އެ މެސެޖު ގިނަ ބަޔަކަށް ފޮނުވަމުންދާކަން ފާހަގަކޮށް ފުލުހުން ވަނީ އެކަމަށް ސަމާލު ވުމަށް އާންމުންގެ ކިބައިން އެދިފައެވެ. އަދި ފޮނުވާ އެސްއެމްއެސްގައި ވާ ލިންކަށް ނުފިތުމަށް އިލްތިމާސް ކޮށްފައިވެއެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޑެޓްގެ ނަމުގައި ސައްހަ ނޫން މެސެޖުތަކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލު ވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސް ކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި ޕޯސްޓް އޮފީހުގެ ނަމުގައި ބަޔަކު ދަނީ އެސްއެމްއެސް ތަކެއް ފޮނުވަމުންނެވެ. އެއީ މަކަރާއި ހީލަތުން ފައިސާ ހޯދާ ބަޔަކު ކުރަމުން ގެންދާ ކަމެއް ކަމަށް ވެސް ބުންޏެވެ.
އެ މެސެޖު ގިނަ ބަޔަކަށް ފޮނުވަމުންދާކަން ފާހަގަކޮށް ފުލުހުން ވަނީ އެކަމަށް ސަމާލު ވުމަށް އާންމުންގެ ކިބައިން އެދިފައެވެ. އަދި ފޮނުވާ އެސްއެމްއެސްގައި ވާ ލިންކަށް ނުފިތުމަށް އިލްތިމާސް ކޮށްފައިވެއެވެ.
މަކަރާ ހީލަތުން ފައިސާ ހޯދުމުގެ ގިނަ މައްސަލަތަކެއް ދަނީ ފާހަަގަ ކުރެވެމުންނެވެ. ކުންފުނިތަކުގެ ނަމުގަޔާ ސަރުކާރުގެ އިދާރާތަކާއި އަަމިއްލަ ވިޔަފާރިތަކުގެ ނަމުގައި ސައްހަ ނޫން އެސްއެމްއެސް ފޮނުވައިގެން އެކަން ކުރުން ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ.
ގިނަ ބަޔަކު އަތުން ގިނަ އަދަދެއްގެ ފައިސާ ވެސް އެ ގޮތަށް ގެއްލިފައިވެއެވެ.