އިޓަލީގެ ކުރީގެ ރައީސް ޖޯޖިއޯ ނަޕޯލިޓާނޯ އަވަހާރަވެއްޖެ

ކޮމިއުނިސްޓެއް ކަމަށްވާ ނަޕޯލިޓާނޯ ސިޔާސީ ހަޔާތް ފެއްޓެވީ 1950 ގެ އަހަރުތަކުގެ ކުރީކޮޅުގަ އެވެ. ދާދި ފަހުން އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބަރުލުސްކޯނީވެސް ވަނީ އަވަހާރަވެފަ އެވެ.

އިޓަލީގެ ކުރީގެ ރައީސް ޖޯޖިއޯ ނަޕޯލިޓާނޯ

އިޓަލީގެ ކުރީގެ ރައީސް ޖޯޖިއޯ ނަޕޯލިޓާނޯ އުމުރުފުޅުން 97 އަހަރުގައި އަވަހާރަ ވެއްޖެ އެވެ. 

ދަރަނީގެ ދަތިކަމުން އަރައިގަތުމަށް 2022 ވަނަ އަހަރު އެހީތެރިވެ ދެއްވި ނަޕޯލިޓާނޯ އަވަހާރަވީ އިއްޔެގެ ވަގުތެއްގައި ކަމަށް އާއިލާގެ ބަޔާނެއްގައި ވެއެވެ.

އެ މަނިކުފާނު އަވަހާރަވުމާއި ގުޅިގެން އިޓަލީގެ ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީ އާއި ވެޓިކަން އާއި އިޓަލީގެ ލީޑަރުންނާއި އެހެން ގައުމުތަކުން ވަނީ ތައުޒިޔާ ކިޔާފަ އެވެ.

އިޓަލީގެ ރައީސްކަމުގެ މަގާމަކީ ރަމްޒީ މަގާމެކެވެ. ނަމަވެސް، 2011 ވަނަ އަހަރުގެ ފަހުކޮޅު ނަޕޯލީޓާނޯ ވަނީ އޭނާގެ ބާރުތައް ބޭނުން ކުރައްވައި ބޮޑުވަޒީރު ސިލްވިއޯ ބާލުސްކޯނީ، ފައިސާގެ މުއާމަލާތް ތަކުގައި ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ނެގި މައްސަލައެއްގައި އިސްތިއުފާ ދެއްވުމާ ގުޅިގެން ސަރުކާރެއް ހިންގަވާފަ އެވެ.

ކޮމިއުނިސްޓެއް ކަމަށްވާ ނަޕޯލިޓާނޯ ސިޔާސީ ހަޔާތް ފެއްޓެވީ 1950 ގެ އަހަރުތަކުގެ ކުރީކޮޅުގަ އެވެ. ދާދި ފަހުން އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބަރުލުސްކޯނީވެސް ވަނީ އަވަހާރަވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.