އެމްޑީއޭގެ ނިންމުން ބަލައިގަނެ ޕީޕީއެމުން މަރުހަބާ ކިޔައިފި

އެމްޑީޕީއާއެކު ހަދާފައިވާ ކޯލިޝަން އެމްޑީއޭ އިން ރޭ ވަނީ ރަސްމީކޮށް އުވާލާފައެވެ. އަދި އެ ޕާޓީން ރޭ ވަނީ ދެވަނަ ބުރުގަައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ނިންމާފައެވެ.

އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު އަދި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރުމަށް މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ނިންމި ނިންމުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިރޭ މަރުހަބާ ކިޔައިފި އެވެ.

އެމްޑީޕީއާއެކު ހަދާފައިވާ ކޯލިޝަން އެމްޑީއޭ އިން ރޭ ވަނީ ރަސްމީކޮށް އުވާލާފައެވެ. އަދި އެ ޕާޓީން ރޭ ވަނީ ދެވަނަ ބުރުގަައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ނިންމާފައެވެ.

އެ ނިންމުމާއި ގުޅޭގޮތުން އިދިކޮޅު މައި ޕާޓީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ އެމްޑީއޭގެ ނިންމުން ޝުކުރުވެރި ކަމާއެކު ބަލައިގަންނަ ކަމަށެވެ. އަދި ރައީސް ޔާމީނާއި ޑރ. މުއިއްޒާއި މުއިއްޒުގެ ރަަނިންމޭޓް ހުސައިން މުހައްމަދު ލަތީފްގެ ނަމުގައި އެމްޑީއޭގެ ރައީސް އަހަމްދު ސިޔާމްއާ އެ ޕާޓީގެ ލީޑާޝިޕާ މެންބަރުންނަށް ވަނީ މަރުހަބާ ކިޔާފައެވެ.

އެމްޑީޕީ ކޯލިޝަނުން ވަކިވެ ޑރ. މުއިއްޒަށް ތާއީދު ކުރަން ރޭ އޮތް އެމްޑީއޭގެ ކައުންސިލް ބައްދަލްވުމުގައި ހުށައެޅީ ކައުންސިލް މެންބަރު އަައްބާސް އެވެ. އެ ހުށައެޅުމަށް ތާއީދު ކުރީ އެ ޕާޓީގެ ނާއިބު ރައީސް އަލީ މައުރޫފެވެ. އެ ހުށައެޅުމަށް ކައުންސިލްގެ 33 މެންބަރުން ވޯޓް ދިނެވެ. ދެކޮޅަށް ވޯޓް ދިނީ ދެ މެންބަރުންނެވެ.

އިތުރު ދެ ހުށައެޅުމެއް ވެސް ހުށައެޅި އެވެ. އެއީ ދެވަނަ ބުރުގަައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށާއި ރައީސް ސޯލިހާއެކު ދެވަނަ ބުރުގައި ވެސް ތިބުމަށެވެ. އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ހުށައެޅީ އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދެވެ.

އެމްޑީއޭ އިން ރައީސް ސޯލިހް ދޫކޮށްލިއިރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސްގެ އަރިހުގައި ސިޔާމް ވަނީ ވަރަށް ގިނަ ރަށްތަކަށް ވަޑައިގެންފައެވެ. ކެމްޕެއިން ގައި ރައީސް ދަތުރުފުޅު ކުރެއްވީ ވެސް ސިޔާމްގެ ލޯންޗުކޮޅެއް ގައެވެ.

ނަމަވެސް ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު ކެމްޕެއިން ގެ އެއްވެސް ހަރަކާތެއް ގައި ސިޔާމް ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އެމްޑީއޭ އިން ކޯލިޝަނުން ވަކިވި ކަމަށް އޭރު ވާހަކަތައް ދެކެވުމުން އެ ޕާޓީން ވަނީ އެކަން ދޮގުކޮށް ރައީސާއެކު ތިބި ކަމަށް ބުނެފައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.