މި ގޮތަށް އަތޮޅު ކޯޑިނޭޓަރުން ނިންމި އިރު ޑިމޮކްރެޓްސްގެ އާންމު ރޫހު ކުރިން ވެސް އޮތީ އިދިކޮޅު ކެންޑިޑޭޓަށް ތައީދު ދޭށެވެ.
ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްގެ އަތޮޅު ކޯޑިނޭޓަރުން އިިދިކޮޅު ރިޔާސި ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޓީމާ ގުޅި ކެމްޕޭން މަސައްކަތް ފަށައިފި އެވެ.
ރިޔާސީ އިންތިހާބުގައި ތިން ވަނަ ހޯދި ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލުން ނިންމާފައި ވަނީ ދެވަނަ ބުރުގައި އެއްވެސް ކޮޅަކަށް ނާރާށެވެ. އެއީ އެ ޕާޓީން ދެ ކެންޑިޑޭޓުންގެ ޕާޓީއަށް ހުށަހެޅި ޝަރުތުތަކަށް އެއްބަސްވެވޭ ގޮތް ނުވެގެނެވެ.
ނަމަވެސް އަތޮޅުތަކުގައި ތިބި ޑިމޮކްރެޓްސްގެ އަތޮޅު ކޯޑިނޭޓަރުން ވަނީ އެ މީހުންގެ ތާއީދު މުއިއްޒަށް ދީފަ އެވެ.
އެގޮތަށް ނިންމީ ޑިމޮކްރެޓްސްގެ އަތޮޅުތަކުގެ ކޯޑިނޭޓަރުން މުއިއްޒުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފާ ބައްދަލު ކުރެއްވުމަށް ފަހު އެވެ.
މި ގޮތަށް އަތޮޅު ކޯޑިނޭޓަރުން ނިންމި އިރު ޑިމޮކްރެޓްސްގެ އާންމު ރޫހު ކުރިން ވެސް އޮތީ އިދިކޮޅު ކެންޑިޑޭޓަށް ތައީދު ދޭށެވެ.