ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖާއި ލާމު އަތޮޅު ކައުންސިލްގެ ރައީސް އިސްމާއީލް އަލީ މިރޭ ވަނީ އިދިކޮޅު މައި ޕާޓީ ޕީޕީއެމާއި ގުޅިވަޑައިގެންފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް އިދިކޮޅު މައި ޕާޓީ ޕީޕީއެމާއި ގުޅިވަޑައިގެންފި އެވެ.
މޫސާ ސިރާޖު ޕީޕީއެމާއި ގުޅިވަޑައިގަތީ މިރޭ ލާމުގައި އޮތް ޑރ. މުއިއްޒުގެ ކެމްޕެއިން ޖަލްސާ ގައެވެ. އޭނާގެ މެންބާޝިޕް ފޯމާއި ހަވާލުވެވަޑައިގެންނެވީ މުއިއްޒުގެ އިތުރުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
މެންބަރު ސިރާޖުގެ އިތުރުން ލާމު އަތޮޅު ކައުންސިލްގެ ރައީސް އިސްމާއީލް އަލީ ވެސް މިރޭ ވަނީ ޕީޕީއެމަށް ސޮއި ކުރައްވާފައެވެ.
މޫސާ ސިރާޖު މަޖިލީހަށް އިންތިހާބު ވީ އެމްޑީޕީގެ ޓިކެޓްގައެވެ. އެމްޑީޕީ ދެބައިވުމުން އޭނާ އެންމެ ފުރަތަަމަ ހުންނެވީ ރައީސް ނަޝީދާ އެކު އެވެ. ނަމަވެސް ރިޔާސީ ޕްރައިމަރީއަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް ނަޝީދު ދޫކުރައްވާ ރައީސް ސޯލިހްގެ ފަޅިއަށް ވަޑައިގަތެވެ.
އެމްޑީޕީން ވަކިވެވަޑަައިގެންނެވީ އޮގަސްޓް 21 ގައެވެ. އެ ދުވަހު އޭނާ ވަނީ މުއިއްޒު އެންޑޯޒް ކުރައްވާފައެވެ.
ލާމުގެ ބޮޑު މެޖޯރިޓީއެއް މިހާރު އޮތީ ޕީޕީއެމަށެވެ.
ތެޔޯ ފަހުބުރަ މަ އެސޮރަށް ވޯޓްލާން. ދެން ހަރާން.
މި މަސް ދުވަނީ ފެން އޮންނަ ދިމާއަށް، އިތުބާރާ މެދު ޔަގީން ކަމެއް ނެތް. އެހެންނަމަހީވެސް ސޮޔެއް އިތުރުވެއްޖެތާ ދޯ ޕީޕީއެމް އަށް