އަށް ޓެސްޓް މެޗް ހިމެނޭ ގޮތަށް 100 އަށް ވުރެ ގިނަ މެޗުގައި ލަންކާ ތަމްސީލު ކޮށްފައިވާ ޑަނޫޝްކާ ގުނަތިލާކާ މިހާތަނަށް ހުރީ މި މައްސަލައާ ގުޅިގެން ވާދަވެރި ކްރިކެޓުން ސަސްޕެންޑް ކޮށްފަ އެވެ.
ޓީ20 ވޯލްޑް ކަޕް ކްރިކެޓް މުބާރާތަށް އޮސްޓްރޭލިއާގައި ހުރި އިރު އަންހެނަކު އޮބާބާއްވާ ރޭޕް ކުރި ކަމަށް ތުހުމަތުވި ސްރީލަންކާގެ ކްރިކެޓް ކުޅުންތެރިޔާ ޑަނޫޝްކާ ގުނަތިލާކާ މައްޗަށް އެ ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅައިފި އެވެ.
އުމުރުން 32 އަހަރުގެ ޑަނޫޝްކާ ގުނަތިލާކާގެ މައްޗަށް އިތްފަތް ފޭރުން / ރޭޕްގެ ތުހުމަތު ކުރީ މިދިޔަ ނޮވެމްބަރު މަހު "ޓިންޑާ ޑޭޓަ" ކަށް ފަހު ސިޑްނީގެ އަންހެން މީހާގެ ގޭގައި ހިނގި ހާދިސާތަކަށް ފަހު އެވެ.
އެންމެ ފުރަތަމަ ޑަނޫޝްކާ ގުނަތިލާކާގެ މައްޗަށް ރޭޕްގެ އެތައް ދައުވާއެއް އުފުލި އެވެ. ނަމަވެސް ޝަރީއަތް ހިންހީ އެންމެ ދައުވާއެއްގެ މައްޗަށެވެ.
ނިއު ސައުތު ވޭލްސްގެ ޑިސްޓްރިކްޓް ކޯޓެއްގައި ހަތަރު ދުވަހުގެ ޝަރީއަތެއް ކުރިއަށް ދިޔައިރު، ޝަކުވާ ހުށަހެޅި ފަރާތުން ބުނީ އޭނާ ރުހުން އޮތީ ވަކި މިންގަނޑެއްގައި ކަމަށާއި އޭގެ ބޭރުން އެއަށް ވުރެ ދުރަށް ދާން ލަންކާގެ ބެޓްސްމަނަށް ރުހުމެއް ނުދޭ ކަމަށެވެ.
އަދި ޑަނޫޝްކާ ގުނަތިލާކާ ގަދަ ކަމުން އޭނާއަށް ދޮން ދީފައިވާ ކަމަށާއި އޭގެ ސަބަބުން އޭނާގެ ފުރާނަ ހިނގައިދާނެ މިންވަރަށް ނޭވާ ހާސްވި ކަމަށެވެ.
ޑަނޫޝްކާ ގުނަތިލާކާ ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އޭނާގެ ދިފާއީ ވަކީލު ވިދާޅުވީ އެ އަންހެންމީހާ ދޮގު ހަދައި އަދި ވަގުތު ފާއިތުވަމުންދާ ވަރަކަށް ވާހަކަ ބަދަލު ކޮށްފައިވާ ކަމަށެވެ.
ޝަރީއަތް ހިންގުމަށް ފަހު ފަނޑިޔާރު ސާރާ ހަގޭޓް ވަނީ ޑަނުޝްކާ ގުނަތިލަކަ ކުށްވެރި ނުވާ ކަމަށް ނިންމާފަ އެވެ.
އަށް ޓެސްޓް މެޗް ހިމެނޭ ގޮތަށް 100 އަށް ވުރެ ގިނަ މެޗުގައި ލަންކާ ތަމްސީލު ކޮށްފައިވާ ޑަނޫޝްކާ ގުނަތިލާކާ މިހާތަނަށް ހުރީ މި މައްސަލައާ ގުޅިގެން ވާދަވެރި ކްރިކެޓުން ސަސްޕެންޑް ކޮށްފަ އެވެ. އޭނާ ބުނީ ދިރިއުޅުން އަނެއްކާ ވެސް އާދައި ހާލަތަށް ދިއުމުން އުފާވާ ކަމަށާއި އެހެންވެ އެނބުރި ގޮސް ކްރިކެޓް ކުޅެން ބޭނުންވެފައި ހުރި ކަމަށެވެ.