ސެންކާކޫ ޖަޒީރާތައް ކައިރިއަށް ދޫކޮށްލި ބޮއި ނަގަން ޓޯކިޔޯއިން ބެއިންޖިންއަށް އަންގައިފި

ޖަޒީރާތަކަކީ 1895 ވަނަ އަހަރުން ފެށިގެން ޖަޕާނުން ކޮންޓްރޯލް ކުރާ އެ ގައުމުގެ ޖަޒީރާތަކެއް ކަމަށް ޓޯކިޔޯއިން ބުނެ އެވެ. ހަމަ އެއާއެކު އަމިއްލަ ޑިމޮކްރެޓިކް އިދާރީ ތަރުތީބެއް އޮންނަ ޓައިވާނުން ވެސް އެ ޖަޒީރާތަކަށް ދައުވާ ކުރެ އެވެ.

ސެންކާކު ޖަޒީރާތަކުގެ ރަށެއގައި ޖާޕަނުގެ ދިދަ ޖަހާފައި: ޖަޒީރާތަކުގެ މިލްކުވެރިކަމުގެ ބަހުސް ބޮޑު

ޖަޕާނުގެ ޑިއައޯޔޫ ޖަޒީރާތައް / ސެންކާކު ޖަޒީރާތަކުގެ ނަމުން މަޝްހޫރުވެފައިވާ އެކަމަކު މައްސަލަ ބޮޑު އެ ޖަޒީތަކުގެ ކައިރީން ކަނޑު ގައި ޗައިނާއިން އެޅި އޮޔާދާ ބޮއެއް ނަގަން ވެރިރަށް ޓޯކިޔޯ އިން ޗައިނާގެ ބެއިޖިންއަށް އަންގައި އިންޒާރެއް ކޮށްފި އެވެ. 

ޓޯކިޔޯއިން ބުނާ ގޮތުގައި ޗައިނާއިން އޮޔާ ދޫކޮށްލި ބޮއި ފެނިފައި ވަނީ އެ ގައުމުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ގެ ތެރެއިން ކަމަށާއި އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.

ޖަޕާނުގެ އޮކިނާވާގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 190 ނޯޓިކަލް މޭލު ދުރުގައި އޮންނަ ޖަޒީރާތަކަކީ 1895 ވަނަ އަހަރުން ފެށިގެން ޖަޕާނުން ކޮންޓްރޯލް ކުރާ އެ ގައުމުގެ ޖަޒީރާތަކެއް ކަމަށް ޓޯކިޔޯއިން ބުނެ އެވެ. ހަމަ އެއާއެކު އަމިއްލަ ޑިމޮކްރެޓިކް އިދާރީ ތަރުތީބެއް އޮންނަ ޓައިވާނުން ވެސް އެ ޖަޒީރާތަކަށް ދައުވާ ކުރެ އެވެ. އަނެއްކޮޅުން ޗައިނާއިން އަބަދު ވެސް ބުނަނީ ޓައިވަނީ އެ ގައުމުގެ ބިމެއް ކަމަށެވެ.

ސެންކަކޫ ޖަޒީރާތަކާ ގުޅޭ މައްސަލަ 1970 އިގެ އަހަރުތަކާ ހަމައަށް އޮތީ މާ ބޮޑު އަޅައިލުމެއް ނެތި އެވެ. ނަމަވެސް އެ ސަރަހައްދުގައި ތެލާއި ގޭސް ޖަމާވެފައިވާ ބޮޑެތި ސްޓޮކް ހުރެދާނެ ކަމަށް ސާވޭތަކުން ދެއްކުމުން މިލްކުވެރިކަމުގެ މައްސަލަ އުފެދުން ބޮޑުވާން ފެށީ އެވެ.

"މިދިއަ ޖުލައި މަހު ވެސް ޖަޕާނުގެ ކޯސްޓްގާޑަށް އެފަދަ ބޮއެއް ފެނުނު އޭގެ ފަހުން އަޅުގަނޑުމެން ވާނީ އެ ކަމާ ނުރުހުން ފާޅު ކޮށްފައި،" ޖާޕާން ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.  

ޖާޕާނުން ބުނާ ގޮތުގައި އެ ގައުމުން ޑިމާންޑް ކޮށްފައި ވާނީ ޗައިނާގެ އެ އަމަލަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ކަމަކަށް ވުމުން "ވަގުތުން ވަގުތަށް އެ ބޮއި ނަގަން" ށެވެ. 

"ޖަޕާނުގެ އީއީޒެޑްގައި ޖަޕާނުގެ ރުހުމާ ނުލައި އެފަދަ ކަނދުފައްޗަށް ވާފަދަ ސްޓްރަކްޗާއެއް ނޭޅޭނެ."

ޗައިނާއިން ވަނީ 2018 ވަނަ އަހަރު ވެސް ޖަޕާނުގެ އީއީޒެޑްގެ ހަމަ އެ ސަރަހައްދަށް އޮޔާދާ ބޮއެއް ވައްޓާލާފަ އެވެ.

ޖަޕާނުގެ ޑިފެންސް މިނިސްޓްރީން ވަނީ ޗައިނާއިން އެ ޖަޒީރާތަކުގެ ވަށައި ހަރަކާތްތެރިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އެ ގޮތުން 2020 ވަނަ އަހަރުގެ އޭޕްރީލް މަހާއި އޮގަސްޓް މަހުގެ ތެރޭގައި ސެންކާކޫ ޖަޒީރާތަކުގެ ވަށައިގެން 111 ދުވަހު ޗައިނާގެ ކޯސްޓްގާޑް އުޅަނދުތައް ދުއްވި ކަމަށް ބުނެ އެވެ.

އަނެއްކޮޅުން ޗައިނާއިން ވަނީ މައްސަލަ ބޮޑު ސައުތު ޗައިނާ ކަނޑުގައި ވެސް އެގައުމުގެ ކޯސްޓްގާޑުގެ ހެލިފެލިވުން އިތުރު ކޮށްފަ އެވެ.

ޖަޕާނާއި ޗައިނާއާ ދެމެދު ދިގު މުއްދަތަކަށް އޮތް ތާރީހީ ދުޝްމަން ކަމަށް އިތުރު ކަމެއް ގެނެސް ދީފައި ވަނީ ހަލާކު ވެފައިވާ ފުކުޝިމާ ނިއުކްލިއާ ޕްލާންޓުގައި ރައްކާކޮށްފައި ހުރި ނިއުކްލިއަ އަސަރު ހުރި ފެން ޕެސިފިކް ކަނޑަށް ބަންޑުން ކޮށްލުމުންނެވެ. އެކަމާ ގުޅިގެން މިދިޔަ މަހުން ފެށިގެން ޗައިނާއިން ވަނީ އެކަމާ ދެކޮޅު ހަދައި ޖަޕާނުގެ އެއްވެސް ބާވަތެއްގެ ކަނޑު މަހާއި ސީފުޑްގެ ހުރިހާ ބާވަތެއް ގަނެއް އެތެރެ ކުރުން މުޅިން މަނާ ކޮށްފަ އެވެ.

މި މައްސަލައިގެ ސަބަބުން ދެ ގައުމުގެ ރުޅިވެރިކަން އިތުރުވަމުން އަންނައިރު، ބެއިޖިންގައި ހުންނަ ޓޯކިޔޯގެ އެމްބަސީގެ ފުރާޅަށް ގާ ބުރިއެއް އެއްލި މައްސަލައެއްގައި ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައި ވެއެވެ.

އަދި ފުކުޝިމާ ސިޓީ ހޯލާއި އެ ސަރަހައްދުގެ ސްކޫލްތަކާއި ޖަޕާނުގެ ވިޔަފާރިތަކަށާއި ސަރުކާރުގެ އޮފީސްތަކަށް ޗައިނާގެ ގައުމީ ކޯޑް 86+ ހިމެނެ ނަމްބަރުތަކުން ޖެއްސުން ކުރުމުގެ އެތައް ހާސް ކޯލެއް ލިބިފައިވާތީ ޓޯކިޔޯއިން ވަނީ ޗައިނާ ސަފީރު ހާޒިރުކޮށް މަޑުމައިތިރިކަމާއި ޒިންމާދާރު ކަމާއެކު އަމަލު ކުރަން ޗައިނާގައި އެދިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.