އިބޫގެ 30 އަހަރުގެ "ވެރިކަން" ނިމުމަކަށް

މިއަދުގެ އިންތިހާބަށް ރައީސް ސޯލިހް ނިކުންނެވީ ދެވަނަ ދައުރެއް ލިބިވަޑައިގަންނަވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމަކާ އިތުބާރަކާ އެކު އެވެ. އެމަނިކުފާނު ނިންމަވާފައި އޮތީ ވެރިކަމުގެ ދެވަނަ ދައުރެއް ފުރިހަމަ ކުރެއްވުމަށް ފަހު ސިޔާސީ މައިދާނުން ދުރަށް ޖެހިވަޑައިގަންނަވާށެވެ.

ތިރީސް އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބަކުން ބަލިވެއްޖެ އެވެ.

ރައީސް ސޯލިހަކީ އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގައި ވަރަށް ކާމިޔާބު ބޭފުޅެކެވެ. ރައީސް ސޯލިހް ވަނީ 25 އަހަރު މަޖިލީހުގެ މެންބަރުކަން ކުރައްވާފައެވެ. ފަސް ދައުރު އެމަނިކުފާނު ވަނީ މަޖިލީހުގައި މެންބަރު ކަން ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލެއްވީ ވެސް ހިންނަވަރު ދާއިރާގެ މެންބަރު ކަމުގައި ހުންނަވައިގެންނެވެ. ނޮވެންބަރު 17، 2018 ގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުމަށް ފަހު ރައީސް ސޯލިހް ވަނީ ވެރިކަމުގެ ދައުރެއް ފުރިހަމަ ކުރެއްވުމާއި ގާތަށް ވަޑައިގެންފައެވެ.

ވެރިކަމުގެ ދެވަނަ ދައުރެެއް ހޯއްދެވުމަށް މިއަދު އޮތް ރިޔާސީ އިންތިހާބު ގައި ރައީސް ސޯލިހް ވާދަކުރެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާ އެވެ. ނަމަވެސް މުއިއްޒު ވަނީ ރައީސް ސޯލިހްގެ މައްޗަށް ކާމިޔާބު ހޯއްދަވާފައެވެ.

މި ނާކާމިޔާބީ އަކީ މިދިޔަ 30 އަހަރު ރައީސް ސޯލިހް އިންތިހާބަކުން ބަލިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މިއަދުގެ އިންތިހާބަށް ރައީސް ސޯލިހް ނިކުންނެވީ ދެވަނަ ދައުރެއް ލިބިވަޑައިގަންނަވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމަކާ އިތުބާރަކާ އެކު އެވެ. އެމަނިކުފާނު ނިންމަވާފައި އޮތީ ވެރިކަމުގެ ދެވަނަ ދައުރެއް ފުރިހަމަ ކުރެއްވުމަށް ފަހު ސިޔާސީ މައިދާނުން ދުރަށް ޖެހިވަޑައިގަންނަވާށެވެ. އެމްޑީޕީގެ އިސް ލީޑަރުގެ މަގާމުގައި ވެސް ހުންނެވި ރައީސް ސޯލިހަކީ ސިޔާސީ މައިދާނުގައި ހުރިހާ ޕާޓީތަކާވެސް މަސައްކަތް ކުރެއްވި އާދަޔާ ހިލާފު ވަރުގަދަ ލީޑަރެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.