އަދި ބުނީ އެ މައްޗަށް އެ ކޮމިޝަނުން ދެން އަމަލު ކުރާނޭ ގޮތުގެ ގާނޫނީ ލަފާ މިހާރު ހޯދަމުން ގެންދާ ކަމަށެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރުމާ މެދު ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓަކަށް ދާން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ގަރާރު އެ މަޖިލީހުން އިލެކްޝަނަށް މިއަދު ހުށަހަޅައިފި އެވެ.
އެ ކޮމިޝަނުން ބުނީ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން، ރައްޔިތުންގެ ހިޔާލު ހޯދަން އާންމު ވޯޓު ނެގުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރު މިއަދު އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.
އަދި ބުނީ އެ މައްޗަށް އެ ކޮމިޝަނުން ދެން އަމަލު ކުރާނޭ ގޮތުގެ ގާނޫނީ ލަފާ މިހާރު ހޯދަމުން ގެންދާ ކަމަށެވެ.
އަންނަ މަހުގެ 30 ގެ ކުރިން ނިޒާމީ ވޯޓެއް ނަގަން ނިންމާ އެ ގަރާރު އިއްޔެ ފާސް ކޮށްފައި ވަނީ މުޅި މަޖިލީހުގެ ކޮމިޓީގައި ތިއްބެވި 35 މެންބަރުންގެ އިއްތިފާގުންނެވެ.
އެ ގަރާރުގައި ގޮވައިލައްވާފައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމާ ގުޅޭގޮތުން އަންނަ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓަކަށް ދާށެވެ.
އެހެން ނަމަވެސް ކުރީން އީސީން ބުނެފައިވާ ގޮތުގައި ނިޒާމީ ވޯޓެއް ނަގަން މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތު ބޭނުންވާނެ އެވެ. އަދި އެ އިންތިހާބަށް 40 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.