ކިހިނެއް ވާނެ؟ މާދަމާ ގޮޓަބަޔާ ގައުމަށް ވަޑައިގަންނަވަވަނީ

ގޮޓާބަޔާ ގައުމަށް އެނބުރި ވަޑައިގަތުމުގެ އިންތިޒާމްތައް ވަރުގަދަ ކުރުމަށް ފަހު އެ ހުއްދަ ރައީސް ރަނިލް ދެއްވާނީ ވަރަށް ބޮޑު ކަށަވަރު ކަމެއް އޮތުމުންނެވެ. ނަމަވެސް ހާލަތަށް އަދިވެސް ސާފު ކަމެއް ހޯދައި ދެވިފައި ނެތުމުން އަދިވެސް ރައްޔިތުންގެ މުޒާހަރާތައް އިހުވަރު އަރައިގެން ދިއުމަކީ ނެތް ކަމެއް ނޫނެވެ.

ގޮޓަބާ އާއި އަނބިކަބަލުން ބެންކޮށް ވަޑައިގަތުމަށް ފަހު އެއާޕޯޓުން ހޮޓަލަށް ވަޑައިގަތުމަށް ކާރުކޮޅަށް އަރާ ވަޑައިގަންނަވަނީ
  •  ގޮޓަބާޔާ އަށް ސެކިއުރިޓީ ޑިވިޝަނެއް އުފެއްދި
  •  ގާނޫނުއަސާސީން ހިމާޔަތާއި ރައްކާތެރިކަން ދޭންޖެހޭ

ސްރީލަންކާގެ ކުރީގެ ރައީސް ގޯޓާބާޔަ ރާޖަޕަކްސަ މާދަމާ އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކާއި ސްރީލަންކާގެ ނޫސްތައް ބުނެފި އެވެ. މައިގަނޑު ހަވާލާއަކީ ލަންކާގެ އޮފިޝަލުންނެވެ.

ގޮޓާބަޔާ މާދަމާ ގައުމަށް ވަޑައިގަންވަނީ ގައުމު ދޫކުރައް ފިއްލަވައި ވަޑައިގެން ހުންނެވުމަށް ފަހު އެވެ. ގޮޓާބަޔާ ފިއްލެވީ ހިންގުމުގެ ނިޒާމްތައް އެކޮޅުކޮޅުން ޖެހުމާއި ހިޔާނާތާއި ފަސާދަ ބޮޑުވުމުގެ އިތުރުން ސިޔާސީ ގޮތުން ބާރު ގަދަ ބޮޑު އާއިލާއެއްގެ އެންމެން ވެގެން ސަރުކާރު ހިންގުމާ ބެހިގަތުމުން ހާލާކުވެ ބަނގުރޫޓުވެ ބަންޑަށް ޖެހުމުން އުތުރި އަރައިގަތް ރައްޔިތުންގެ ކޮންޓްރޯލް ގެއްލުމާއެކު ޖާނު ސަލާމަތް ނުވެދާނެ ކަމުގެ ބިރަށެވެ.

އެ މަނިކުފާނު ފިއްލެވީ ގާނޫނީ ޗާޓުގެ ތެރެއިން ކޮށައި ސާފު ކުރި މަގެއްގެ ތެރެއިންނެވެ. އެހެންވެ އެ މަނިކުފާނަކީ ކުށްވެރިއެއް ނޫނެވެ. ބޭނުންފުޅު އިރެއްގައި އަމިއްލަފުޅު ވަޒަނަށް ވަޑައިގެންނެވޭނެ އެވެ. އެހެން ނަމަވެސް މައްސަލައަކަށްވެފައި ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ލަންކާއަށް މެދުވެރި ހާލަތާއި ރައްޔިތުން މެދުގައި އޮތް ރުޅިވެރިކަމާއި ސިޔާސީ މަސްރަހު އެނބުރިފައި އޮތް ގޮތެވެ.

ލަންކާގެ ދިފާއީ އޮފިޝަލުންނާއި ހައްވާލާ ދެއްވާ އޭއެފްޕީ ނިއުސް އޭޖެންސީ ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގެ އެހީއާއެކު ރާއްޖެ މަގުން ސިންގަޕޫރަށް ވަޑައިގަތުމަށް ފަހު ޖުލައި 9، 2022 ގައި ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވި ރައީސް މިވަގުތު ތައިލެންޑުގެ ވެރިތަށް ބެންކޮކްގެ ހޮޓަލެއްގައި ހުންނެވީ ވަރަށް އާދައިގެ ގޮތަކަށް އަދި ވަރަށް ދަތީގަ އެވެ. އެ މަނިކުފާނާއި އަނބިކަނބަލުން ތައިލޭންޑްގައި ދިރިއުޅުއްވަމުން ހާއްސަ ބޭފުޅަކަށް ވުރެ "ގައިދީއެއްގެ ސިފައިގައި" ބެންކޮކްގެ ހޮޓަލެއްގަ އެވެ. އެ މަނިކުފާނު އެނބުރި ވަޑައިގަންނަވާނީ އަނބިކަނބަލުންނާއި ދެ ބޮޑީގާޑަކާއެކު އެވެ.

މިދިއަ މަހުގެ ފަހު ހަފުތާގައި އެނބުރި ގައުމަށް ވަޑައިގަތުމުގެ ހުރިހާ ދަތުރެއް ގޮޓާބަޔާ ހައްދަވައި ފޯނު މެދުވެރިކޮށް ރައީސް ރަނިލް ވިކްރަމަ ސިންހާއަށް ދަންނަވައި ޔަގީންކަން ހޯއްދެވި އެވެ. އަދި އޭގެ ފަހުން އެސްއެލްޕީޕީގެ ނޭޝަނަލް އޯގަނައިޒާ، އަދި ހަގު ކޮއްކޯފުޅު ބާސިލް ރާޖަޕަކްސާ މެދުވެރިކޮށް ވެސް ރައީސް ވިކްރަމަ ސިންހާއަށް އެކަން ދެންނެވި އެވެ.

ލަންކާގެ ނޫސްތައް ބުނާ ގޮތުން ގޮޓާބަޔާ ގައުމަށް އެނބުރި ވަޑައިގަތުމުގެ "ޑީލެއް" ރަނިލް އާއި ގޮޓާބަޔާގެ ދެމެދުގައި ކުރިން ފެށިގެން އޮތް ނަމަވެސް ހާލަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާތީ ސެޕްޓެމްބަރާ ހަމައަށް މަޑުކޮށްލައި ދެއްވަން ރައީސް ރަނިލް އޮތީ ގޮޓާބަޔާ އަށް ދަންނަވާފަ އެވެ. އެހެން ނަމަވެސް އާއިލާގެ ފަރާތުންނާއި އަމިއްލަފުޅަށް ވެސް ގޮޓާބަޔާ ގެންދެވީ އެނބުރި ވަޑައިގަތުމުގެ ޝައުގު އިތުރު ކުރައްވަމުން ސަރުކާރުގައި އެ ވާހަކަ ދަންނަވަމުންނެވެ،

ކުރީގެ ރައީސް ގޮޓާބަޔާ

ހޮނިހިރު ދުވަހު ގޮޓާބަޔާ އެނބުރި ގައުމަށް ވަޑައިގަތުމާބެހޭ ގޮތުންނާއި އެކަމުގެ ސިއްރު އިންތިޒާމްތަކާ ބެހޭ ގޮތުން ދެ ބޭފުޅުންގެ މެދުގައި މި ހަފުތާގެ ތެރޭގައި ވެސް މަޝްވަރާ ކުރެވުނެވެ. އޮތް މަޝްވަރާތަކަކީ އަމާން ކަމާއެކު ގޮޓަބަޔާ ގައުމަށް ވަޑައިގަތުމުންގެ ޔަގީން ކަމާ ގުޅޭ މަޝްވަރާތަކެކެވެ. ރިޕޯޓްތައް ބުނާ ގޮތުން އެކަމަށް ރަނގަޅު ގޮތްތަކެއް މިހާރު ވަނީ ހަމަޖައްސާފަ އެވެ. ކުރީގެ ރައީސުންނަށް ބޮޑީގާޑުންނާއި ވެހިކަލަކާއި ބޯހިޔާވަހިކަން ކަށަވަރު ކޮށްދޭން ލަންކާގެ ގާނޫނުއަސާސީން ލާޒިމް ކުރެ އެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާ ދެއްވާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ރައީސް ގޮޓާބަޔާ މާދަމާ ގައުމަށް ވަޑައިގަތުމުން ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ފޯރު ކޮށްދޭނެ އެވެ. އަދި އެކަމަށް ހާއްސަ ސެކިއުރިޓީ ޑިވިޝަނެއް އުފައްދާފައ އަސްކަރިއްޔާ އާއި ފުލުހުންގެ ކޮމާންޑަކުން ބަލަހައްޓާނެ އެވެ.

މާދަމާގެ ވަގުތެއްގައި ގޮޓާބަޔާ ގައުމަށް ވަޑައިގަންނަވާއިރު އެ މަނިކުފާނުގެ ވެރިކަމުގައި ލަންކާއަށް ޖެހުނު ހާލަށް އެއްވެސް ބަދަލެއް އަދި ނާދެ އެވެ. އެހެންވެ އިގްތިސޯދީ ފުންވަޅުގަނޑުން އަރައިގަތުމަށް ލަންކާއަށް 2.9 ބިލިއަން ޑޮލަރުގެ ލޯނެއް ހަތަރު އަރަށް ބަލައިގެން ދޭން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވަނީ މިހާރު ނިންމާގަ އެވެ.

ގޮޓާބަޔާ ގައުމަށް އެނބުރި ވަޑައިގަތުމުގެ އިންތިޒާމްތައް ވަރުގަދަ ކުރުމަށް ފަހު އެ ހުއްދަ ރައީސް ރަނިލް ދެއްވާނީ ވަރަށް ބޮޑު ކަށަވަރު ކަމެއް އޮތުމުންނެވެ. ނަމަވެސް ހާލަތަށް އަދިވެސް ސާފު ކަމެއް ހޯދައި ދެވިފައި ނެތުމުން އަދިވެސް ރައްޔިތުންގެ މުޒާހަރާތައް އިހުވަރު އަރައިގެން ދިއުމަކީ ނެތް ކަމެއް ނޫނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.