އެމާ ވަޓްސަން ކިޔަވަން އޮކްސްފޯޑަށް

އޮކްސްފޯޑް ޔުނިވާސިޓީގައި އެމާ ކިޔަވަން ފެށުމާ ގުޅިގެން އޭނާއަށް ހާއްސަ ސެކިއުރިޓީ ވެސް މިހާރު ވަނީ އިތުރަށް ވަރުގަދަކޮށް ފުޅާކޮށްފަ އެވެ.

އެމާ ވޮޓްސަން: މިފަހަރު ޑިގްރީއަށް ކިޔަވަނީ ކްރިއޭޓިވް ރައިޓިންގެ ދާއިރާއިން

ހޮލީވުޑްގެ ބަތަލާ އެމާ ވަޓްސަން، މާސްޓާސް ޑިގްރީއަށް އޮކްސްފޯޑް ޔުނިވަސިޓީގައި ކިޔަވަން ފަށައިފި އެވެ.  

އުމުރުން 33 އަހަރުގެ އިނގިރޭސި ބަތަލާއަކީ "ހެރީ ޕޮޓާ" ގެ ފިލްމުތަކުގައި ވިދާލި ތަރިއެކެވެ. 

އޭނާ އޮކްސްފޯޑް ޔުނިވާސިޓީގައި ކިޔަވަނީ ޕާޓް ޓައިމް ގޮތަކަށް ހާއްސަ ފުރުސަތެއްގެ ތެރެއިންނެވެ. އޭނާގެ ކިޔެވުމުގެ ބައެއް ބައިތައް ކުރިއަށް ގެންދާނީ ވެސް އޮންލައިންކޮށެވެ. އޮކްސްފޯޑްގައި އެމާ ކިޔަވައި ޕާޓް ޓައިމް ޑިގްރީއެއް ހަދަނީ ކްރިއޭޓިވް ރައިޓިންގެ ދާއިރާއިންނެވެ. މި ކޯހަކީ އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ކޯހެކެވެ.

މީގެ ކުރީން 2014 ވަނަ އަހަރު ވެސް އޭނާ ވަނީ އިންގްލިޝް ލިޓްރޭޗާ އިން ބެޗްލާސް ޑިގްރީއެއް ހާސިލުކޮށްފަ އެވެ. އެފަހަރު ޑިގްރީއަށް ކިޔަވާފައި ވަނީ ބްރައުން ޔުނިވަސިޓީގަ އެވެ. 

އޮކްސްފޯޑް ޔުނިވާސިޓީގައި އެމާ ކިޔަވަން ފެށުމާ ގުޅިގެން އޭނާއަށް ހާއްސަ ސެކިއުރިޓީ ވެސް މިހާރު ވަނީ އިތުރަށް ވަރުގަދަ ކޮށް ފުޅާކޮށްފަ އެވެ. އެއީ އެމާ އަކީ އެންމެ މަތީ ފެންވަރުގެ ސެލެބްރިޓީއަކަށްވެފައި، ބައެއް ހާލަތުގައި ޔުނިވާސިޓީއަށް ހާޒިރުވާން މަޖުބޫރުވާ ފަހަރު ފަހަރު ކޮންމެހެނެ ވެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން މަޖުބޫރު ވާނެތީ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.