ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އޭނާ އެންމެ ކަންބޮޑުވީ ރާއްޖޭގެ ސިޔާދަތީ މިނިވަންކަމާ ގުޅޭގޮތުން ކަމަށާ ރައްޔިތުންގެ ގިނަ ބަޔެއްގެ ކަންބޮޑުވުމަކީ ވެސް އެއީ ކަމަށެވެ.
ސިޔާސީ މަސައްކަތުގައި ދެން ކުރިއަށްދާނެ ގޮތެއް މާދަމާ އިއުލާނު ކުރާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ކުރީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މީގެ ދެ ދުވަސް ކުރީން އޭނާ ވަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައެވެ. އެ ދުވަހު ވިދާޅުވީ ދިވެހި ގައުމާ ރައްޔިތުންގެ ސަފުގައި ދެމި ހުންނާނެ ކަމަށެވެ. އަދި މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އޭނާ އެންމެ ކަންބޮޑުވީ ރާއްޖޭގެ ސިޔާދަތީ މިނިވަންކަމާ ގުޅޭގޮތުން ކަމަށާ ރައްޔިތުންގެ ގިނަ ބަޔެއްގެ ކަންބޮޑުވުމަކީ ވެސް އެއީ ކަމަށެވެ.
ކަމުގެ ހަގީގަތް ޓައިމްލައިނާ އެކު ބަލައިފި ކަމަށް ވިދާޅުވެ އޭނާގެ ނިންމުން މާދަމާ ހާމަ ކުރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބި މައްސަލައާ ގުޅުވާ ރައީސް ސޯލިހަށް މި އިންތިހާބުގައި އަލީ ވަހީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އަލީ ވަހީދުގެ ޓްވީޓުން އޭނާ ތާއީދު ކުރައްވާނީ ރައީސް ސޯލިހަށް ކަން ސާފުވާ ކަމަށް ބުނެ ބައެއް މީހުން ވަނީ އިންތިހާބުގައި ދެއްކި ވާހަކަތައް ވެސް "ސްމޯކް ސްކްރީނަ"ށް ވީތޯ ސުވާލު ކޮށްފައެވެ.
ކުރީން ޖުމްހޫރީ ޕާޓީގެ ރައީސްކަން ވެސް ކުރެއްވި އަލީ ވަހީދު ފަހުން ހުންނެވީ ގާސިމްގެ އެޑްވައިޒަރަކަށެވެ. ގާސިމަށް ބޮޑު ނާކާމިޔާބެއް ލިބިވަޑައިގެން ރިޔާސީ އިންތިހާބުގައި އަލީ ވަހީދު ހުންނެވީ އެންމެ އަރިހުގައެވެ. އިންތިހާބުގައި އަލީ ވަހީދު ނިސްބަތްވާ ތޮއްޑޫން ގާސިމަށް ލިބިވަޑައިގަތީ އެންމެ 32 ވޯޓެވެ.
ޖުމްހޫރީ ޕާޓީގެ ރައީސަކަށް ހުންނަވަނިކޮށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގެން އެނބުރި ގައުމަށް ވަޑައިނުގެން ގިނަ ދުވަސްތަކަކު ހުންނެވީ ޓޫރިޒަމް މިނިސްޓަރަކަށް ހުންނަަވައިގެން އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒިފުންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތާއި ގުޅިގެން އެތައް ދައުވާއެއް ކުރެއްވުމާއި ގުޅިގެންނެވެ.
ޓައިމް ލައިން ގެ ވާހަކަ ބުނީމަ އެނގިއްޖެ ނަގާނީ އިބޫ ފަޅިކަން
ޢެއްވެސް ހަގީގަތެއްނޭގޭނެ.އެހެންނަމަ ތީގެ ހަގީގަތް ގާސިމަށް އިނގޭނެ.ގާސިމްގެ ތާއީދު ހޯދަން މިހާރު ވެރިކަމާހެދި މަރުފަލި ޖަހަމުންދާ މީހަކު 48 ގަޑި އިރު އާދޭސް ކުރުމުގަ ހޭދަކުރި.ތިބުނާ ސައްޚަ ޑޮކިޔުމެންޓެއްވެސް ނުދެއްކުނު.ފޭކު ލިޔުން ތަކެއް ދެއްކީ.ކުރިންވެސް އިނގޭ ކަލޭގެ ފައިނަލް ޑެސްޓިނޭޝަން އަކީ މިހާރުގެ ކަރަޕްޓް ދަރަނިވެރި ކަނޑު ވިއްކާ އިންޑިޔާގެ އަޅުވެތިކަމަށް މިގައުމު ގެންދިޔަ ބައިގަނޑު ސޯލިހު ފަޅިކަން.