް ނޫހުގެ ފޮޓޯއެއް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފުރަތަމަ ކޮންގްރެސް މި މަހުގެ 23 އަދި 24 މި ދެ ދުވަހު ކުރިއަށް ގެންދަން ނިންމާ އެކަން އިއުލާނު ކޮށްފި އެވެ.

އެމްއެމްޕީގެ ކޮންގްރެސް ކުރިއަށް ގެންދާނީ "ދަ ނެޝަނަލް ކޮންވެންޝަން 2022" މި ނަމުގައެވެ. ކޮންގްރެސްއާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ތަރުޖަމާން އަދި އެ ޕާޓީގެ ނާއިބު ރައީސް ޝިދާތާ ޝަރީފް ވިދާޅުވީ ކޮންގްރެސް ކުރިއަށް ގެންދާނީ ތިން ސެޝަނަލަށް ބަހާލައިގެން ކަމަށެވެ. ކޮންގްރެސް ފެށިގެން ދާނީ މި މަހުގެ 23 ވާ ހުކުރު ދުވަހުގެ ރޭ އޮންނަ އިފްތިތާހީ ޖަލްސާ އިންނެވެ.

އެއަށް ފަހު 24 ވަނަ ދުވަަހު ހެނދުނު ޕާޓީގެ އަސާސީ ގަވާއިދު އިސްލާހު ކުރުން ކުރިއަށް ގެންދާނެ އެވެ. އެ ސެޝަންގައި އަސާސީ ގަވާއިދަށް އިސްލާހު ހުށައެޅުމުގެ ފުރުސަތުވެސް ކޮންގްރެސްގެ މަަންދޫބުންނަށް އޮންނާނެ ކަމަށް ޝިދާތާ ވިދާޅުވިއެވެ. މީގެ އިތުރުން ޕާޓީގެ މުހިންމު ސިޔާސަތުތައް އެކުލަވާލާ ސިޔާސަތުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް މެންދުރު ދަންފަޅި ހާއްސަ ކުރާނެ އެވެ. އަދި ކޮންގްރެސް އިން އިންތިހާބު ކުރަން ޖެހޭ ޕާޓީގެ ބައެއް މަގާމުތަކަށް މީހުން އިންތިހާބު ކުރުން އޮންނާނެ ކަަމަށް ވިދާޅުވިއެވެ.

ނޫސްވެރީންގެ ބައްދަލްވުމުގައި "ދަ ނެޝަނަލް ކޮންވެންޝަން 2022" ގެ ލޯގޯވެސް ވަނީ ދައްކާލާފަ އެވެ.

ޝިދާތާ ވިދާޅުވީ ޕާޓީގެ ފުރަތަމަ ކޮންގްރެސްގައި ގައުމީ ހިންގާ ކައުންސިލް މެންބަރުންނާއި ޕާލިމަންޓަރީ ގުރޫޕްގެ މެންބަރުންގެ އިތުރުން ދާއިރާތަކުގެ ރައީސުންނާއި ނާއިބު ރަައީސުން ބައިވެރިވާނެ އެވެ. އަދި ސިޓީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުންގެ ތެރެއިން އެ ޕާޓީއަށް ނިސްބަތްވާ މެންބަރުން ބައިވެރިވާނެ އެވެ.

އޭނާ ވިދާޅުވީ އެމްއެންޕީ ކޮންގްރެސް އަކީ މިހާތަަނަށް ޕާޓީއަކުން ބާއްވާ އެންމެ ފުރިހަމަ ކޮންގްރެސްއަށް ހެދޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.