ނައިޖަރުގައި ތިބި ފްރާންސްގެ ޑިޕޮލްމޭޓުންނާއި ސަފީރު ގެންދަނީ

ނައިޖަރަކީ އެފްރިކާ ބައްރުގައި ނައިޖީރިއާ އާއި ޗާޑް އާއި މާލީ އާއި ލީބިޔާ އަދި ބުރުކިނާފޯސޯގެ އަވައްޓެރިޔާ އެވެ. ވަރަށް ފަގީރު ގައުމެކެވެ.

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން

އެފްރިކާގެ ނައިޖަރުގައި ހުންނެވި ފްރާންސްގެ ސަފީރާއި ޑިޕްލޮމެޓިކް އެހެން މުވައްޒަފުންނާއި އެ ގައުމުގައި ތިބި ފްރާންސްގެ ސިފައިން ވެސް ނައިޖަރުން ބާލާނެ ކަމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅު ވެއްޖެ އެވެ.

މެކްރޮން ވިދާޅުވީ ލަސް ނުކޮށް ސަފީރު އަނބުރާ ގެންދަވާނެ ކަމަށެވެ. އަދި ބަހާލައިގެން ފްރާންސްގެ ސިފައިން ވެސް ނައިޖަރުން ބާލާނެ ކަމަށެވެ. މީގެ އިތުރުން މި އަހަރު ނިމުމުގެ ކުރިން ޑިޕޮލޮމެޓިކް ހުރިހާ މުވައްޒަފުން ނައިޖަރުން ނެރޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ފްރާންސްގެ ސަފީރު އަނބުރާ ގެންދަން ވަނީ ނިންމާފައި. ކުރިއަށް އޮތް ގަޑިތަކުގައި އަޅުގަނޑުމެންގެ ސަފީރާއި ބައެއް ޑިޕްލޮމެޓުން އެނބުރި ފްރާންސަށް ވަޑައިގަންނަވާނެ،" މެކްރޮން ވިދާޅުވި އެވެ. އަދި ވިދާޅުވީ އަސްކަރީ އެއްބާރުލުން ވެސް ނިމިފައިވާ ކަމަށާއި އެގައުމުގައި ތިބި 1،500 ފްރާންސް ސިފައިން ވެސް މި އަހަރު ނިމޭއިރު ފައިބާ ނިމޭނެ ކަމަށެވެ.

ނައިޖަރުގެ އާންމު މުޒާހަރާތަކުގައި ވެރިރަށް ނިޔާމީގައި އެތައް ހާސް ބަޔަކު މުޒާހަރާ ކޮށްފައިވާއިރު، އޭގެ ތެރޭގައި ފްރާންސްގެ ސިފައިން ތިބި އަސްކަރީ މަރުކަޒެއްގެ ބޭރުގައި ވެސް ވަނީ މުޒާހަރާތައް ކޮށްފައި ވެއެވެ. ނައިޖަރަށް ގެނައި ބަޣާވާތަށް ފަހު އުފެއްދި ސަރުކާރު ބަލައިގަތުމަށް މެކްރޮން ދެކޮޅު ހައްދަވަ އެވެ. އެހެން ވެގެން ނައިޖަރުގެ ބާޣީ ވެރިން ވަނީ ފްރާންސްގެ ސިފައިން ފައިބައިގެން ދާން އެދިފަ އެވެ. 

ނައިޖަރުގެ ރައީސް މުހައްމަދު ބަޒޫމްގެ ވެރިކަން ބަޣާވާތަކުން ވައްޓާލީ މިދިއަ ޖުލައި މަހުގެ 26 ގަ އެވެ. އެ ގައުމުގައި މިހާރު ވެރިކަމެއް ކުރަނީ ކައުންސިލަކުންނެވެ. އެއީ ނެޝަނަލް ކައުންސިލް ފޯ ދަ ސޭފްގާޑިން އޮފް ދަ ކަންޓްރީ އެވެ. އެއަކީ ރިޔާސީ ގާޑުންނާއި އަސްކަރިއްޔާ ގުޅިގެން އުފައްދާފާއި އޮތް ވެރިކަމެކެވެ. ނައިޖަރުގައި އުފެއްދި ވެރި ކަމުގެ ވެރިއަކީ ޖެނެރަލް އަބްދުއްރަހްމާން ތަޝްޔާނީ އެވެ. އޭނާއަކީ ކުރީން ރިޔާސީ ގާޑުންގެ ވެރިޔާ އެވެ.

ޖެނެރަލް އަބްދުއްރަހްމާން ތަޝްޔާނީ ވެރިކަން ދުނިޔޭގެ އެއްވެސް ގައުމަކުން ބަލައިގެންފައެއް ނުވެ އެވެ. އެކަމަކު ނައިޖަރަށް ގެނައި ބަޣާވާތަށާއި ބާޣީ ލީޑަރުންނަށް ގިނަ އާންމުން ތާއީދުކުރެ އެވެ.

ނައިޖަރަކީ އެފްރިކާ ބައްރުގައި ނައިޖީރިއާ އާއި ޗާޑް އާއި މާލީ އާއި ލީބިޔާ އަދި ބުރުކިނާފޯސޯގެ އަވައްޓެރިޔާ އެވެ. ވަރަށް ފަގީރު ގައުމެކެވެ. ނައިޖަރުގެ އާބާދީއަކީ 25 މިލިއަނުގެ  80 ޕަސެންޓަކީ މުސްލިމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.