ކުރުދީންގެ އަމާޒުތަކަށް ތުރުކީން ޑްރޯން ހަމަލާދީ އަށް މީހުން މަރާލައިފި

އަންކަރާގައި ބޮމުގެ ހަމަލައެއް ދީފައި ވަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް ފެށުމަށް ތައްޔާރުވަމުން ދިޔަ ދަނޑިވަޅެއްގަ އެވެ.

ތުރުކީން ސީރިއާގެ ކުރުދީންގެ އަމާޒުތަކަށް ދިން ހަމަލާއެއް މަރުކަޒެއް ރޯވެފައި

ސީރިއާ ކުރުދީން ދިރިއުޅޭ ސަރަޙައްދުތަކަށް ތުރުކީން ޑްރޯން ހަމަލަތަކެއް ދީ އަށް މީހުން މަރައިލައިފި އެވެ. ތުރުކީގެ އަސްކަރިއްޔާއިން ބުނީ ސީރިއާގެ އިރު އުތުރުގައި އޮންނަ އެ ސަރަހައްދުތަކަށް ދިން ހަމަލާތައް އަމާޒު ކޮށްފައި ވާނީ ކުރްދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) ގެ ހަނގުރާމަވެރިންގެ އަމާޒުތަކަށް ކަމަށެވެ.

އޭގެ އެއް ހަމަލައެއް އަސްކަރީ މަރުކަޒެއް ކައިރިން ކާރަކަށް އަމާޒުވެ ދެ މީހުން މަރުވެފައި ވެއެވެ. އިތުރު ހަމަލައެއް އާމޫދާގެ އަސްކަރީ ކޭމްޕަކަށް އަމާޒުވެ ހަ މީހުން މަރުވެފައި ވެއެވެ. 

ޕީކޭކޭއަކީ 1984 ވަނަ އަހަރު ހަރަކާތްތެރިވާން ފަށާފައިވާ ޖަމާއަތެކެވެ. އެއީ ޓެރެރިސްޓް ޖަމާޢަތެއްގެ ގޮތުގައި ތުރުކީ އާއި އީޔޫންނާއި އެމެރިކާއިން ކަނޑައަޅާފައެވެ. އެ ޖަމާއަތަކީ ކުރުދިސްތާންގެ ސަރަޙައްދުގައި އަމިއްލަ ދައުލަތެއް އުފެއްދުމުގެ މަސައްކަތް ކުރާ ބައެކެވެ. ޕީކޭކޭ ހަނގުރާމަވެރިންގެ އަމާޒުތަކަށް ވެސް ތުރުކީން މީގެ ކުރިން ވެސް ހަމަލާތައް ދެ އެވެ. 

އިރާގާއި ސީރިއާގައިވާ ޕީކޭކޭ އަމާޒުތަކަށް މި ފަހަރު ހަމަލަތައް ދިނީ ތުރުކީގެ އަންކަރާގައި ދާދިފަހުން ތުރުކީގެ އިންޓީރިއާ މިނިސްޓްރީގެ ބޭރުގައި ޖާނު ގޮއްވާލައިގެން ދިން ބޮމުގެ ޓެރެރިސްޓު ހަމަލައާ ގުޅިގެނެވެ. އެ ބޮމުގެ ހަމަލާގެ ޒިންމާ އުފުލީ ވެސް ޕީކޭކޭ އެވެ. އެ ހަމަލާގައި ފުލުހުންގެ ދެ މީހުން ޒަހަމް ކޮށްލާފައި ވެއެވެ. 

އަންކަރާގައި ބޮމުގެ ހަމަލައެއް ދީފައި ވަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް ފެށުމަށް ތައްޔާރުވަމުން ދިޔަ ދަނޑިވަޅެއްގަ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.