"ހުޅަނގާ އެމެރިކާ އުޅެނީ ދޮގުމައްޗަށް ދޮގު ހަދައިގެން"

ރަޝިޔާ ޔުކްރޭނަށް އަރައިގަތުމާ ދެކޮޅަށް ޔޫކްރޭނާއި ހުޅަނގުގެ އެކުވެރިން ވެރިރަށް ކިއެވްއަށް ތާއީދު ހޯދައި ދޭން ވަރަށް މަސައްކަތް ކުރެ އެވެ. އެއީ ޔުކްރޭނުގެ ބޭނުމަށްވުރެ ބޮޑަށް އަމިއްލަ މަސްލަހަތު އޮވެގެނެވެ.

ރަޝިޔާގެ ހާރިޖީ ވަޒީރު ލަވަރޯފް: ހުޅަނގާއި އެމެރިކާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި

ހުޅަނގާއި އެމެރިކާ އަކީ ދޮގު މައްޗަށް ދޮގު ހަދައި ބޮޑު އެމްޕަޔާއެއް ކަމަށް ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޯވް ސިފަ ކުރައްވައިފި އެވެ. 

ހުޅަނގު / އެމެރިކާ ހިމެނޭ ގޮތަށް އެއީ "ދޮގުތަކުގެ އެމްޕަޔާ" އެއް ކަމަށް ވިދާޅުވެ، ވާހަކަފުޅު ދައްކަވަމުން ލަވަރޯފް ވިދާޅުވީ ހަނގުރާމައިގައި ޔޫކްރޭނަށް ތާއީދު ހޯދައި ދޭން އެމެރިކާ އާއި ހުޅަނގުން ދޮގު މައްޗަށް ދޮގު ހަދައި އެފަދަ ރަސްކަމެއް އުފައްދާފައިވާ ކަމަށެވެ. އަދި އެކަން ކުރުމަށް އެ ފަރާތްތަކުން ނިއޯ ކޮލޮނިއަލް ވިސްނުން ގެންގުޅެ އެން ރަނގަޅަށް ފަތުރާފައިވާ ކަމަށެވެ. 

ނިއޯކޮލޮނިއަލިޒަމަކީ ބާރު ގަދަ އަދި ތަރައްގީ ވެފައިވާ ގައުމުތަކުން އަދި އިސްތިއުމާރީ / އިމްޕިރިއަލް ބާރުތަކުން ބައެއް ގައުމުތަކުގެ މައްޗަށް ފޯރުވާ އިގްތިސޯދާއި ސިޔާސީ، އަދި ސަގާފީ ނުފޫޒާއެކު ކޮންޓްރޯލް ނެގުމެވެ. ނިއޯ އިސްތިއުމާރުގައި ގިނަ ފަހަރަށް ހިމެނެނީ އިގްތިސޯދީ ގޮތުން ގެއްލުން ދިނުމެވެ. 

އޭގެ ސަބަބުން އިގްތިސޯދީ ގޮތުން ބަރޯސާ ވާން ޖެހެ އެވެ. ނިއޯ އިސްތިއުމާރު ފާޅުވުމުން ގައުމުތަކުގެ ދާހިލީ ސިޔާސަތަކަށް ބާރުގަދަ ގައުމުތަކުން ތަދައްހުލުވެ ނުފޫޒު ފޯރުވަ އެވެ. އޭގެ ސަބަބުން ވެރިކަމާއި، ސިޔާސަތުތަކާއި، ނިންމުންތައް ނިންމުމުގެ ޕްރޮސެސްތަކަށް އަސަރު ފޯރަ އެވެ. 

ރަޝިޔާ ޔުކްރޭނަށް އަރައިގަތުމާ ދެކޮޅަށް ޔޫކްރޭނާއި ހުޅަނގުގެ އެކުވެރިން ވެރިރަށް ކިއެވްއަށް ތާއީދު ހޯދައި ދޭން ވަރަށް މަސައްކަތް ކުރެ އެވެ. އެއީ ޔުކްރޭނުގެ ބޭނުމަށްވުރެ ބޮޑަށް އަމިއްލަ މަސްލަހަތު އޮވެގެނެވެ.

ސަރްގޭ ލަވަރޯފް އެމެރިކާގެ ނިއުޔޯކްގައި ހުންނަވާ ވިދާޅުވާ ގޮތުގައި ހުޅަނގުން އުޅެނީ ހެސްކިޔާފައި ދޮގުތައް ހަދައި ދުނިޔެއަށް ވެސް އޮޅުވާލައިގެނެވެ.

"އެމެރިކާ އާއި އެ ގައުމާއެކު އޮތް ދަށުދަރަޖައިގެ ޖަމާއާތުން ދަނީ އެމީހުންގެ އަމާޒުތަކެއް ހާސިލް ކުރުމަށް ކޯޅުންތަކަށް ތެޔޮ ޖަހަމުން،" ލަވްރޯވް ވިދާޅުވި އެވެ.

ފެބްރުއަރީ 2022 ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމުގެ ސަބަބުން ވިޔަފާރިއަށް ބުރޫއެރުމާއި ހަކަތައާއި ދަނޑުވެރިކަމުގެ މުދަލާއި އަގުތައް ވަރަށް ބޮޑަށް އުފުލި މިހާރުވެސް ވަނީ ދަތިތަކުގެ ތެރޭގަ އެވެ. ރަޝިޔާއިން ކާބޯތަކެއްޗާއި ހަކަތަ މާކެޓްތަކުގައި ދިމާވެފައިވާ ދަތިތަކުގެ ޒިންމާ އަޅުވަނީ ހުޅަނގުގެ ގައުމުތަކުގެ ބޮލުގަ އެވެ. އަދި ހުޅަނގުން ބަލިކަށި ގައުމުތަކަށް މަޖުބޫރު ކުރުވައިގެން އެ ހާލަތަށް ގެންގޮސްފައި ވަނީ ކަމަށް ރަޝިއާއިން ދެކެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.