ބޭންކުގެ އެޕްލައިނައު ޕޯޓަލް އިން އީފާސް މެދުވެރިކޮށް ލޮގިން ވުމަށްފަހު އެކައުންޓް ހުޅުވުމަށް އެދެވޭނެ އެވެ. އީފާސް މޮބައިލް އެޕްލިކޭޝަނުން ސީދާ އެމްއައިބީ އެޕްލައިނައު ޕޯޓަލް އަށް ވެސް ވަދެވޭނެ އެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުގެ އެކައުންޓް މިހާރު އޮންލައިންކޮށް ވަގުތުން ހުޅުވޭނެ ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ.
މި ބަދަލާއެކު އެކައުންޓް ހުޅުވަން އެދުމަށް ފަހު މަޑުކުރަން ނުޖެހި ވަގުތުން އެކައުންޓް ނަންބަރު ލިބޭނެ ކަމަށް ބޭންކުން ބުނެ އެވެ. އަދި އެކައުންޓަށް ފައިސާ ޖަމާކޮށް އެކްޓިވޭޓް ވެސް ކުރެވޭނެ އެވެ.
މި ބަދަލާއެކު އެކައުންޓް ހުޅުވުމަށް ފަހު ވަގުތުން ވިސާ އެވްރީޑޭ ކާޑެއް ވެސް ލިބެ އެވެ. އެކައުންޓް ހުޅުވި ބްރާންޗް ނުވަތަ އެންމެ ކައިރީގައި ހުރި އެމްއަބީ ބްރާންޗަކަށް ދިޔުމުން ކާޑު ލިބޭނެ އެވެ.
އަދި އަމިއްލައަށް އިންޓަނެޓް ބޭންކިން އަށް ރަޖިސްޓަރީ ކުރެވެ އެވެ. މި ބަދަލާއެކު އެމްއައިބީގެ އެކައުންޓެއް ހުޅުވާ ބޭނުން ކުރަން ހޭދަވާނީ ކުޑަ ވަގުތުކޮޅެކެވެ.
ބޭންކުގެ އެޕްލައިނައު ޕޯޓަލް އިން އީފާސް މެދުވެރިކޮށް ލޮގިން ވުމަށްފަހު އެކައުންޓް ހުޅުވުމަށް އެދެވޭނެ އެވެ. އީފާސް މޮބައިލް އެޕްލިކޭޝަނުން ސީދާ އެމްއައިބީ އެޕްލައިނައު ޕޯޓަލް އަށް ވެސް ވަދެވޭނެ އެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކްއަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރައްކާތެރިކަމާއެކު ގިނަ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ދެމުން އަންނަ ބޭންކެކެވެ. އެމްއައިބީގެ ބްރާންޗްތައް އައްޑޫސިޓީ އާއި ފުވަމުލަށް ސިޓީ އާއި ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީގެ އިތުރުން ހުޅުމާލޭގައި ވެސް ހުރެއެވެ.
އަދި މާލެ އާއި އެކި ރައްރަށުގައި އޭޓީއެމްގެ ހިދުމަތްވެސް ދެމުން ދެއެވެ. ހުޅުމާލެ ފޭސް ދޭއްގެ ހަމައެކަނި އޭޓީއެމްވެސް އޮޕަރޭޓް ކުރަނީ އިސްލާމިކް ބޭންކުންނެވެ.