ހުރިހާ ފިކުރެއްގެ މީހުނާ ގުޅިގެން މަސައްކަތް ކުރަން ޖެހޭނެ އެވެ. ކޮންމެ މާހައުލެއްގައި އުޅެންޖެހުނު ނަމަވެސް ލީޑަރަކަށް ވާން އަދި ލީޑަރެއްގެ ކިބައިގައި ހުންނަ ސިފަތަކާ އެއްގޮތަށް ދިރިއުޅެން ޖެހޭނެ އެވެ.
ކޮންމެ ތާކު ކޮންމެ މަގާމެއްގައި ހުރި ނަމަވެސް ގައުމުގެ މައްސަލަތު އިސްކޮށް ގައުމާމެދު ވިސްނައި ކަންކަން ހައްލު ކުރުމުގެ ބައިވެރިއަކަށް ވާން ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފި އެވެ.
އިސްކަންދަރު ސްކޫލްގެ މަގާމްތަކަށް ހޮވުނު ދަރިވަރުންނަށް ލިޔުން ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ވިދާޅުވީ ގައުމުގައި ހިނގާ ކަންތައްތައް ހައްލު ކުރާށައި އަބަދުވެސް ގައުމަށް ފައިދާވާނެ ގޮތަކަށް ވިސްނާ ގައުމުގެ ބައިވެރިއަކަށް ކޮންމެ މީހަކުވެސް ވާން ޖެހޭނެ ކަމަށެވެ.
އަދި ކޮންމެ ތާކު ކޮންމެ މަގާމެއްގައި ހުރި ނަމަވެސް ގައުމު މަސްލަހަތު އިސްކޮށް ގައުމު ކުރިއަރުވާ ހިދުމަތް ކުރުމުގެ ޒިންމާއެއް އޮތް ކަމަށް ގަބޫލުކޮށް އެކަން ކުރަންޖެހޭނެ ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ އެކަންކަން އެހެން ނުހިނގާނަމަ ވެރިކަންތައް ނިމި ދިއަސް ގައުމުގައި ހުންނަން ބޭނުން ނުވާ ކަންކަމަށް އެކަށީގެންވާ ހައްލު ނުހޯދޭނެ ކަމަށާއި ރާއްޖޭގައި ތަހުޒީބު މުޖުތަމައެއް ބިނާ ކުރަން ފަރުދީ ޒިންމާ އަދާކުރަން ގޮވާލައްވާ ކަމަށެވެ.
އެ މަނިކުފާނު އަދި ވިދާޅުވީ ހުރިހާ ފިކުރެއްގެ މީހުނާ ގުޅިގެން މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި ކޮންމެ މާހައުލެއްގައި އުޅެންޖެހުނު ނަމަވެސް ލީޑަރަކަށް ވާން އަދި ލީޑަރެއްގެ ކިބައިގައި ހުންނަ ސިފަތަކާ އެއްގޮތަށް ދިރިއުޅެން އަދި ވަޑައިގަންނަވާ ކަމަށެވެ.
ވާހަކަފުޅު ވަރަށް ރަނގަޅު. އެކަމު ވެރިކަން ނިމުން އިރު ވެސް އެގޮތަށް ކަންކަން ނުކުރެ