އަންނަ މަހުގެ 30 ގެ ކުރިން ނިޒާމީ ވޯޓެއް ނަގަން ނިންމާ އެ ގަރާރު އިއްޔެ ފާސް ކޮށްފައި ވަނީ މުޅި މަޖިލީހުގެ ކޮމިޓީގައި ތިއްބެވި 35 މެންބަރުންގެ އިއްތިފާގުންނެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރުމާ މެދު ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓަކަށް ދާން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ގަރާރާއި ގުޅިގެން ކޮމިޝަނުން އަމަލު ކުރާނެ ގޮތުގެ ގާނޫނީ ލަފާ ހޯދުމަށް ފަހު އެފަދަ ވޯޓެއް ނެގުމުގެ ކުރީން، ޖަވާބު ބޭނުންވާ ކަންކަން ސާފު ކުރަން މަޖިލީހުގައި އެދިއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް / ތަރުޖަމާން އިސްމާއީލް ހަބީބު ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ކޮމިޝަނަށް މިއަދު ލިބިފައިވެއެވެ. އަދި މި ގަރާރާ މެދު ކޮމިޝަނުން އަމަލު ކުރާނެ ގޮތުގެ ގާނޫނީ ލަފާ ހޯދުމަށް ފަހު އެފަދަ ވޯޓެއް ނެގުމުގެ ކުރީން ޖަވާބު ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެދިފައި ކަމަށެވެ.
ނަމަވެސް އެކަންކަމަކީ ކޮބައިކަމެއް ތަފްސީލު ކޮށެއް ނުދެއްވައެވެ.
އަންނަ މަހުގެ 30 ގެ ކުރިން ނިޒާމީ ވޯޓެއް ނަގަން ނިންމާ އެ ގަރާރު އިއްޔެ ފާސް ކޮށްފައި ވަނީ މުޅި މަޖިލީހުގެ ކޮމިޓީގައި ތިއްބެވި 35 މެންބަރުންގެ އިއްތިފާގުންނެވެ. އެ ގަރާރުގައި ގޮވައިލައްވާފައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމާ ގުޅޭގޮތުން އަންނަ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓަކަށް ދާށެވެ.
އެހެން ނަމަވެސް ކުރީން އީސީން ބުނެފައިވާ ގޮތުގައި ނިޒާމީ ވޯޓެއް ނަގަން މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތު ބޭނުންވާނެ އެވެ. އަދި އެ އިންތިހާބަށް 40 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
ބޮޑުވަޒީރު ހުވަފެނަލެއް ގިނަކަމުން ނިންޖެނައަދޭ މިހާރަކަ އައިސް