ކުރިން ދެއްކި ވާހަކަ ބަދަލުކޮށް ކޮތަޅު ފީ ކުޑަ ކުރަން ހުށަހަޅައިފި

ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ފެށީ ތިމާވެށި ހިމާޔަތް ކުރުމުގެ ސިޔާސަތަކެއް ތަންފީޒު ކުރުމަށެވެ. އޭރު ސަރުކާރުން ބުނީ މީގެ ސަބަބުން ރާއްޖެއަށް ބޮޑު ފައިދާތަކެއް ލިބިގެންދާނެ އެވެ.

މަގުމައްޗަށް ނެރެފައި ހުރި ކުނި ކޮތަޅުތަކެއް -- މި
  •  ކޮތަޅު ޓެކުހުން މިހާތަނަށް ދައުލަތަށް އަށް މިލިއަން ރުފިޔާ

ސަރުކާރުން ކުރިން ތަކުރާރުކޮށް ބުނަމުން ދިޔައީ ކޮތަޅުން ނަގާ 2ރ. ގެ ޓެކުހަކީ ތިމާވެށި ހިމާޔަތް ކުރުމަށް އެމްޑީޕީ ސަރުކާރުން ގެންގުޅުނު ސިޔާސަތުގެ ބައެއް ކަމަށެވެ. ކޮތަޅުން ޓެކްސް ނަގަން ފެށީ ވެސް އެހެންވެ އެވެ. އެކަމަކު ކޮތަޅުން ދެ ރުފިޔާގެ ޓެކުހެއް ނަގަން ފެށިތާ އަހަރެއް ނުވެ މި ޓެކްސް 50ލ. އަށް ކުޑަ ކުރަން އިސްލާހެއް ހުށަހަޅައިފި އެވެ. 

އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް މަދުކުރަން ޕްލާސްޓިކް ކޮތަޅުން މިހާރު ނަގަމުން އަންނަ 2ރ. ގެ ޓެކްސް 50ލ. އަށް ކުޑަ ކުރަން ކުނި މެނޭޖްކުރުމުގެ ގާނޫނު އިސްލާހު ކުރަން މިއަދު ހުށަހެޅި އިސްލާހުގައިވާ އެއް ގޮތަކީ ކޮތަޅު ޓެކްސް ބޮޑުތަނުން ކުޑަ ކުރުމެވެ. 

އިސްލާހުގައި ފާހަގަ ކޮށްފައިވާ ތިން ގޮތް

  •  ރޯމަސް އުފުލުމާއި ކުނިވާ ޒާތުގެ ކުނި އުކައިލުން ފަދަ ކަންކަމަށް ބޭނުން ކުރާ ކޮތަޅުން ފީ ނުނެގުން
  •  ރީޓެއިލް ފިހާރަތަކާއި ސައިހޮޓާތަކަށް އިދާރީ ގޮތުން ބުރަ ނުވާ ގޮތަކަށް ފީ ނެގުން ބަދަލު ކުރުން
  •  އަނެއް ގޮތަކީ ކޮތަޅުގެ އަގު 2ރ. އިން 50ލ. އަށް ކުޑަ ކުރުން

މަޖިލީހުގައި މިއަދު ވާހަކަ ދައްކަވުން ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ މި ޓެކްސް ނަގަން ފަށާފައިވަނީ ތަކެތީގެ އަގު ބޮޑުވި ވަގުތެއްގައި ކަމަށާ އެހެންވެ ރައްޔިތުންނަށް ދަތިވެގެން ދިޔަ ކަމަށެވެ. 

ކޮތަޅު ޓެކްސް ނަގާ ގޮތް

  •  ގަންނަ ކޮންމެ ކޮތަޅަކުން 2ރ. ސަރުކާރަށް
  •  އިސްތިސްނާ ވާނީ ޑިއުޓީ ފްރީ ފިހާރަ ތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮތަޅު
  •  ބަންދު ނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އަޅާ ކޮތަޅު
  •  ކުނި އަޅާ ޑަސްބިން ކޮތަޅު
  •  ހުރިހާ ވިޔަފާރިތަކުން ކޮތަޅުން ދެ ރުފިޔާ ނަގަން ލާޒިމް
ކޮތަޅު ޓެކުހުން އައި ބަދަލަކީ ކޮބާ؟ - ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށީ ދިރާސާވެސް ކޮށްގެންނެވެ. އެގޮތުން މަޖިލީހަށް ހާޒިރުކޮށް އެންވަޔަރުމަންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ޝައުނާ ވިދާޅުވީ ކޮތަޅު ޓެކުހަށް ހޭލުންތެރި ކުރުވަން ވަރަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

އެގޮތުން ދޮރުން ދޮރަށް ހިނގުމާއި މިނޫން ވެސް ގިނަ ކަންކަން ކޮށްފައިވާނެ ކަމަށެވެ. ކޮތަޅު ދެ ރުފިޔާގެ ޓެކުހެއް ނެގުމުގެ މައްސަލަ ބޮޑު ވެގެން ގޮސްފައިވަނީ ކޮތަޅު ވިއްކާ ކޮންމެ މަރުހަލާގައި ދެ ރުފިޔާގެ ޓެކުހެއް ނަގަމުން ދިއުމެވެ. މީގެ ސަބަބުން ކޮތަޅު ބޮނޑިއެއްގެ އަގު ވަނީ ބޮޑުތަނުން މަތިވެފަ އެވެ. ކޮތަޅުން ޓެކްސް ނެގި ނަމަވެސް ޕްލާސްޓިކް ކޮތަޅު ހިލޭ ލިބޭ ހާލަތްތަކެއް ވެސް ވެ އެވެ. އަދި މި ޓެކްސް ނުނަގައި ޕްލާސްޓިކް ކޮތަޅު ދީފިނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާވެސް ކުރާނެ އެވެ. މި ޓެކުހުން މިހާތަނަށް ދައުލަތަށް މިހާތަނަށް އަށް މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ. 

ކޮމެންޓް

1
450
މައިންޑް ޔުއާރ އޯން ބިޒްނަސް
11 months ago

ތި ކޮތަޅުތަކަށް ރުފިޔާ ނުނަގާ ނަމަ މާ ރަނަގަޅު ދޯ. ރައްޔިތުންނަށް ވިސްނާލަންވާނެ. ދުވާލަކަށް ދިހަ ވަރަކަށް ރުފިޔާ ދޭ ތި ކޮތަޅަކާ ހެދި.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.