ބޮޑު އެސްޓްރޮއިޑް ބެންނޫގެ ސާމްޕަލް ދުނިޔެއަށް ގެނެސްފި

ސައިންސްވެރިން ބުނާ ގޮތުގައި މި އޮޕަރޭޝަން އެއީ މާ ބޮޑު ކަމެއްގެ ގޮތުގައި ނުފެނި ދާނެ އެވެ. އަދި ބައެއް ސައިންސްވެރިން ސިފަ ކޮށްފައިވާ ގޮތަށް ޖައްވުން ގެނައި ހިލައިގެ ކާގޯއަކީ ހެޔޮވަރު ހެމްސްޓާއެއްގެ ބަރުދަނެވެ.

ދުނިޔޭގެ ބިމަށް ގެނައި ބެންނޫ ހިލަގަނޑުގެ ސާމްޕަލް ކާގޯ ލާފައިވާ ކެޕްސޫލް

އިރުގެ ނިޒާމް / ސޯލާ ސިސްޓަމްގައި ދަންނަ އެންމެ ނުރައްކާތެރި ހިލަގަނޑު، ބެންނޫ އެސްޓްރޮއިޑްގެ ސާމްޕަލް ނަގައި އޭގެ ހިލަނގަނޑުތަކެއް ދުނިޔޭގެ ބިމަށް ގެނެސްފި އެވެ. މި މަސައްކަތް ކުރީ އެމެރިކާގެ ޖައްވީ އިދާރާ ނާސާއިންނެވެ. ހިލަގަނޑު ހިފައިގެން ދުނިޔެއަށް އައި ނާސާގެ ކެޕްސޫލް ތިރި ކޮށްފައި ވަނީ އެމެރިކާގެ ޔޫޓާ ސްޓޭޓްގެ ހުޅަނގު ބިމަށެވެ. 

ނާސާއިން މި ސާމްޕަލްތައް ބެންނޫ އެސްޓްރޮއިޑް އިން ނަގާފައި ވަނީ 2020 ވަނަ އަހަރު އޮސިރިސް-ރެކްސް ޖައްވީ އުޅަނދު އެސްޓްރޮއިޑް ބެނޫގެ ސާފޭސްގެ ތެރެއަށް ކައިރިކޮށްގެނެވެ.

މި އެސްޓްރޮއިޑަކީ ނުވަތަ "101955 ބެންނޫ" ގެ ނަން ދީފައިވާ ބެންނޫ ހިލަގަނޑަކީ ދުނިޔެއާ ކައިރިއަށް ޖެހެމުންދާ ބިޔަ އެސްޓްރޮއިޑެކެވެ. މި އެސްޓްރޮއިޑް އަކީ ފަލަކީ އިލްމުވެރިންނާއި ޖައްވީ އިދާރާތަކަށް ހާއްސަކޮށް ނާސާއަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ލިބިފައިވާ އެސްޓްރޮއިޑެކެވެ.

ބެންނޫ ހޯދީ ސެޕްޓެމްބަރު 11، 1999 ގަ އެވެ. ހޯދާފައި ވަނީ ބިމުގައި ހުންނަ ޓެލެސްކޯޕް ބޭނުންކޮށްގެން ދުނިޔެ ކައިރީގައި ހުންނަ ތަކެތި ހޯދައި ޓްރެކް ކުރުމަށް ބޭނުންކުރާ ލައިނާ / ލިންކަން ނީއާރ-އާރތް އެސްޓްރޮއިޑް ރިސާޗް ޕްރޮޖެކްޓުގެ ތެރެއިންނެވެ. 

އޮސިރިސް-ރެކްސް ޖައްވީ އުޅަނދު ބެންނޫ ހިލަގަނޑުގެ ސާފޭސްގައި އޮންނާނެ ގޮތް ދައްކުވައިދޭ ނާސާގެ އާޓްވޯކެއް

މި ބިޔަ ހިލަ، ބެންނޫ ދުނިޔެއާ ގާތަށް ޖެހުމުގެ ގާބިލްކަން ހުރުމުން އެ ގިންތި ކުރެވިފައިވަނީ ޕޮޓެންޝަލް ހެޒަޑަސް އެސްޓްރޮއިޑް (ޕީއެޗްއޭ) އެއްގެ ގޮތުގަ އެވެ. މިއީ ގާތްގަނޑަކަށް 492 މީޓަރު (1،614 ފޫޓު) ގެ ދިގު މިނުގެ ބޮޑެތި އެސްޓްރޮއިޑްތަކަށްވުރެ ވެސް ބޮޑު އެސްޓްރޮއިޑް އެވެ. ބެންނޫގެ ބޮޑު މިން އެމްޕަޔާ ސްޓޭޓް ބިލްޑިން އާއި އައިފެލް ޓަވަރަށް ވުރެ ބޮޑެވެ.

ނާސާ ބޭނުން ވަނީ ބޭނުން މި އެސްޓްރޮއިޑާ ބެހޭ ގޮތުން އިތުރަށް ދެނެގަނެ ދަސް ކުރުމުގެ ދިރާސާތައް ކުރާށެވެ. އެއީ ކުރިއަށް އޮތް 300 އަހަރުގެ ތެރޭގައި އެ ހިލަގަނޑު ދުނިޔޭގައި ޖެހުމުގެ ފުރުސަތެއް އޮތުމުންނެވެ. އަދި އެއަށްވުރެ ބޮޑަށް މި ސާމްޕަލްތަކުން މީގެ 4.6 ބިލިއަން އަހަރު ކުރިން ސޯލާ ސިސްޓަމް އުފެދުނު ގޮތާއި، ފަހަރެއްގައި އިންސާނުން ދުނިޔޭގައި ދިރިއުޅެން ފެށުނު ގޮތުގެ އާ ވިސްނުންތަކެއްގެ އާ ނަޒަރިއްޔާއެއް ލިބިގެން ހިނގައިދާނެ ކަމަށް ވެސް ބަލައިގެނެވެ.

ނާސާގެ ޖައްވީ ކެޕްސޫލް ތިރި ކުރު ބިމަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސަށް ނިސްބަތްވާ ބިންތަކުން ބިމެކެވެ. ކެޕްސޫލް ތިރި ކޮށްފައި ވަނީ ޝެޑިއުލް އަށް ވުރެ ތިން މިނެޓް އަވަހަށެވެ.

ހިލައިގެ ކޮންޓައިނާ ލެބޯޓަރީއަށް ގެންދަން ހެލިކޮޕްޓަރުގައި އުފުލަނީ

ގާތްގަނޑަކަށް ކާރެއްގެ ޓަޔަރު ސައިޒުގެ ހިލަ ކޮންޓެއިނަރު އެމެރިކާގެ ހުޅަނގު ފަރާތުގެ ޖައްވުގެ ތެރެއިން އަޑުފައްގަނޑާއެކު ތިރިވަމުން ދިޔައީ 12 ކިލޯމީޓަރަށް ވުރެ ބާރު ސްޕީޑެއްގަ އެވެ. ނަމަވެސް އޭގައިވާ ހީޓްޝީލްޑަކާއި ހާއްސަ ޕެރަޝޫޓެއްގެ ސަބަބުން ބިމާ ހަމައަށް ފައިބައިގެން ދިއުމުގެ ދުވެލި މަޑުކޮށްފައި ވެއެވެ.

"މި ކުޑަކުޑަ ކެޕްސޫލަށް އެއަށް އޮތް އެސައިމެންޓް ވިސްނިފައި ވޭ! ބިމުގައި އޭތި ބީހިލީ ދޫނި ފަތެއް ބީހިލާ ފަދައިން އެހާ ވެސް ލުއި ފަސޭހަ ކަމާއެކު،" އެއަރޮސްޕޭސް އާލާތްތައް އުފައްދައިދޭ ކުންފުނި، ލޮކްހީޑް މާޓިންގެ ޗީފް އިންޖިނިއަރު ޓިމް ޕްރިސާ ވިދާޅުވި އެވެ.

ކެޕްސޫލް "ވައްޓާލި" ތަނުން ނެގުމަށް ހިންގި އޮޕަރޭޝަނާ ބެހޭ ގޮތުން ބީބީސީގެ ނިއުސް ސައިންސްގެ ނޫސްވެރިން ސުވާލު ކުރުމުން، ހެލިކޮޕްޓަރުތަކުގައި ދިޔަ ރިކަވަރީ ވޯކަރުން ބުނީ "ބަރާބަރު" ކަމަށެވެ.

"ޕެރަޝޫޓް ހުޅުވި މަޑުމަޑުން ލޭންޑިން އަކަށް ދާ އަޑު އިވުމުން، ހެލިކޮޕްޓަރުގައި ތުއްތު ކުއްޖެއް ފަދައިން އަހަންނަށް ރޮއިގަނެވުނު" އޮސިރިސް-ރެކްސްގެ ޕްރިންސިޕަލް އިންވެސްޓިގޭޓަރު ޑާންޓޭ ލޮރެޓާ ވިދާޅުވި އެވެ. "އެއީ އަހަންނަށް ކުރިމަތިވި ހަމައެކަނި އުނދަގޫ ވަގުތުކޮޅަކީ... މިއީ ހައިރާން ކުރުވަނިވި ކާމިޔާބީއެއް!"

ސައިންސްވެރިން ކެތް މަދުވެފައި ތިބީ ގާތްގަނޑަކަށް 250 ގްރާމްގެ ސާމްޕާލް ހިލަ ހިމެނޭ "އަގުހުރި ކާގޯ" ލިބޭނެ ވަގުތަށެވެ.

ކާގޯ ކޮންޓެއިނާ ލެބޯޓަރީގައި ރޫޅާލަނީ

ރިކަވަރީ ޓީމުތަކުން ބިންމަތީގައި އޮތް ކެޕްސޫލް ވަރަށް އަވަހަށް ނަގައި އެ ގެންދިޔައީ ޑަގްވޭ ސިފައިންގެ މަރުކަޒުގައިވާ ސާފު ލެބޯޓަރީ ކޮޓަރިއަކަށެވެ. އެކަން ކުރީ ހަތަރު ގަޑިއިރުންނެވެ. އެކަން އެގޮތަށް ކުރި އެއް ބޭނުމަކީ ހިލައިގެ ބާވަތުން ތަޣައްޔަރުވުމެއް އަޔަ ނުދިނުމަކީ މިޝަންގައި އޮތް ހަރުކަށި ޝަރުތަކަށް ވާތީ އެވެ.

"އަޅުގަނޑުމެންނަށް ސާމްޕަލް ރައްކާތެރި ކުރެވޭނެ އެންމެ ރަނގަޅު ގޮތަކީ ވީހާވެސް އަވަހަކަށް ހެންގަރެއްގައި ގާއިމް ކޮށްފައިވާ ސާފު ލެބަށް ގެންގޮސް ނައިޓްރޯޖަން ގޭސް ޕާޖްގެ ތެރެއަށް ގެންދިއުން. އޭރަށް ރައްކާތެރި ކުރެވޭ" އޮސިރިސް-ރެކްސްގެ ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖަރު މައިކް މޮރޯ ވިދާޅުވި އެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މި އޮޕަރޭޝަން އެއީ މާ ބޮޑު ކަމެއްގެ ގޮތުގައި ނުފެނި ދާނެ އެވެ. އަދި ބައެއް ސައިންސްވެރިން ސިފަ ކޮށްފައިވާ ގޮތަށް ޖައްވުން ގެނައި ހިލައިގެ ކާގޯއަކީ ހެޔޮވަރު ހެމްސްޓާއެއްގެ ބަރުދަނެވެ. އެކަމަކު އެއިން ނާސާގެ ޓީމުތަކުން ކުރަން ބޭނުންވާ ޓެސްޓްތަކުގެ ބާވަތްތަކަށް ބަލާއިރު، އެއީ ފުދޭ ވަރަކަށް ވުރެ ގިނަ ޓެސްޓްތަކެކެވެ. އަދި ނުހަނު ބޮޑު ކަމެކެވެ.

"އަޅުގަނޑުމެންނަށް ވަރަށް މަތީ ރިޒޮލިއުޝަނެއްގައި ވަރަށް ކުދިކުދި ޕާޓިކަލްތައް ތަހުލީލު ކުރެވޭނެ،" ޓެކްސަސްގެ ނާސާގެ ޖޯންސަން ސްޕޭސް ސެންޓަރުގެ ޗީފް ސައިންސްވެރިޔާ އައިލީން ސްޓެންސްބެރީ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެނގޭ 10 މައިކްރޯން ސައިޒުގެ ޕާޓިކަލްއެއް ފޮތިކޮށް އަދި ކޮށައި ކުދިކޮށް ގޮދަނުގެ ވީ ސައިޒްގައި މެޕް ކުރަން. އެހެންވީމާ، 250 ގްރާމަކީ ވަރަށް ބޮޑު މިންވަރެއް ބޮޑު ކަމެއް ވެސްމެ،"

ލެބް ޓީމުން ކެޕްސޫލް ރޫޅާޅާޢީ އޭގެ ހީޓްޝީލްޑާއި ފަހަތު ކަވަރު ނަގައި ކެނިސްޓަރެއްގެ ތެރޭގައި ސާމްޕަލް ރައްކާތެރިކޮށް ޖޯންސަންގައި ހުންނަ ހާއްސަ ފެސިލިޓީއަކަށް ގެންދާނެ އެވެ. އަދި އެތަނުގައި ސާމްޕަލްތަކުގެ ތަހުލީލުތައް ފަށާނެ އެވެ.
ފުރަތަމަ އިނގިރޭސިވިލާތުގެ ސައިންސްވެރިޔާ އޭޝްލީ ކިންގް ހިމެނޭ ގޮތުން ހަ މީހުންގެ ޓީމުން ފުރަތަމަ އެސެސްމަންޓް ކުރިއަށް ގެންދާނެ އެވެ.

"އަހަރެން އުންމީދު ކުރަނީ ހިލައިގެ ވަރަށް މަޑު، ވަރަށް ނާޒުކު މެޓީރިއަލްއެއް ފެންނާނެ ކަމަށް،" ނެޗުރަލް ހީސްޓްރީ މިއުޒިއަމްގެ ތަޖުރިބާކާރަކު ބުންޏެވެ.

ނަސާއިން ރާވާފައި ވަނީ 11 އޮކްޓޯބަރުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ދިރާސާގެ ފުރަތަމަ ބައިން ލިބުނު އެއްޗެއް ކިޔައިދޭށެވެ. އަދި ސާމްޕަލްތައް ދުނިޔޭގައި ހުރި އެސޯސިއޭޓް ރިސާޗް ޓީމުތަކަށް ދީ ދެ އަހަރު ދުވަހުގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ދިރާސާތަކެއް ރިޕޯޓެއް ނެރޭށެވެ. 

ކޮމެންޓް

1
450
އަހުމަދު އާލީ
11 months ago

އާދަން އަހުމަތު ފުޅަކީ ނުޖޫމީ އިލްމުވެރިއެއް ދޯ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.