ނިމޭންދާ އެމްޑީޕީގެ ސަރުކާރުން އަމްރު ވަކި ކުރީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރެއްވުމާ ހަމައިންނެވެ. އެހިސާބުން ފެށިގެން އަމްރަށް ކުރާ ތުހުމަތުތައް ވެސް އާންމުންގެ ތެރޭގައި އޮވެ އެވެ.
ރާއްޖެއަށް ހަމަޖެހުން ގެނައުމަށް ކުރަން ޖެހޭ ކަމަކީ ވެރިކަމުން ފައިބާ ފަރާތުން ހިންގާފައިވާ ޖަރީމާތައް ތަހުގީގުކޮށް އަދަބު ހައްގުވާ މީހުނަށް އަދަބު ދީފައި "ކުރީގެ ސަރުކާރޭ" ކިޔުން ހުއްޓާލުން ކަމަށް ދަ ޑިމޮކްރެޓްސްގެ ލީޑަޝިޕްގައި ހިމެނި ވަޑައިގަންނަވާ މެންބަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.
ހުސައިން އަމްރަކީ އަންނަ މަހުގެ 17 ވަނަ ދުވަހު ނިމޭން މިދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާ "ސަރުކާރު ފިހާރަ" އެސްޓީއޯއަށް ބޮޑެތި އަދި ޒަމާނީ ބަދަލުތަކެއް ވެސް ގެނެސް ދެއްވި ބޭފުޅެކެވެ.
ނިމޭންދާ އެމްޑީޕީގެ ސަރުކާރުން އަމްރު ވަކި ކުރީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރެއްވުމާ ހަމައިންނެވެ. އެ ހިސާބުން ފެށިގެން އަމްރަށް ކުރާ ތުހުމަތުތައް ވެސް އާންމުންގެ ތެރޭގަ އާއި އެމްޑީޕީގެ ސަރުކާރަށް ތާއީދު ކުރާ މީހުންގެ ތެރޭގައި އޮވެ އެވެ.
އެކްސްގައި އަމްރު އިއްުޔެ ވިދާޅުވީ ހަމަ ނޭވާއެއް ލައިގެން ދިވެހި ރައްޔިތުން އަލުން ކަންކަން ފަށާން ބޭނުންވާ އިރު އެކަމަށް އެންމެ މުހިއްމީ ނިމޭ ސަރުކާރުން ހިންގާފައި ހުރި ހިޔާނާތާއި އިހުމާލާއި ދީފަވާ އަނިޔާތައް ދެނެގަތުން ކަމަށެވެ.
އަދި އެކަންކަން ރައްޔިތުންނަށް ހާމަކޮށް ކޯޓުތަކުން އެކަންކަމަށް ހައްގުވާ އަދަބު އެ ފަރާތްތަކަށް ދިނުން ކަމަށާއި އޭގެ ފަހުން ކުރީ ސަރުކާރޭ ނުކިޔު ހުއްޓާލަން ޖެހޭނެ ކަމަށެވެ.
"ރައްޔިތުން ބޭނުންވަނީ ހަމަ ނޭވާއެއް ލާ އާ ފެށުމަކުން ފަށަން" ޑިމޮކްރެޓްސް އިން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިންމޭޓްގެ ގޮތުގައި ނުކުންނެވި އަމަރު ވިދާޅުވި އެވެ.
އެމްޑީޕީން ވަކިވެގެން ދިޔަ "ފިކުރެއްގެ ދިިރުން" އަށް ނިސްބަތްވާ އެންމެން ވެގެން އުފެއްދި ޑިމޮކްރެޓްސްގެ ލީޑަރުންގެ ތާއީދާއި މަދަދު އޮތީ އަލަށް އުފެދޭ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށެވެ. އަދި އެ ސަރުކާރުގައި އެ ޕާޓީގެ ބައިވެރިވުން ވެސް އޮވެއެވެ.
ޑިމޮކްރެޓްސްގެ ލީޑަޝިޕްގެ ހުރިހާ ބޭފުޅުން ވެސް ވަނީ ނިމޭންދާ ސަރުކާރުގެ ތެރެއިން އައިސްފައިވާ ކޮރަޕްޝަނާއި ވައްކަމާއި ޖަރީމާތައް ބަލަން އެ ލީޑަޝިޕްގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުން ވަކިވަކި މެސެޖްތަކެއް މެދުވެރިކޮށް އެކުއެކީގައި އަލަށް އުފެދޭ ސަރުކާރަށް އަމާޒުކޮށް އެކްސްގައި އެކަމަށް ގޮވާއްލަވާފަ އެވެ.