ވޯޓާ ސްލައިޑަކުން ވެއްޓި ޒުވާނަކު ނިޔާވެއްޖެ

ނިޔާވެފައިވަނީ އުމުރުން 34 އަހަރުގެ އުމަރު އަބްދުލްހަންނާނެވެ. އުމަރު ވޯޓާ ސްލައިޑުން ވެއްޓުނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ފަރުވާ ދެނިކޮށް ނިޔާވީ މިއަދު އެވެ.

މިއަދު ނިޔާވި ޒުވާނާ

ކުޑަގިރި ޕިކްނިކް އައިލެންޑުގެ ވޯޓާ ސްލައިޑުން ވެއްޓު ޒުވާނަކު މިއަދު ނިޔާވެއްޖެ އެވެ.

ނިޔާވެފައިވަނީ އުމުރުން 34 އަހަރުގެ އުމަރު އަބްދުލްހަންނާނެވެ. އުމަރު ވޯޓާ ސްލައިޑުން ވެއްޓުނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ފަރުވާ ދެނިކޮށް ނިޔާވީ މިއަދު އެވެ. އެ ހާދިސާގައި އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އުމަރުގެ ކަނދުރާ ބިނދި އެތެރެ ހައްޓަށް ގެއްލުންތަކެއް ވެފައިވެއެވެ.

އެފަދަ ހާދިސާއެއް ހިނގިކަން ކުޑަގިރި ހިންގާ އާބަންކޯ އިން ވެސް ވަނީ ޔަގީން ކޮށްދީފައެވެ. އެ ކުންފުނިން ބުނި ގޮތުގައި ކުޑަގިރި ޕިކްނިކް އައިލެންޑުގެ ވޯޓާ ސްލައިޑަކީ ކުޑަކުދީންނަށް ހާއްސަ ކޮށް ހަދާފައިވާ އެއްޗެކެވެ. ބޮޑެތި މީހުން އެ ތަނުގެ ބޭނުން ނުކުރުމަށާއި ގެއްލުމެއް ލިބިދާނެ ފަދަ ކަމެއް ނުކުރުމަށް ވަނީ އެދިފައެވެ.

އެ ހާދިސާއާމެދު ހިތާމަ ކުރާ ކަމަށް ވެސް ކުންފުނިން ބުންޏެވެ.

އުމަރު، ކުޑަގިރި ޕިކްނިކް އައިލެންޑުގެ ވޯޓާ ސްލައިޑުން މޫދަށް ވެއްޓުނީ ބޯކޮޅުވަތަށެވެ. ކަނދުރާ ބިނދުނީ ވެއްޓި ޖެހުނު ގޮތަކުންނެވެ.

އުމަރުގެ ޖަނާޒާ އޮތީ އިޝާ ނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.