އިސްލާމްދީނާ ދެކޮޅަށް ހިންގާ މިފަދަ އަމަލުތައް ނިމުމަކަށް ގެނައުމަށް ވެސް ބައިނަލްއަގްވާމީ މުޖުތަމައަށް ރާއްޖެއިން ގޮވާލާފައި ވެއެވެ.
ނެދަލޭންޑްސްގެ ދަ ހޭގްގައި ހުރި އިސްލާމީ ބައެއް ގައުމުތަކުގެ އެމްބަސީ ކުރިމަތީގައި ކީރިތި ގުރުއާން މުސްހަފްތަކެއް ވީދާލި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރި ކޮށްފި އެވެ.
ނެދަލޭންޑްސްގައި ގުރުއާނަށް އިހާނެތިކޮށް ހިތުމުގެ އަމަލުތައް ހިންގަމުން ގެންދަނީ މުސްލިމުންނާ ދެކޮޅު ޕީއީޖީއައިޑީއޭ ގްރޫޕުންނެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބަޔާނެއް މެދުވެރިކޮށް ބުނީ، ކީރިތި ގުރުއާނަށް އިހާނެތިކޮށް ހިތާ ހިތުމަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ކަމަށް ބުނެ އޮޅުވާލައިގެން ހިންގާ އަމަލުތަކެއް ކަމަށެވެ. އެކަން ރާއްޖެ ބަލައި ނުގަންނަ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ދީނީ ގޮތުން ރުޅިވެރިކަން އުފައްދަން ގޮވާލުމާއި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރުން ހުއްޓުވަން ގާނޫނާއި ސިޔާސަތުތައް ހަދައި ތަންފީޒު ކުރާނެ އުސޫލުތައް އެކުލަވައިލަން ޖެހޭ ކަމަށެވެ. އަދި މުސްލިމުންނާމެދު ނަފުރަތު އުފައްދާ ހަމަނުޖެހުން ހިންގުމުގެ އަމަލުތައް އިތުރުވަމުން ދިއުމަކީ ދިވެހި ސަރުކާރުން ކަންބޮޑުވާ ކަމެއް ކަމަށެވެ.
އިސްލާމްދީނާ ދެކޮޅަށް ހިންގާ މިފަދަ އަމަލުތައް ނިމުމަކަށް ގެނައުމަށް ވެސް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލާފައި ވެއެވެ.
މީ ހަ މަސް ކުރީގެ ކަމެއް ބްރޯ