ގަމުން ފުރަތަމަ ދޫކުރަން ނިންމީ 2،000 އަކަފޫޓުގެ ގޯތިތަކެވެ. ނަމަވެސް ކައުންސިލުން ފަހުން ވަނީ ގޯތީގެ ސައިޒު 4،000 އަށް ބޮޑުކޮށްފަ އެވެ.
ގޯތި ދިނުން ލަސްވާތީ ލ. މަގުގެ ރައްޔިތުން ނުކުމެ ކައުންސިލް އިދާރާ ކުރިމަތީގައި މުޒާހަރާ ކުރަން ފަށައިފި އެވެ
މުޒާހަރާ ކުރާ ސަރަހައްދުގައި ހުރި އެރަށުގެ ރައްޔިތަކު "މި" ނޫހަށް ބުނި ގޮތުގައި ރައްޔިތުން މުޒާހަރާއަށް ނުކުތީ ކައުންސިލުން ގޯތިދޭން އިއުލާނުކޮށް ގޯތީގެ ސައިޒު ބޮޑު ކުރި ނަމަވެސް އެ ގޯތިތައް ހަވާލު ކުރުން ލަސްވާތީ އެވެ.
"މުޒާހަރާގައި އެބައުޅޭ ހުރިހާ މީހުން ވެސް. ރައްޔިތުންގެ ޝަކުވާއަކީ ގޯތިތައް ހަވާލު ކުރުން ލަސްވުން،" މުޒާހަރާއަށް ނުކުތް މީހަކު ނަން ނުޖެހުމަށް އެދި ބުންޏެވެ.
މުޒާހަރާއަށް ނުކުތް މީހުންނާ މުހާތަބުކޮށް ކައުންސިލްގެ ރައީސް އަހުމަދު ޒަކީ މިއަދު ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ފާސް ނުކޮށް ގޯތި ދޭން ހުށަހެޅީ އެކަން ކުރެވޭ ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ. އޭގެ ފަހުން ހުއްދައަށް މި މަހުގެ ތިންވަނަ ދުވަހު ހުށަހެޅި ނަމަވެސް އެއްވެސް ޖަވާބެއް އަދި ނުލިބޭ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ގަމުން ދޫކުރަން އިއުލާނުކުރި ގޯތިތައް ދިނުން ލަސްވެފައިވަނީ ކުރިން 2،000 އަކަފޫޓުގެ މަގުން ދޫކުރި ގޯތިތަކުގެ ސައިޒު ކައުންސިލުން ރިޔާސީ އިންތިހާބުގެ ކެމްޕޭނާ ދިމާކޮށް 4،000 އަކަފޫޓަށް ބޮޑު ކުރުމުން ޖެހުނު ގާނޫނީ މައްސަލަ ތަކެއްގެ ސަބަބުނެވެ.
މިކަން އެ ކައުންސިލުން ކޮށްފައިވާ ގޮތުގެ ސަބަބުން ގޯތިތައް ހަވާލު ކުރަން ވަނީ ހުރަސްތަކާ ކުރިމަތިވެފަ އެވެ.
ކުރޫން ދިން ގޯތިތެއް އަތުނުލުއްވާ ކިތެއްމެހާވިސް ރަނގަޅަ
ދެންނާ ދެން ދޭންވެއްޖެއްނޮން. މިއޮތޫ އަތަށްގޮވާފަ.