ނިމޭންދާ ރައީސް ސޯލިހުގެ ކެބިނެޓްގައި 33 ޕަސެންޓް އަންހެނުންނަށް ދެއްވި އެވެ. އަދި ޑިޕްލޮމެޓިކް މަގާމްތަކުގައި 50 ޕަސެންޓް ހާއްސަ ކުރި އެވެ.
ރިޔާސީ އިންތިހާބަށް ފަހު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އުފެއްދުމަށް އެއް ސަރުކާރުން އަނެއް ސަރުކާރަށް ނަގުލުވުމުގެ މަސައްކަތް ކުރާ އިންތިގާލީ ކޮމެޓީގައި ގާބިލު އަންހެން ބޭފުޅުން ހިމެނި ވަޑައިގަންނަވާ ކަމަށް އާ ސަރުކާރު ނިސްބަތްވާ ޕީޕީއެމާއި ޕީއެންސީން ބުނެފި އެވެ.
މީހަކު އެކްސްގައި އެއް ސަރުކާރުން އަނެއް ސަރުކާރަށް ބަދަލުވުމުގެ ކަންކަން ކުރުމަށް ކަންކަމަށް އުފައްދާފައިވާ އިންތިގާލީ ކޮމިޓީން އަންހެން ބޭފުޅަކު ނުފެނުނު ކަމަށާއި އޭގެ ކުރިޔަށް ހުރިހާ މުޒާހަރާއެއްގައި އުޅުނީ އަންހެނުން ކަމަށް ބުނެފައި ފާޑު ކިޔާފައި ވެއެވެ. އޭނާ ނޫނަސް ބައެއް ފަރާތްތަކުން އެކަން ފާހަގަކޮށްފައި ވެއެވެ.
ޕީއެންސީ އާއި ޕީޕީއެމްގެ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އިންތިގާލީ މަރުހަލާގެ ކޮމިޓީތައް އެކުލަވައިލީ ތަފާތު ދާއިރާތަކުން ފަންނުވެރި ހުނަރުވެރި ގާބިލް އަންހެން ބޭފުޅުން ވެސް ހިމެނޭ ގޮތަށް ކަމަށެވެ.
އޭނާ އަދި ވިދާޅުވީ އިންތިހާބީ ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ދެވަނައަށް އެންމެ އިސްކަން ދެއްވާފައި ވަނީ ވެސް އަންހެނުންނަށް ކަމަށެވެ.
ނިމޭންދާ ރައީސް ސޯލިހުގެ ކެބިނެޓްގައި 33 ޕަސެންޓް އަންހެނުންނަށް ދެއްވި އެވެ. އަދި ޑިޕްލޮމެޓިކް މަގާމްތަކުގައި 50 ޕަސެންޓް ހާއްސަ ކުރި އެވެ.