ސަޓާ އެވޯޑް | ޓޫރިޒަމް ފޭސް އޮފް ސައުތު އޭޝިއާ އެވޯޑް ޖަނާއަށް

ޖަނާއަކީ މިހާރު ރާއްޖެ އާއި ދުނިޔޭގައިވެސް އެންމެ މަޝްހޫރު އެއް ރިސޯޓް ކަމަށްވާ ވޮލްޑޯފް އެސްޓޯރިއާގެ އެއް އޯނަރެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މި ސިނާއަތަށް ގިނަ ހިދުމަތްތަކެއް ކުރައްވާފަ އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހުއަށް އެވޯޑު ހަވާލުކޮށްދެއްވަނީ -- ސަޓާ

ދެކުނު އޭޝިއާ ޓޫރިޒަމް ދާއިރާގައި އެންމެ ވަރުގަދަ ސަހްސިއްޔަތަށް އަލަށް ދޭން ފެށި ޓޫރިޒަމް ފޭސް އޮފް ސައުތު އޭޝިއާ އެވޯޑް މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު ހާސިލް ކުރައްވައިފި އެވެ. 

ދެކުނު އޭޝިއާގެ ޓޫރިޒަމް ސިނާއަތަށް ހާއްސަކޮށް ދޭ އެންމެ ޕްރެސްޓީކް އެވޯޑް ކަމަށްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑް (ސަޓާ) ގެ ޓޫރިޒަމް ފޭސް އޮފް ސައުތު އޭޝިއާ އެވޯޑް ރާއްޖޭގެ އެންމެ ލަގްޒަރީއެއް ރިސޯޓް ކަމަށްވާ ވޮލްޑޯފް އެސްޓޯރިއާ އިތާފުށިގެ އެއް ހިއްސާދާރު ޖަނާ އަށް އަރުވާފައިވަނީ އިންޑިއާގެ ބެންގަލޫރުގައި ރޭ ބޭއްވި ހަފުލާއެއްގަ އެވެ. 

ރާއްޖޭގެ ހައިރައިޒް ކުންފުނިން މި ސަރަހައްދުގެ ޓޫރިޒަމް ސިނާއަތަށް ދޭ މި އެވޯޑް ޖަނާއަށް ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެވެ. 

ޖަނާގެ ދަރިކަނބަލުން ނޫރެއިން ޖަނާހު އެވޯޑެއް ހަވާލުކޮށްދެއްވަނީ -- ސަޓާ

މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ޓޫރިޒަމް ސިނާއަތުގެ ގިނަ ވެރިންނާއި އިސް ފަރާތްތައް ބައިވެރިވެގެން ޝެރެޓަން ގްރޭންޑް ބެންގަލޫރުގައި ބޭއްވި އެވޯޑު ދިނުމުގެ ހަފުލާގައި ޖަނާއަށް އެވޯޑު ލިބުނުއިރު މީގެ ކުރިން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެކި ހަފުލާތަކުގައި ޖަނާގެ އަގު ވަޒަންކޮށްފައިވެ އެވެ. މީގެ އިތުރުން ޖަނާއަކީ ދިވެހި ސަރުކާރުން ދޭ ގައުމީ އިނާމް ވެސް ލިބިވަަޑައިގެންފައިވާ ބޭފުޅެކެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ޖަމިއްޔާ އިފޮޕްކާގެ ރައީސްކަން ވެސް ދެ ދައުރުގައި ކުރައްވާފައިވާ ޖަނާ ވަނީ ރާއްޖެ އަށް ގިނަ އިންވެސްޓްމަންޓް ތަކެއް ގެންނަން ވެސް އެހީތެރިވެދެއްވާފަ އެވެ.

އިންޑިއާގެ ބެންގަލޫރުގައި ރޭ ބޭއްވި އެވޯޑް ނައިޓުގައި މި ސިނާއަތުގައި ފާހަގަކޮށްލެވޭ ގިނަ ފަރާތްތަކެއްގެ އަގު ވަޒަންކޮށް އެވޯޑުތައް ދީފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.