މި ފޯނު ފަތް ޖަހާފައި ޖީބަށް، މެކްސްކޮމުން ލިބޭނެ!

ފަތްޖަހާލެވޭ މި ފޯނު އެންމެ ހެޔޮކޮށް ލިބޭ ތަނަކަށް ރާއްޖޭގައި ވާނީ މެކްސްކޮމް އެވެ. މި ފޯނާއެކު ސްޕޮޓިފައި ޕްރިމިއަމްގެ ހިދުމަތް ވެސް ތިން މަސް ދުވަސް ވަންދެން ހިލޭ ދޭނެ އެވެ. މިވަރު ރަނގަޅެއް ނޫން ހެއްޔެވެ؟

ގެލެކްސީ ޒީ ފޯލްޑް 4: ބަލައިކަން ވެސް ބޭނުން ކުރަން ވެސް ފުރިހަމަ ފޯނެއް

ފޯނެއްގެ ހާއްސަ ކަމަކީ އެއް ފޯނަކުން ކުރެވޭ ބޭނުމެކެވެ؛ އަދި މިހާރު އެ ފޯނެއްގެ ރީތި ކަމާއި އޭގައި ހުންނަ "އެޑްވާންސް ފީޗާ" އަކީ ގުޅޭ ގަންނަން ޖެހޭ ސަބަބެކެވެ. މިފަދަ އެއް ފޯނަކީ ސެމްސަންގް ކުންފުނިން އެންމެ ފަހުން ނެރުނު "ގެލެކްސީ ޒީ ފޯލްޑް 4" އެވެ. މި ފޯނު މިހާރު ވިއްކަން މިވަނީ ސެމްސަންގްގެ ރާއްޖޭގެ އޮތޮރައިޒް ޑިސްރިބިއުޓާ މެކްސްކޮމް ޓެކްނޮލޮޖީސް އިން ނެރެފަ އެވެ.

ގެލެކްސީ ޒީ ފޯލްޑް4 ގެ މޮޅު ކަމަކީ ކޮބާ؟

ފޯނުގެ މޮޅުކަމުގެ ވާހަކަ ފެށުމުގެ ކުރިން ބުނަން އޮތީ މީގެ އަގެވެ. މެކްސްކޮމް އިން މި ފޯނު ވިއްކަނީ 3،000ރ. ގެ ޑިސްކައުންޓަކާއެކު 31،999ރ. އަށެވެ. އެކަމަކު މާކެޓުން މި ފޯނު އަތް ފޯރާނީ 34،999ރ. އަށެވެ. އެހެންވެ ފަތްޖަހާލެވޭ މި ފޯނު އެންމެ ހެޔޮކޮށް ލިބޭ ތަނަކަށް ފިހާރައަކަށް ރާއްޖޭގައި މި ވަނީ މެކްސްކޮމް އެވެ. މި ފޯނާއެކު ސްޕޮޓިފައި ޕްރިމިއަމްގެ ހިދުމަތް ތިން މަސް ދުވަސް ވަންދެން ހިލޭ ލިބޭނެ އެވެ.

އެ ކުންފުނީގެ ތިން އައުޓްލެޓުން މި ފޯނު މިހާރު ލިބޭނެ އެވެ. އަދި ގަނޑުކޮށް ފައިސާ ދައްކާފައި ނެގޭ ގޮތަށް އިންސްޓޯލްމަންޓް ސްކީމްތައް މެދުވެރިކޮށް ވެސް މި ފޯނު ލިބޭނެ އެވެ. އެންމެ ހާއްސަ އެއް ސްކީމްއަކީ އެސްޓިއޯ ކްރެޓިޑް ސްކީމެވެ. މި ސްކީމުން ވެސް މި ފޯނު ލިބޭނެ އެވެ.

ގެލެކްސީ ޒީ ފޯލްޑް 4 ގެ ހާއްސަ ސިފަތައް

  •  ބޮޑު މިން: 6.7 އިންޗި
  •  ޑިސްޕްލޭ: ޑައިނަމިކް އެމޮލެޑް
  •  އަށް ޖީބީ ރެމް
  •  ޕްރަންޓް ކެމެރާ: 10 އެމްޕީ

މި ފޯނަށް ސެމްސަންގް ކުންފުނިން ވަނީ ކުރީގެ "ޒެޑް ފްލިޕް 3" އާ އަޅާ ބަލާއިރު ބައެއް ބަދަލުތައް ގެނެސްފައިވެ އެވެ. އެންމެ މުހިންމު އެއް ބަދަލަކީ ކުރީގެ ފޯނަށްވުރެ މި ފޯނު ފަތް ޖަހާލާފައި އޮންނައިރު ތުނި ވުމެވެ. އެހެންވެ މިއީ އެންމެ ސްޓައިލިޝް އެއް ފޯނަށް މިހާރު ވެފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.