މަނާ ވަގުތު ރައީސަށް ކެމްޕޭން ކޮށްދީގެން ރާއްޖެ ޓީވީގެ މައްސަލައެއް ބަލަނީ

އެ ކޮމިޝަނުން ބަލަމުން ދަނީ އިންތިހާބީ ދުވަސްވަރަށް ހާއްސަ ބްރޯޑްކާސްޓް ކުރުމުގެ ގައިޑްލައިންއާ ހިލާފަށް ބްރޯޑްކާސްޓް ކުރި މައްސަލައެކެވެ.

އަމިއްލަ ޓީވީ ޗެނަލެއްް ކަަމަށްވާ ރާއްޖެ ޓީވީގެ މައްސަލައެއް ބަލަމުންދާ ކަން އެ ސްޓޭޝަނަށް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފި އެވެ.

ރާއްޖެ ޓީވީގެ މައްސަލަ ބަލާކަން ހާމަކޮށް ބްރޯޑްކޮމް އިން އެ ސްޓޭޝަނަށް ފޮނުވި ސިޓީ ގައި ބުނެފައި ވަނީ އެ ކޮމިޝަނުން ބަލަމުން ދަނީ އިންތިހާބީ ދުވަސްވަރަށް ހާއްސަ ބްރޯޑްކާސްޓް ކުރުމުގެ ގައިޑްލައިންއާ ހިލާފަށް ބްރޯޑްކާސްޓް ކުރި ކަމަށް ބެލެވޭ މައްސަލައެއް ކަމަށެވެ. 

އެގޮތުން އިންތިހާބު ބޭއްވުމުގެ ކުރީ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން އެއްވެސް ކެންޑިޑޭޓަކަށް ތާއީދުކޮށް ނުވަތަ މަންފާ އެއް ލިބޭނެ ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރުން މަނާ ނަމަވެސް އެ އުސޫލާއި ހިލާފަށް ރާއްޖެ ޓީވީން ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަަނަ ބުރުގެ ވޯޓަށް ތައްޔާރުވެފައި ވަނިކޮށް ސެޕްޓެންބަރު 29 ވަނަ ދުވަހުގެ ރޭ ސަރުކާރުގެ ކެނޑިޑޭޓަކު އައްޔަން ކޮށްފައިވާ ސިޔާސީ މަގާމެއްގައި ހުރި ބޭފުޅަކު ސަރުކާރަށާއި ކެނޑިޑޭޓަށް ތާއީދުކޮށް ދައްކާފައިވާ ވާހަކަތަކެއް ރާއްޖެ ޓީވީން ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް ސިޓީގައި ވެއެވެ. އެ ވާހަކަ ދެ މިނެޓަށް ބްރޯޑްކާސްޓް ކޮށްފައިވާ ކަން ފާހަގަކޮށް އެ މައްސަލާގައި ޖަވާބުދާރީވާން ވަނީ އަންގާފައެވެ.

ނިމެމުންދާ މިދާ ސަރުކާރުގެ ހަބަރުތަކާއި ޕްރޮމޯޝަނަށް ވަރަށް ބޮޑަށް އިސްކަން ދީފައި އޮންނަ ރާއްޖެ ޓީވީގެ މައްސަލަ އެއް ބަލަމުންދާ ކަމަށް ބްރޯޑްކޮމް އިން ބުނެފައި މިވަނީ އިންތިހާބުން ރައީސް ސޯލިހަށް ނާކާމިޔާބުވެފައި ވަނިކޮށެވެ. މިދިޔަ ފަސް އަހަރު ބްރޯޑްކާސްޓިން ކޮމިޝަން ފާހަގަ ކުރެވިފައި ވަނީ ޒިންމާ އަދާ ކުރުމުގައި ފެއިލްވެފައިވާ ކޮމިޝަނެއްގެ ގޮތުގައެވެ. އެ ކޮމިޝަންގެ ގާނޫނީ ޒިންމާ އަދާ ކުރަން މަސައްކަތް ކުރި މަންޒަރެއް ނުފެނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.