އެ މީހާ ބުނެފައިވަނީ އެ މައްސަލަ އޭނާއަށް ދިމާވުމުން އެހީއަށް އެދެން ސައުދީ އާއި އިނގިރޭސި ވިލާތާއި ޔޫއޭއީގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ގުޅުމުން އޭނާއަށް އަޅައި ނުލި ކަމަށެވެ.
އޮމާނަށް ދަތުރު ކުރި ދިވެއްސަކަށް އެ ގައުމަށް އެތެރެ ނުވެވި އެނބުރި ރާއްޖެ އަންނަން ޖެހިއްޖެ އެވެ.
މި މައްސަލަ އެ މީހާއަށް ދިމާވި އިރު އޮމާނަމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އޮންއެރައިވަލް ވިސާ ލިބޭނެ ކަމަށް އިއުލާނު ކޮށްފައިވާ ގައުމެކެވެ.
އޮމާނަށް ދަތުރުކުރާ ދިވެހިންނަށް ދެ ހަފުތާގެ މުއްދަތަށް އޮން-އެރައިވަލް ވިސާ ދޭން އެ ގައުމުގެ ސަރުކާރުން ނިންމި ކަމަށް ދިވެހި ސަރުކާރުގެ ފޮރިން މިނިސްޓްރީން ހާމަ ކުރީ މި އަހަރުގެ މާޗް 23 ގަ އެވެ. އޭރު އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ޝާއިއު ކުރި ހަބަރު ވެސް މިހާރު ވަނީ ވެބްސައިޓުން ނަގާފަ އެވެ.
އެހެން އިއުލާންކޮށްފައި އޮއްވާ އާއިލާއާއެކު އޮމާނަށް ދަތުރުކުރި ދިވެއްސަކަށް އެ ގައުމަށް އެތެރެ ނުވެވި އަނބުރާ އަންނަން ޖެހިގެން މިހާރު ވަނީ އެ މައްސަލަ ފެންމަތިވެފަ އެވެ. އެ މީހާ ވަނީ އެކްސްގައި އެކަން ހާމަކޮށް ޕޯސްޓެއްކޮށްފަ އެވެ. ބުނެފައި ވަނީ ޕމާނުގެ ހޮޓަލަކަށް ކުރިއާލާ ނަން ރިފަންޑަބަލް ބުކިން ހައްދައިގެން ދަތުރު ކުރުމުން އެ ގައުމަށް އެތެރެ ނުވެވި 12 ގަޑިއިރު ވަންދެން އޮމާން އެއާޕޯޓްގައި ބެހެއްޓުމަށް ފަހު އަނބުރާ ރާއްޖެ ފޮނުވާލިކަމަށެވެ.
އެ މީހާ ބުނެފައިވަނީ އެކަމުގައި އޭނާ އެހީއަށް އެދި ސައުދީ އާއި އިނގިރޭސި ވިލާތާއި ޔޫއޭއީގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ގުޅުމުން އޭނާއަށް އަޅައި ނުލި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ސަރުކާރުގެ ބަހެއް އަދި ނެތެވެ.
ފޮނި ކަނޑަންވެގެން ރައްޔިތުންނަށް ޢޮޅުވާލީ ދޯ އޮމާނަށް ދެވޭ ކިޔާފަ.