ގިނަ އަދަދެއްގެ މުދަލާއެކު ލަންދޫ ބޯޓު އަޑިއަށް ހިނގައްޖެ

ލަންދޫ ބޯޓް ދަތުރުގައި ފުރާފައި ވަނީ ރާއްޖެއަށް މޫސުން ގޯސްވެ ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭތީ އަދި ވައި ގަދަވެ ކަނޑު ގަދަވާނެ ކަމަށް މެޓުގެ ފޯކާސްޓެއް އޮތުމުން، ފިޔަވަޅުތައް އަޅާށާއި ކަނޑުމައްޗަށް އަރާނަމަ ސަލާމަތީ އާލާތްތައް ހަމައަށް ހުރިތޯއާއި މުވާސަލާތީ ނިޒާމް ރަނގަޅަށް މަސައްކަތް ކުރާކަން ކަށަވަރު ކުރަން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އާއި މޫސުމާބެހޭ އިދާރާ އާއި ކޯސްޓް ގާޑާއި މެރިން ފުލުން އިލްތިމާސްތައް ނެރެފައި އޮއްވަ އެވެ.

"ލަންދޫ ބޯޓް" ދިޔަވެ އަޑިއަށް ދިއުން -- ފޮޓޯ: ޒަހީން

ނ. އަތޮޅުގެ ތިން ރަށެއްގެ މުދާ ހިފައިގެން ދަތުރުކުރާ "ލަންދޫ ބޯޓް" ދިޔަވެ މުދަލާއެކު އަޑިއަށް ހިނގައްޖެ އެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ. އޭގައި ތިބި މީހުން ސަލާމަތް ކޮށް ނަގާފައި ވަނީ ސިފައިންގެ ކޯސްޓްގާޑުގެ އުޅަނދަކަށެވެ.

ބޯޓް ފެތެމުން ދިޔައިރު އޭގައި ހުރި މީހަކު "މި" ނޫހަށް ގުޅައި ވާހަކަ ދައްކަމުން ބުނީ ބޯޓް އަޑިއަށް ދިޔައީ ކ. ގާފަރު ކައިރިއަށް ކަމަށެވެ. އަޑިއަށް ދިޔައިރު ދިވެހީންގެ 12 މީހަކާއި 36 ބިދޭސީން ދަތުރުކުރި ކަމަށް ވެސް ބުންޏެވެ.

"ލަންދޫ ބޯޓް" ދިޔަވެ އަޑިއަށް ދަނީ: ރާއްޖެއަށް ވަނީ މޫސުން ގޯސްވެފައި -- ފޮޓޯ: ޒަހީން

ލަންދޫ ބޯޓްގެ އިންޖީނަށް މައްސަލައެއް ދިމާވެ މިއަދު ހެނދުނު ވަނީ ގާފަރު ފަޅަށް ވައްދާފަ އެވެ. އޭގެ ފަހުން ގާފަރުން ބޯޓް ނައްޓާލީ އިންޖީނަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ފަހު އެވެ. އެއީ ހެނދުނު 10:00 ޖެހިއިރު އެވެ. ނަމަވެސް އޭގެ ގަޑިއެއްހާއިރު ފަހުން ބޯޓަށް ދިޔަވާކަން ފާހަގަ ވާން ފެށި އެވެ. ދިޔަވުން ހުއްޓުވާން ޕަންޕް ޖަހައިގެން ހުއްޓުވޭތޯ މަސައްކަތް ކުރި ނަމަވެސް އެކަމެއް ނުވި އެވެ.

ދިޔަވުން ހުއްޓުވޭ ގޮތް ނެތުމުން އަނބުރާ ގާފަރަށް ދެވޭތޯ މަސައްކަތް ކުރަނިކޮށް ބޯޓް އަޑިއަށް ދިޔައީ ގާފަރު ފުއްޓަރު ފަރާތު ތޮށި މައްޗަށް އަރުވާލި ފަހުންނެވެ.

"އޭރު ވަރަށް ގިނަ މުދާ ވެސް ބޯޓުން ވަނީ އުކާލާފައި. އެއީ ބޯޓް އަޑިއަށް ދިއުން ހުއްޓުވަން ކުރި ކަމެއް،" އެ މީހާ ބުންޏެވެ. ލަންދޫ ބޯޓަކީ މާފަރާއި ލަންދޫ އަދި މަނަދޫ އަށް މުދާ އުފުލާ ބޯޓެކެވެ.

އެ ސަރަހައްދުގައި ސިފައިންގެ ކޯސްޓްގާޑް އަދި މެރިން ޕޮލިސްވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ. ބޯޓުން ވަރަށް ގިނަ މުދާ މިވަގުތު އޮޔާ އެބަ ދެއެވެ. ބޯޓްގައި ވަރަށް ގިނަ އަދަދަކަށް ގޭސް ފުޅި ހުއްޓެވެ. އޮޔާދާ ގޭސްތައް ގެނުުމުގެ މަސައްކަތް އެ ސަރަހައްދުގައި އޮތް ދޯންޏަކުން ދަނީ ކުރަމުންނެވެ.

ރާއްޖެއަށް މޫސުން ގޯސް

ލަންދޫ ބޯޓް ދަތުރުގައި ފުރާފައި ވަނީ ރާއްޖެއަށް މޫސުން ގޯސްވެ ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭތީ އަދި ވައި ގަދަވެ ކަނޑު ގަދަވާނެ ކަމަށް މެޓުގެ ފޯކާސްޓެއް އޮތުމުން، ފިޔަވަޅުތައް އަޅާށާއި ކަނޑުމައްޗަށް އަރާނަމަ ސަލާމަތީ އާލާތްތައް ހަމައަށް ހުރިތޯއާއި މުވާސަލާތީ ނިޒާމް ރަނގަޅަށް މަސައްކަތް ކުރާކަން ކަށަވަރު ކުރަން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އާއި މޫސުމާބެހޭ އިދާރާ އާއި ކޯސްޓް ގާޑާއި މެރިން ފުލުން އިލްތިމާސްތައް ނެރެފައި އޮއްވަ އެވެ.

  •  ރާއްޖެ އޮތީ ފުރަ ނަކަތުގައި
  •  ފުރަ ނަކަތް، ހުޅަނގުގެ 11 ވަނަ ނަކަތް
  •  ފުރަ ނަކަތުން 8 ވަނަ ދުވަސް
  •  ފުރަ ނަކަތް ނިމޭނީ ސެޕްޓެމްބަރު 6 ގައި

މެޓްގެ ފޯކާސްޓްތައް ބުނާ ގޮތުން މިއަދާއި މިރޭ، އަދި މާދަމާ ވެސް ކަނޑު ގަދަ ވާނެ އެވެ. ރާއްޖޭގެ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންޥެ އެވެ. ވާރޭ ވެހޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.