އުރީދޫގެ އާ ހެޑްކުއާޓަރު ހުޅުވައިފި

އުރީދޫ މޯލްޑިވްސް އަކީ ވޭތުވިދިޔަ 18 އަހަރުން ފެށިގެން ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާގެ ތަނބެއްކަމައް ނައިބްރައީސް ފައިސަލް ނަސީމް ވަނީ ފާހަގަ ކުރައްވާފައެވެ.

އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާ ރޭގަ ވަނީ ރަސްމީކޮށް ހުޅުވައިފި އެވެ.

މި ހެޑްކުއާޓާ ރަސްމީކޮށް ހުޅުވައިދެއްވީ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި އުރީދޫ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަޒީޒް އަލް އުސްމާން ފަޚްރޫ އާއި އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން ފާތިމާ އަލް ކުވާރީ އަދި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ހުޅުމާލޭ ފޭސް ވަން ގައި ބިނާކުރެވިފައިވާ މި 11 ބުރީގެ އިމާރާތުގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުގެ އިތުރުން ކްލަބް ޕްރިމިއާ ލައުންޖެއް ހުންނައިރު ކަސްޓަމަރުންނަށް ގިނަ ހިދުމަތްތަކެއް ލިބޭނެކަން އުރީދޫން ވަނީ ބުނެފަ އެވެ.

މި އިމާރާތް އިފްތިތާހް ކުރުމުގެ އުފަލުގައި އެ ކުންފުނިން ވަނީ ހަވާ އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމު ވާހަކަފުޅު ދައްކަވަމުން އުރީދޫ މޯލްޑިވްސްއަކީ ފާހަގަ ކުރެއްވީ ފެށިގެން ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާގެ ތަނބެއްކަމަށެވެ.

އުރީދޫ ގެ ޓީމުން ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް ދާއިރާ ކުރިއެރުވުމަށް ކުރަމުން ގެންދާ މަސައްކަތަކީ އަގުނުކުރެވޭ ވަރުގެ ހިދުމަތެއް ކަމަށް އެ މަނިކްފާން ވަނީ ބުނެފައެވެ. އެގޮތުން ރާއްޖޭގައި ފުރަތަމަ ފޯޖީ ނެޓްވޯކް ތައާރަފު ކުރުމާއި، އީޖާދީ ޑިޖިޓަލް ހިދުމަތްތައް ތައާރަފްކުރުމާއި، އިޖުތިމާއީ އަދި ތިމާވެށީގެ ކަންކަމަށާއި އެހެނިހެން އިޖްތިމާއީ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ގިނަ ގުނަ ހިދުމަތްތައް އުރީދޫއިން ކޮއްފައިވާކަމަށް ނައިބްރައީސް ގެ ވަހަކަފުޅުގައިވަނީ ފާހަގަކުރައްވާފައެވެ.

އަދި ހެޔޮ އަގުގައި ފެންވަރު ރަނގަޅު އުފެއްދުންތަކާއި ހިދުމަތްތަކުން ދިވެހިން ގުޅާލަދީ ޑިޖިޓަލް ހިދުމަތްތަކަށް އަހުލުވެރިކޮށް، ރާއްޖޭގެ އިގުތިސާދު ކުރިއެރުމަށާއި ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމަށް އުރީދޫއިން މަސައްކަތްކުރާ ކަމަށް އެ މަނިކްފާން ވަނީ ފަހަގަ ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި އުރީދޫ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަޒީޒް އަލް އުސްމާން ފަޚްރޫ ވާހަކަފުޅު ދައްކަވަމުން ދިވެހި ރާއްޖެ ފާހަގަ ކުރެއްވީ ޑިޖިޓަލް ހިދުމަތްތަކުން މުޖުތަމައުބިނާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުރީދޫ ގްރޫޕުން ކުރަމުން އަންނަ މަސައްކަތުގައި ވަރަށް ހާއްސަ ޖާގައެއް އޮތް ގައުމެއްގެ ގޮތުގައެވެ.

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ މި އިމާރާތަކީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ހިމެނޭ ގޮތަށް އިމާރަތް ކޮށްފައިވާ އިމާރާތެއް ކަމަށް އުރީދޫއިން ބުންޏެވެ.

މި އިމާރާރުގައި: މުވައްޒަފުންނަށް އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއިއެކު ކުރިއެރުމަށް މަގުފަހިވާ ފަދަ ހިތްފަސޭހަ އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމުކުރެވިފައިވާނެއެވެ. އަދި ހައި ޕާފޯމަންސް އޮފީސް ސްޕޭސް، މުނިފޫހިފިލުވުމަށް ހާއްސަ އޭރިއާ، ކުއަޓް ރޫމްސް، ޓައުން ހޯލް އޭރިއާ، ކެފޭ، މީޓިން ރޫމް، ޕާކިން އޭރިއާގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ސަރަހައްދަކާއި ޖިމް ފެސިލިޓީ ފަދަ ޒަމާނީ ވަސީލަތްތައް މި އިމާރާތުގައި ހިމެނޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި އިމާރާތުގައި ތިމާވެށި ދެމެހެއްޓެނިވި ސިފަތަކެއް ހިމެނުމުގެ ގޮތުން އިރުގެ ހޫނުން ސަލާމަތްވުމުގެ އިތުރުން ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރުމަށް އިމާރާތުގެ ބޭރުގައި ލެމިނޭޓެޑް ޓެމްޕާޑް ބިއްލޫރިބޭނުން ކުރެވިފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މި އިމާރާތުގައި ތާޒާ ވައިގެ ސަޕްލައި ސިސްޓަމަކާއި ލައިޓިން މެނޭޖްމަންޓް ސިސްޓަމާއި ސޯލާ ޕެނަލްގެ އިތުރުން ފެން ހަރަދު ސަލާމަތް ކުރުމަށް ވާރޭ ފެން ރައްކާކުރެވޭނެ ނިޒާމެއް ވެސް ހިމެނޭނެއެވެ.

އަދި މި އިމާރާތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ކަށަވަރުކުރުމަށް ފަޔާ ރޭޓެޑް ދޮރުތަކާއި ފަޔާ ރޭޓެޑް ބިއްލޫރި އަދި އޮޓޮމެޓިކް ފަޔާ ސޭފްޓީ ސިސްޓަމްއެއް ގާއިމުކޮށްފައިވާނެކަމަށް އުރީދޫއިން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.