މި ފިއެސްޓާގައި ދެ ޑިވިޝަންގެ ފެއާ ޕްލޭ ޓީމްގެ އެވޯޑް އެމްއައި ކޮލެޖްގެ ދެ ޓީމަށް ވެސް ވަނީ ލިބިފައެވެ. ތައުލީމީ ދާއިރާގެ އިތުރުން ކުޅިވަރުގެ ރޮނގުން ވެސް އެމްއައި ކޮލެޖުން ދަނީ ގިނަ ކުރިއެރުންތަކެއް ހޯދަމުންނެވެ.
މި އަހަރު ބޭއްވި އައެމްޔޫއެސް ހޭންޑްބޯލް ފިއެސްޓާއިން އައިޔޫއެމްއެސްޔޫ ކޮލެޖްއިން ވަނީ ބޯޑު ކާމިޔާބީއެއް ހޯދާފައެވެ.
މި އަހަރު އިސްލާމިކް ޔުނިވާސިޓީގެ ސްޓުޑެންޓް ޔޫނިއަންގެ ފަރާތުން ބޭއްވި މި ހޭންޑްބޯލް ފިއެސްޓާގައި އެމްއައި ކޮލެޖުގެ ދަރިވަރުން ވަނީ ވޮމެންސް ޑިވިޝަން އަދި މެންސް ޑިވިޝަން ކުޅެފައެވެ.
މި މުބާރާތުގައި އެމްއައި ކޮލެޖުގެ ދެ ޓީމުން ވެސް ވަނީ ސެމީ ފައިނަލަށް ދަތުރު ކޮށްފައެވެ. ދެ ޓީމުން ސެމީ ފައިނަލުން ބަލިވި ނަމަވެސް، އެއީ ދެރަވާން ޖެހޭ ކަމެއް ނޫން ކަމަށް އެ ކޮލެޖްގެ ރެކްޓާ ލަމްޔާ އަބްދުލް ހާދީ ވިދާޅުވެފައިވެއެވެ. އަދި މި ވަރުގެ ބޮޑު ކުރިއެރުމެއް އެމްއައި ކޮލެޖަށް ލިބުމަކީ ހުރިހާ ދަރިވަރުންވެސް އުފާވާން ޖެހޭ ކަމެއް ކަމުގައި ފާހަގަކުރެއްވި އެވެ.
ދެ ޓީމުގެ ކޯޗު ބުނި ގޮތުގައި މި ފަހަރު ޓީމުގެ ގިނަ ކުޅުންތެރިންނަކީ އަލަށް ހޭންޑްބޯލް ކުޅެން ފެށި ކުދިންނެވެ. އެހެން ކަމުން ސެމީ ފައިނަލަށް ދެ ޓީމުން ދަތުރުކުރުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، އުފާވާ ކަމެއް ކަމަށް ކޯޗް ބުންޏެވެ. އަދި ދެން އޮތް ހޭންޑްބޯލް ފިއެސްޓާގައި އެމްއައި ކޮލްޖުން ބައިވެރިވެ މޮޅަށް ކުޅެވޭނެ ކަމަށުގެ ޔަގީންކަން ވެސް ދީފައިވެ އެވެ.
މި ފިއެސްޓާގައި ދެ ޑިވިޝަންގެ ފެއާ ޕްލޭ ޓީމްގެ އެވޯޑް އެމްއައި ކޮލެޖްގެ ދެ ޓީމަށް ވެސް ވަނީ ލިބިފައެވެ. ތައުލީމީ ދާއިރާގެ އިތުރުން ކުޅިވަރުގެ ރޮނގުން ވެސް އެމްއައި ކޮލެޖުން ދަނީ ގިނަ ކުރިއެރުންތަކެއް ހޯދަމުންނެވެ.