ރައީސްގެ ކެމްޕެއިން: މުޅި ރާއްޖޭގައި ދޮރުން ދޮރަށް ހިނގުމުގެ ބޮޑު ހަރަކާތެއް މާދަމާ

މުޅި ރާއްޖޭގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް ހިންގަން ނިންމާފައިވަނީ މާދަމާ އެވެ. އެ ހަރަކާތް އޮންނާނީ މާދަމާ ހަވީރު ހަަތަރަކުން ހަޔަކަށެވެ.

ރައީސް ސޯލިހްގެ ރިޔާސީ ކެމްޕެއިން ނިންމާލުމަށް ބޭއްވި ބޮޑު އެއްވުން -- ފައިލް ފޮޓޯ

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު އިތުރު ކުރުމުގެ ގޮތުން ދޮރުން ދޮރަށް ހިނގުމުގެ ބޮޑު ހަރަކާތެއް ބޭއްވުމަށް ނިންމައިފި އެވެ.

މުޅި ރާއްޖޭގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް ހިންގަން ނިންމާފައިވަނީ މާދަމާ އެވެ. އެ ހަރަކާތް އޮންނާނީ މާދަމާ ހަވީރު ހަަތަރަކުން ހަޔަކަށެވެ.

ކެމްޕެއިން ޓީމުން ބުނީ އެމްޑީޕީއާ އަދާލަތު ޕާޓީއާ އެމްޑީއޭގެ އިސް ބޭފުޅުން މި ހަރަކާތުގައި ބައިވެރިވާނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރައީސް ސޯލިހް މިހާރު ގެންދަވަނީ ކޮންމެ ދުވަހަކު ހަވީރު މާލެ ސަރަހައްދުގައި ދޮރުން ދޮރަށް ހިންގަވަމުންނެވެ. މިއަދު ވިލިމާލެ އަށް ވަޑައިގެން އެ ރަށުގައި ދޮރުން ދޮރަށް ހިންގަވާފައިވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.