އޯކިޑް ރޫޓް ބަސް ދަތުރުތަކަށް ބަދަލު ގެނެސްފި

އޯކިޑް ރޫޓްގެ ބަސް މަޖީދީ މަގުން ދެން ދަތުރުކުރާނީ އަމީރު އަހްމަދު މަގާއި ސޯސަން މަގު މެދުވެރިކޮށް ކަމަށް އެމްޓީސީސީއިން ބުންޏެވެ.

އާރްޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ އޯކިޑް ރޫޓުގެ ބަސް ދަތުރުތަކަށް މިއަދުން ފެށިގެން މިއަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ބަދަލެއް އަންނާނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

އެމްޓީސީސީއިން ބުނީ އޯކިޑް ރޫޓުގެ ބަސް ދަތުރުތަކަށް މި ބަދަލު ގެނެވުނީ ހެންވޭރު ދަނޑުގައި ނެސްލޭ ކިޑްސް ފުޓްބޯލް ފިއެސްޓާ ބޭއްވުމަށް ހަމަޖެހިފައިވުމާއި ގުޅިގެންކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން މި އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކުވެސް ހެނދުނު 7:00 އިން ފެށިގެން އިރުއޮއްސި 6:00 ގެ ނިޔަލަށް މި ސަރަހައްދު ކައިރީ މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުގެނެވޭނެކަމަށް ފުލުހުން ބުނެފައިވާތީ ގެނެވިފައިވާ ބަދަލެއް ކަމަށްވެސް އެ ކުންފުނިން ފާހަގަ ކުރެއްވިއެވެ.

އެގޮތުން، އޯކިޑް ރޫޓްގެ ބަސް މަޖީދީ މަގުން ދެން ދަތުރުކުރާނީ އަމީރު އަހްމަދު މަގާއި ސޯސަން މަގު މެދުވެރިކޮށް ކަމަށް އެމްޓީސީސީއިން ބުންޏެވެ.

އަދި އެމްޓީސީސީ އިން ބުނީ މި ބަދަލާއި ގުޅިގެން އޯކިޑް ރޫޓުގެ ބަސް ގެޓީ 5، އެމްޓީސީސީ ޓަވަރު، ކާނިވަލް، އާޓިފިޝަލް ބީޗް އަދި މުނި އުފާ ބަސްހުއްޓިއަށް މަޑު ނުކުރާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.