ޔޯގާ ހަމަނުޖެހުން: މިހާރު ބަންދުގައި ހުރީ އެންމެ މީހެއް

ޔޯގާ ހަމަނުޖެހުމުގެ މައްސަލަ ސީރިއަސްކޮށް ތަހުގީގު ކުރާ ކަމަށް ފުލުހުން ބުނި ނަމަވެސް މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބެއް ސާފުކޮށެއް ނުދިނެވެ. ޔޯގާ ހަރަކާތާ ދެކޮޅަށް ބަޔަކު ހިންގި އަމަލުތައް ބެލުމަށް ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމެޓީއެއް އެކުލަވާލި އެވެ.

ހަސަން ޝިފާޒް
ޔޯގާ މައްސަލާގައި ހައްޔަރު ކުރި ބައެއް މީހުން: މިހާރު ބަންދުގައި ހުރީ އެންމެ މީހެއް
  •  24 މީހަކު ހައްޔަރު ކުރި
  •  ބައެއް މީހުން ދޫކޮށްލީ ފުލުހުން
  •  ބައެއް މީހުން ކޯޓު އަމުރަށް ދޫކޮށްލި

ޔޯގާ ދުވަހު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން އެންމެ މީހަކު ނޫނީ އެންމެން ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ. ބައެއް މީހުން ބަންދުން ދޫކޮށްލިއިރު އަނެއް ބަޔަކު ފުލުސް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ އެވެ.

މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން 24 މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ޝައިހް ފަޒްލޫން މުހައްމަދު އާއި ޝައިހް އާދަމް ނިޝާން އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ހިމެނެ އެވެ. މި ތިން ބޭފުޅުން ވެސް ދޫކޮށްލީ ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ގެންގުޅުމަށް ފަހު އެވެ. ބަންދުން ދޫކޮށްލީ ތިން ހަތަރު ފަހަރު މަތީން ބަންދުގެ މުއްދަތު އިތުރުކޮށްދީ އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ފުލުހަށް ނުދެއްކުމުންނެވެ.

އޭރުވެސް ފުލުހުން އެދުނީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބައި ދިނުމަށެވެ. ހައްޔަރު ކުރި މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ހުރީ ކްރިމިނަލް ކޯޓުން ދިން ބަންދުގެ މުއްދަތު ހަމަނުވާ މީހެކެވެ. އެއީ ހަސަން ޝިފާޒް ނަމަކަށް ކިޔާ މީހެކެވެ. ބަންދުގެ މަޖިލީހަށް ދެން ހާޒިރު ކުރާ ފަހަރަކު އޭނާވެސް ދޫކޮށްލަން އަމުރު ކޮށްލާނެ ކަމަށް ބެލެވެއެވެ.

ޔޯގާ ހަމަނުޖެހުމުގެ މައްސަލަ ސީރިއަސްކޮށް ތަހުގީގު ކުރާ ކަމަށް ފުލުހުން ބުނި ނަމަވެސް މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބެއް ސާފުކޮށެއް ނުދިނެވެ. ޔޯގާ ހަރަކާތާ ދެކޮޅަށް ބަޔަކު ހިންގި އަމަލުތައް ބެލުމަށް ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމެޓީއެއް އެކުލަވާލި އެވެ. އެ ކޮމެޓީން މައްސަލަ ބެލުމަށް ފަހު މިހާރު ވަނީ ރިޕޯޓް ރައީސާއި ހިއްސާ ކުރައްވާފައެވެ. އެ ރިޕޯޓްގައި 39 ކަމެއް އިސްލާހު ކުރަން ލަފާ ދީފައިވެއެވެ. ބައެއް ފިޔަވަޅުތައް އަޅަންވެސް ލަފާ ދީފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.