އާރްޓީއެލް ފެރީ ހިދުމަތް ފުރަތަމަ ފެށީ ހދ. އަތޮޅުގަ އެވެ. މިހާރު އެ ހިިދުމަތް ވަނީ ހއ. އަތޮޅުގައި ދެ އެވެ. މިހާރު ވަނީ ފޭސް އެކެއްގައި ހިމެނޭ ހުރިހާ އަތޮޅެއްގައި ހިދުމަތް ފަށާފަ އެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް އުތުރުގެ ށ. އަތޮޅުގައި މިއަދު ފަށައިފި އެވެ. އާރްޓީއެލްގެ ދަތުރުތައް އެ އަތޮޅުގައި ހަތަރު ފެރީ ލޯންޗާއެކު ފެށީ މިއަދު މެންދުރު ފަހު އެވެ. ލޯންތައް އެ އަތޮޅަށް ދިޔައީ އިއްޔެ އެވެ.
މި ހިދުމަތް ށ. އަތޮޅުގައި ފެށުމުން އާރްޓީއެލް ފެރީ ހިދުމަތުގެ ފޭސް އެކެއްގައި ހިމެނޭ ހުރިހާ އަތޮޅެއްގައި ހިދުމަތް ފެށުނީ އެވެ. ފޭސް އެކެއްގެ އަތޮޅުތަކުގައި ޖުމްލަ 17 ފެރީ ލޯންޗު ބޭނުން ކުރަން ހަމަޖައްސާފައި ވެއެވެ.
ފޭސް އެކެއްގެ ހދ. އަދި ހއ. އަތޮޅެކޭ ވެސް އެއްފަދައިން ށ. އަތޮޅުގައި ވެސް އެތެރޭގެ ދަތުރުތަކުގެ އަގު އުޅެނީ ކޮޅަކަށް 35ރ އާއި 100ރ އާ ދެމެދުގަ އެވެ. އަދި އެއް އަތޮޅުން އަނެއް އަތޮޅަށް ކުރާ ދަތުރުތަކުގެ އަގުތައް އުޅެނީ ކޮޅަކަށް 100ރ އާއި 150ރ އާ ދެމެދު އެވެ.
އާރްޓީއެލް ފެރީ ހިދުމަތް ފުރަތަމަ ފެށީ ހދ. އަތޮޅުގަ އެވެ. މިހާރު އެ ހިިދުމަތް ވަނީ ހއ. އަތޮޅުގައި ދެ އެވެ.