އިންތިގެ މަލާމާތެއް؛ ވިސްނަންވީ ލަދު ގޮތަކަށް ވެރިކަން ގެއްލިދިއަ ގޮތާމެދު

"ތިމާމެން ޖަހާ ހިސާބު ދިމާނުވެ ލަދުގޮތަކަށް ވެރިކަން ގެއްލިދިއަ ގޮތާމެދު އިނގިލީގައި ދަތް އަޅައިގެން އޮވެ ވިސްނަންވީ ވަގުތެއް ނޫންތަ މިއީ،" އެކްސް ގައި އިމްތިޔާޒް ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ ޖަލްސާ އެއްގައި އިމްތިޔާޒް ފަހްމީ ބައިވެރިވެވަޑައިގަންނަވަނީ

އެމްޑީޕީން ވިސްނަންވީ ލަދު ގޮތަކަށް ވެރިކަން ގެއްލިދިއަ ގޮތާމެދު ކަމަށް ވިދާޅުވެ މާފަންނު އުތުރު ދާއިރާގެ ޑިމޮކްރެޓްސްގެ މެންބަރު އިމްތިޔާޒް ފަހްމީ އެމްޑީޕީއަށް ފާޑު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއަށް އިމްތިޔާޒުގެ ފާޑު ވިދާޅުވުމުން އަމާޒު ވީ މަޖިލީހުގެ ރައީސް ކަމުން ރައީސް ނަޝީދު ވަކިކުރުމަށް އެމްޑީޕީގެ ޕީޖީން އެކަމާއި ގުޅޭ ގަރާރު މަޖިލީހަށް ހުށައެޅުމުންނެވެ. އިމްތިޔާޒް ވަނީ އެމްޑީޕީން އަދިވެސް މަސައްކަތް ކުރަނީ "މީހެއްގެ ގަޔަށް ކުޅެއް ނަމަވެސް ޖެހޭތޯ" ސުވާލު ކުރައްވާފައެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށައެޅުމުގެ ކުރީން އެމްޑީޕީން ވިސްނަންވީ "ތިމާމެން ޖަހާ ހިސާބު ދިމާ ނުވެ ލަދު ގޮތަކަށް ވެރިކަން ގެއްލިދިއަ ގޮތާމެދު ނޫންތޯ" ވެސް އިމްތިޔާޒު ވަނީ ސުވާލު ކުރައްވާފައެވެ.

"ތިމާމެން ޖަހާ ހިސާބު ދިމާނުވެ ލަދުގޮތަކަށް ވެރިކަން ގެއްލިދިއަ ގޮތާމެދު އިނގިލީގައި ދަތް އަޅައިގެން އޮވެ ވިސްނަންވީ ވަގުތެއް ނޫންތަ މިއީ،" އެކްސް ގައި އިމްތިޔާޒް ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ދުރުކުރަން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ހުށައެޅީ 48 މެންބަރުންގެ ސޮޔާ އެކު އެވެ. މަޖިލީހުގެ ރައީސް މަގާމުން ދުުރުކުރަން ބޭނުންވަނީ 44 މެންބަރުންގެ ވޯޓެވެ. އެ އަދަަދަށް ވުރެ އިތުރަށް އެމްޑީޕީގައި މެންބަރުން އެބަ ތިއްބެވެ. އެ ޕާޓީގެ މެންބަރުންގެ އަދަދަކީ 55 އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.