"ނަފްސާނީ ދުޅަހެޔޮކަމުގެ ހައްގު ކަށަވަރު ކޮށްދޭން ސިޔާސަތު ބައްޓަން ކުރާނަން"

އިންތިހާބީ ރައީސް ވިދާޅުވި ގޮތުގައި ނަފްސާނީ ދުޅަހެޔޮ ކަމަކީ، ކޮންމެ ރައްޔިތަކަށްމެ ކަށަވަރު ކޮށްދޭން ޖެހޭ އަސާސީ ހައްގެކެވެ. މިއީ އެ މަނިކުފާނުގެ ކެމްޕޭންގައި ކުރިންވެސް ވިދާޅުވެފައިވާ ވާހަކަފުޅެކެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު: ކެމްޕޭންގައި ވެސް ރައްޔިތުންގެ ނަފުސާނީ ދުޅަހެޔޮ ކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައިވޭ

ނަފްސާނީ ދުޅަހެޔޮ ކަމުގެ ހައްގު ކޮންމެ ރައްޔިތަކަށް ކަށަވަރު ކޮށްދެވޭ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. -- އެ މަނިކުފާނުގެ ރިޔާސީ ދައުރު ފަށާނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެ މަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުންނެވެ.  

ނަފުސާނީ ދުޅަހެޔޮ ކަމުގެ ދުވަހާ ގުޅުވައި އެ މަނިކުފާނު މިއަދު އެކްސް މެދުވެރިކޮށް ވިދާޅުވީ ނަފްސާނީ ދުޅަހެޔޮ ކަމަކީ، ކޮންމެ ރައްޔިތަކަށްމެ ކަށަވަރު ކޮށްދޭން ޖެހޭ އަސާސީ ހައްގެއް ކަމަށެވެ. 

އަދި މި މޭމެރުމުން އެ މަނިކުފާނު ލިޔުއްވެވި އެވެ: 

"މި އަސާސީ ހައްގު ކަށަވަރުކޮށް ދެވޭނީ، ހަމަޖެހޭ ދުޅަހެޔޮ ވެއްޓެއް ގާއިމުކުރުމާ އެކު، އެއްވެސް ހުރަހެއް ނެތް، ނަފްސާނީ ފަރުވާ އާއި އެހީތެރިކަން ފަހިކޮށް ދީގެންނެވެ. އަޅުގަނޑުގެ ސަރުކާރުގައި މި މަގަށް ސިޔާސަތުތައް ބައްޓަން ކުރާނަމެވެ." 

ދުނިޔޭގައި ނަފުސާނީ ދުޅަހެޔޮ ކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.