ޓައިވާން ވަށައި ބައްދާލައިގެން ޗައިނާއިން ހިންގާ ޑްރިލްތަކާ ބެހޭ ގޮތުން ޗައިނާއިން އެއްވެސް އެއްޗެއް ނުބުނެ އެވެ. މީޑިއާތަކުން އެގައުމުގެ ޑިފެންސް މިނިސްޓްރީން އެކަމާ ގުޅޭ ގޮތުން އެއްޗެއް ބުނަން އެދުމުން ވެސް ޖަވާބެއް ނުދެ އެވެ.
ފަހަކަށް އައިސް ޓައިވާންގެ ވަށައިގެން ޗައިނާއިން ހިންގާ އަސްކަރީ ހަރަކާތްތައް އެތައް ތަނަކުން އިތުރުވެ އަތުން ދޫވެ ދިއުމާ ގާތުގައި އޮތް ކަމަށާއި އޭގެ ސަބަބުން އެކްސިޑެންޓެއްގައި ނަމަވެސް ކުރިމަތިލުންތަކެއް ހިނގުމުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް ޓައިވާންގެ ޑިފެންސް މިނިސްޓަރު މިއަދު ވިދާޅުވެއްޖެ އެވެ.
ޓައިވާނުން ބުނެފައިވާ ގޮތުގައި ފާއިތުވެ ދިޔަ ދެ ހަފްތާއެއްގާ ދުވަހުގެ ތެރޭގައި ޑަޒަނުން، ޑަޒަނުން ހަނގުރާންމަތީ މަތިންދާ ބޯޓުތަކާއި ހަމަލާ ދެވޭ ޑްރޯންތަކާއި ބޮން އަޅާ މަތިންދާ ބޯޓުތަކާއި އެހެނިހެން ވެސް މަތިންދާބޯޓުތަކުގެ އިތުރުން ހަނގުރާންމަތީ މަނަވަރުތަކާއި ޗައިނާގެ ކެރިއާ ޝަންޑޮންގް ވެސް ޓައިވާން ކައިރިން ތައްޔާރީ ހާލަތުގައި ދަތުރު ކޮށްފައި ވެއެވެ.
ޑިމޮކްރެޓިކް ތަރުތީބެއް އޮންނަ ޓައިވާނަކީ އަމިއްލަ ސަރަހައްދެއްގެ ގޮތުގައި ޗައިނާއިން ދައުވާ ކުރެ އެވެ. އެ ދެމެދު އެމެރިކާ ވަދެ ޓައިވާން މޫނު ޗައިނާއާ ކުރިމަތިލާ ހިސާބަށް ގެންގޮސްފައި ވުމުން ފާއިތުވި އަހަރުތަކުގައި ޓައިވާން ވަށައިން މިފަދަ ގިނަ އޮޕަރޭޝަންތަކާއި އަސްކަރީ ޑްރިލްތައް ޗައިނާއިން ވަނީ ކުރިޔަށް ގެންގޮސްފަ އެވެ. އެފަދަ ދެ އޮޕަރޭޝަނެއްގައި ދެންމެ ދެންމެ ޓައިވާނަށް އަރައިގަންނަ ދަރަޖައަށް ދިޔަ އެވެ.
ޗައިނާގެ ހަރަކާތްތައް ހިނގާ މިންވަރަށް ބަލާއިރު އެކްސިޑެންޓެއް ހިނގައި ފުޅާ ހަމަނުޖެހުންތަކެއް އުފެދިދާނެތޯ ނޫސްވެރިން ސުވާލު ކުރުމުން ޓައިވާންގެ ޑިފެންސް މިނިސްޓަރު ޗިއު ކުއޯ ޗެންގް ވިދާޅުވީ "މިއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް" ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޗައިނާގެ ދެކުނާއި އިރުމަތީ ކޮމާންޑްތަކުގެ މަނަވަރުތައް ޓައިވާންގެ އިރުމަތީ އައްސޭރީން އެކުއެކީގައި ހަރަކާތްތެރިވަމުން ގެންދާ ކަމަށެވެ.
"އެއާކްރާފްޓްތަކާއި ބޯޓު، އަދި ހަތިޔާރު ހިމެނޭ ހަރަކާތްތަކުގެ ނުރައްކާ ބޮޑު، ދެ ފަރާތުން ވެސް ސަމާލުކަން ދޭން ޖެހޭ،" ޗިއު ވިދާޅުވި އެވެ.
ޓައިވާން ވަށައި ބައްދާލައިގެން ޗައިނާއިން ހިންގާ ޑްރިލްތަކާ ބެހޭ ގޮތުން ޗައިނާއިން އެއްވެސް އެއްޗެއް ނުބުނެ އެވެ. މީޑިއާތަކުން އެގައުމުގެ ޑިފެންސް މިނިސްޓްރީން އެކަމާ ގުޅޭ ގޮތުން އެއްޗެއް ބުނަން އެދުމުން ވެސް ޖަވާބެއް ނުދެ އެވެ.
ޗިއު ވިދާޅުވޫ މި ސެޕްޓެމްބަރު 11 ވަނަ ދުވަހު މިހާރުގެ ހަރަކާތްތައް ޓައިވާނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ސަން ލީ ފަންގް ވިދާޅުވީ ޗައިނާގެ އީސްޓަން ތިއޭޓާ ކޮމާންޑް ފޯސްތަކަކީ ހަމަލާދޭ ބާރުތައް ކަމަށާއި ހަނގުރާމައިގެ މަންޒަރެއް ފެންނަ ކަމަށެވެ.