ބަންގާޅުގައި ޑެންގީ ޖެހިގެން 1000 މީހުން މަރުވެއްޖެ

ވެރިރަށް ޑާކާގެ ހޮސްޕިޓަލްތަކަށް ފަރުވާ ހޯދަން ދާ އެތައް ސަތޭކަ ބަޔަކަށް ޑެންގީ ޖެހިފައި ތިބި ނަމަވެސް ގިނަ ފެސިލިޓީތައް ހުރީ އޯވަ ކެޕޭސިޓީގަ އެވެ.

ވެރިރަށް ޑާކާގެ ހޮސްޕިޓަލެއް: ޑެންގީ ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައި

މިދިއަ ހަފުތާއެއްހާ ދުވަހުގެ ތެރޭ ބަންގްލަދޭޝްގައި އާދަޔާހިލާފަށް ޑެންގީ ހުމުގެ ރޯގާ ފެތުރި، އެ ބަލީގައި ގާތްގަނޑަކަށް 1000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިއީ މި ފަހުން ކުރު މުއްދަތެއްގައި އެ ގައުމުގައި ޑެންގީ ހުމުގެ ރޯގާ މިހާ ބޮޑަށް ފެތުރުނު ފުރަތަމަ ފަހަރެވެ. ވިއްސާރަ މޫސުމަކަށް ވުމުން ޑެންގީ މަދިރި އުފެދި އާލާވާފަދަ ގޮތަކަށް މި ދުވަސްވަރު ކަންކަން ބަންގްލަދޭޝްގައި މެދުވެރިވެފައި ވެއެވެ. 

އަދި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު ޑެންގީ ހުމުގެ ރޯގާ ވަރަށް ބޮޑަށް ފެތުރިފައިވާތީ ބަންގްލަދޭޝްގެ ހޮސްޕިޓަލްތައް ވަނީ ވަރަށް ބޮޑަށް ދަތިތަކާ ވެސް ކުރިމަތި ވެފަ އެވެ.

ޑެންގީ ސީރިއަސް ހާލަތު މެދުވެރި ވުމުން އެތެރެހަށީގެ ތެރެއަށް ލޭ ފޭދޭ ގޮތް މެދުވެރި އެވެ. އަދި ބޮލުގައި ރިހުމާއި މޭ ނުބައި ކުރުމާއި ހުޅުތަކާއި މަސްގަނޑުގައި ރިހެ އެވެ.

ޑެންގީ މަދިރި ގިނަ ވުމުގެ ފުރުސަތު ލިބެނީ ސާފު ތާހިރުކަން ކުޑަ ސަރަހައްދުތަކުގަ އެވެ. ކޮވިޑަށް ފަހު އެ ގައުމުގައި މިހާރު ޑެންގީ ޖެހޭ  މީހުންގެ ހާލަތު މިދިޔަ މަދު އަހަރުތަކާ އަޅާބަލާއިރު ވަރަށް އަވަހަށް ހާލާތު ގޯސްވަމުން ދާ ކަމަށް ވެސް ޑޮކްޓަރުން ވަނީ ފާހަގަ ކޮށްފަ އެވެ.

ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ކޮންމެ ދުވަހަކު ވެސް ޑެންގީ ޖެހިގެން 20 އަށްވުރެ ގިނަ މީހުން އެ ގައުމުގައި މަރުވެފައިވާއިރު  ބަންގްލަދޭޝްގެ 64 ޑިސްޓްރިކްޓްގެ ހުރިހާ ހިސާބަކުން ވެސް ޑެންގީ ކޭސްތައް ފެނިފައިވެ އެވެ. 

ބަންގްލަދޭޝް އިން މިހާރު ވަނީ މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި އާންމުން ހޭލުންތެރި ކުރުމުގެ ކެމްޕޭންތަކެއް ފަށާފަ އެވެ.
އެއާއެކު ވެސް އިތުރަށް މަސައްކަތްތައް ކުރަން ޖެހޭ ކަމަށް އެ ގައުމުގެ އާންމު ސިއްހަތުގެ މާހިރެއް ކަމަށްވާ ޑރ މުޝްތާގު ހުސެއިން ވިދާޅުވެފައި ވެއެވެ. 

ވެރިރަށް ޑާކާގެ ހޮސްޕިޓަލްތަކަށް ފަރުވާ ހޯދަން ދާ އެތައް ސަތޭކަ ބަޔަކަށް ޑެންގީ ޖެހިފައި ތިބި ނަމަވެސް ގިނަ ފެސިލިޓީތައް ހުރީ އޯވަ ކެޕޭސިޓީގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.