ސިއަމް ޕެރަގަން ގައި ބަޑި ޖަގައި ތިން މީހަކު މަރާލައިފި

ހައްޔަރު ކުރި މީހާއަކީ މޯލާ ކައިރި ސްކޫލެއްގައި ކިޔަވަމުން ދިޔަ ކުއްޖެއް ކަމަށާއި ނަފްސާނީ ސިއްހީ ހާލަތަކަށް ފަރުވާ ހޯދުމުގެ ރެކޯޑް އޮތް ނަމަވެސް ދާދި ފަހުން ބޭސް ކެއުން ހުއްޓާލާފައިވާ ކަމަށެވެ. އޭނާގެ ނިޔަތަކީ ކޮބައިކަން ސާފެއް ނުވެ އެވެ.

ސިއަމް ޕެރަގަން މޯލް ކައިރީގައި ސިއްހީ އޮފިސަލުންނާއި ފުލުހުން ހަރަކާތްތެރި ވަނީ

ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ މެދުތެރޭގައި ހުންނަ ލަގްޒަރީ ޝޮޕިން މޯލެއް ކަމަށްވާ މަޝްހޫރު ސިއަމް ޕެރަގަންގެ ތެރޭގައި ބަޑިޖަހައި ތިން މީހަކު މަރާލައިފި އެވެ. 

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ސިއަމް ޕެރަންގެ ތެރޭގައި ބަޑި ޖެހުމުގެ ތުހުމަށް 14 އަހަރުގެ ކުޑަ ކުއްޖަކު ހައްޔަރަށް ނެގި އިރު ހަތަރު މީހަކު މަރުވެ ފަސް މީހަކު ޒަހަމް ވެފައި ވެއެވެ. ނަމަވެސް ގިނަ ރިޕޯޓްތައް ބުނަނީ މަރުވީ ދެ މީހުން ކަމަށެވެ. 

ސިއަމް ޕެރަގަން ޝޮޕިން މޯލަކީ ވަރަށް މަޝްހޫރު މޯލެކެވެ. އަދި އެއީ އޭޝިއާގައި އެންމެ ގިނަ ބަޔަކު ޒިޔާރަތްކުރާ އެއް މޯލެވެ. ދިވެހިރާއްޖޭގެ ގިނަ ބަޔަކު ވެސް އަބަދުހެން އެ މޯލުން ވިޔަފާރި ކުރަން ގޮސް އުޅެ އެވެ. 

ތައިލެންޑުގެ ޕޮލިސް ޗީފް ވިދާޅުވި ގޮތުގައި މަރުވި ދެ މީހުންނަކީ ޗައިނާ އާއި މިޔަންމާގެ ދެ މީހުނެވެ. ފަސް މީހަކު ޒަހަމް ވެފައިވާއިރު ލާއޯ ރައްޔިތަކާއި ޗައިނާ މީހަކާއި އަދި ތައިލެންޑްގެ ތިން މީހުން ހިމެނެ އެވެ. 

ބަޑި ޖެހި ޒުވާނާ ހައްޔަރު ކުރަނީ: އޭނާ އަކީ ނަފުސާނީ ބަލީގެ ރިކޯޑެއް އޮތް މީހެއް

ޝައްކު ކުރެވޭ ޒުވާނާ ފުލުސް އޮފިސަރުންނާ ހަވާލުވެފައިވާއިރު އޭނާ ބޭނުން ކޮށްފައި ވަނީ ހޭންޑް ގަން އެކެވެ.

ބޮޑުވަޒީރު ސްރެތާ ތަވިސިން ވިދާޅުވީ ތައިލެންޑް މީހުނާއި ފަތުރުވެރިންގެ މެދުގައި ވެސް ވަރަށް މަގުބޫލު އެ މޯލްގެ ހާލަތު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ވެއްޓިފައި އޮތް މީހަކު ފުލުހުން ހިފަހައްޓައި ހައްޔަރު ކުރެ އެވެ. އަދި ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި މޯލް ސަރަހައްދު ހަލަބޮލިވާ މަންޒަރުތައް ފެނެ އެވެ. މީގެ އިތުރުން ސިއަމް ޕެރަގޮން މޯލްގެ ތެރޭގައި ފިހާރަތަކަށް ދާ މީހުން ބާރަށް ދުވެފައި އެގްޒިޓްތަކާ ދިމާއަށް ދާއިރު ބަޑިޖަހާ އަޑު އިވެ އެވެ. 

ބަޑި ޖެހި ޒުވާނާ ހައްޔަރު ކުރަނީ: އޭނާ އަކީ ނަފުސާނީ ބަލީގެ ރިކޯޑެއް އޮތް މީހެއް

ސިޔާމް ޕެރަގަންގެ ތަރުޖަމާނަކު ނެރުނު ބަޔާނެއްގައި ބުނީ މީހުންގެ އާއިލާތަކަށް މޯލް އިން އެންމެ ފުން ތައުޒިޔާއެއް ކިޔާ ކަމަށާއި ސެކިއުރިޓީ ޓީމުން ވަގުތުން ކަސްޓަމަރުންނާއި މުވައްޒަފުން އިމާރާތުން ނެރެ، ހުރިހާ ކަސްޓަމަރުންނާއި މުވައްޒަފުންނާއި ކުއްޔަށް ދިރިއުޅޭ މީހުންގެ ސަލާމަތަށް އިސްކަންދީފައި ވާނެ ކަމަށެވެ.

ހައްޔަރު ކުރި މީހާއަކީ މޯލާ ކައިރި ސްކޫލެއްގައި ކިޔަވަމުން ދިޔަ ކުއްޖެއް ކަމަށާއި ނަފްސާނީ ސިއްހީ ހާލަތަކަށް ފަރުވާ ހޯދުމުގެ ރެކޯޑް އޮތް ނަމަވެސް ދާދި ފަހުން ބޭސް ކެއުން ހުއްޓާލާފައިވާ ކަމަށެވެ. އޭނާގެ ނިޔަތަކީ ކޮބައިކަން ސާފެއް ނުވެ އެވެ.

ތައިލެންޑުގައި ބަޑިޖެހުމުގެ ހާދިސާތައް މަދެވެ. ނަމަވެސް ބަޑި ގެންގުޅޭ މީހުންގެ ނިސްބަތް މަތިވެފައި ވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ތައިލެންޑްގެ އިރުއުތުރުގެ ނޮންގް ބުއާ ލަމްޕޫ ޕްރޮވިންސްގައި ކުޑަކުދިން ބަލަހައްޓާ މަރުކަޒެއްގައި ބަޑިޖަހައި ވަޅިން ހަމަލާދީ 37 މީހަކު މަރާލާފައިވާއިރު އޭގެ ތެރެއިން ގިނައީ ކުޑަކުދިންނެވެ. އަދި 2020 ވަނަ އަހަރު ސިފައިންގެ މީހަކު 29 މީހުން މަރާލައި އިތުރު ދިހަވަރަކަށް މީހުން ޒަޚަމް ކޮށްލާފައި ވަނީ ނަހޮން ރައްޗަސިމާ ސިޓީގަ އެވެ.

ކޮމެންޓް

1
450
އަހުމަދު ފިރާ
11 months ago

ޓިކެޓް ވެސް ނަގާފަ އޮއްވާ... ބިރުގަނޭ ދާން.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.