ގެވެށި އަނިޔާގެ މައްސަލަތަކުގައި ކައުންސިލްތަކަށް ބާރުތަކެއް

ގަވާއިދު ބުނާ ގޮތުގައި ކައުންސިލުތަކުން ގެވެށި އަނިޔާގެ މައްސަލަތަކުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހެނީ ކައުންސިލުގައި އެކަމަށް ހާއްސަކޮށްފައި ތިބޭ މުވައްޒަފުންނެވެ.

ގެވެށި އަނިޔާ ދައްކުވައިދޭ ފޮޓޯއެއް: ގެވެށި އަނިޔާގެ މައްސަލަތަކުގައި ކައުންސިލްތަކާ މަސްއޫލިއްޔަތު ހަވާލުކުރާ ގަވާއިދު ވަނީ ގެޒެޓްކޮށްފައި --

ފުލުހުންގެ މަރުކަޒެއް، ޑެސްކެއް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ސާވިސް ސެންޓަރެއް ނެތް ރަށްތަކުގައި ހިނގާ ގެވެށި އަނިޔާގެ މައްސަލަތަކުގައި ފުރަތަމަ އިޖާބަދޭ އިދާރާގެ ގޮތުގައި އެރަށެއްގެ ކައުންސިލް ހަމަޖެއްސުމާ ބެހޭ ގަވާއިދު އާންމު ކޮށްފި އެވެ.

މިއީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން އާންމު ކޮށްފައިވާ "ކައުންސިލްތަކާ މަސްއޫލިއްޔަތު ހަވާލު ކުރުމުގެ ގަވާއިދު" އެވެ. މި ގަވާއިދުގެ ދަށުން ގެވެށި އަނިޔާ ހުއްޓުވުމަށް ކައުންސިލްތަކަށް ބާރުތަކެއް ދީފައިވެ އެވެ.

ގަވާއިދު ބުނާ ގޮތުގައި، ގެވެށި އަނިޔާގެ މައްސަލައެއް ހިނގައިފިނަމަ އެ ރަށެއްގައި ފުލުހުންނާއި ފެމިލީ އެންޑް ޗައިލްޑް ސާވިސްގެ ބަޔަކު ނެތް ކަމަށްވާނަމަ، ފުލުހުންގެ ފަރާތުން ނުވަތަ ޖެންޑާ މިނިސްޓްރީގެ އިރުޝާދުގެ ދަށުން އެ މައްސަލައަށް އިޖާބަ ދޭން ޖެހޭ ފަރާތަކީ އެރަށެއްގެ ކައުންސިލެވެ.

އެފަދަ ހާލަތެއްގައި ފުލުހުންނާއި މިނިސްޓްރީގެ މުވައްޒަފުންނަށް އެރަށަށް ދެވެން ދެން އަނިޔާ ލިބުނު ފަރާތަށް ރައްކާތެރިކަން ފޯރު ކޮށްދީ، މައްސަލައާ ބެހޭ އިތުރު މައުލޫމާތު ހޯދުން ފަދަ ޒިންމާތައް ކައުންސިލްތަކަށް މި ގަވާއިދުގެ ދަށުން މަތިކޮށްފައިވެ އެވެ.

މި ގަވާއިދު ތަންފީޒުކުރުމުގެ މަގުސަދުތަކުގެ ތެރޭގައި ފަސް ކަމެއް ހިމަނާފައިވެ އެވެ.

  • 1.ކައުންސިލްގެ އިހްތިސޯސް ހިނގާ ސަރަހައްދުތަކުގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު ތަންފީޒު ކުރުމުގެ މަޝްއޫލިއްޔަތު އުފުލަން ކައުންސިލްތަކަށް މަގުފަހިކޮށްދިނުން
  • 2.ގެވެށި އަނިޔާ ހުއްޓުވުމުގެ ގައުމީ ސިޔާސަތު ތަންފީޒުކުރުމުގައި ކައުންސިލްތަކުގެ ބައިވެރިވުން ހޯދޭކަން ކަށަވަރު ކުރުން
  • 3.ކައުންސިލްގެ އިހްތިސޯސް ހިނގާ ސަރަހައްދުތަކުގައި އެފަދަ މައްސަލަތައް ހުއްޓުވާ އެޖެންޓަކީ ކައުންސިލްތައް ކަމުގައި ކަނޑައެޅުން
  • 4.ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު ތަންފީޒު ކުރުމުގައި ކައުންސިލްތަކުގެ މަސްއޫލިއްޔަތު ކަނޑައެޅުން

ގަވާއިދު ބުނާ ގޮތުގައި ކައުންސިލުތަކުން ގެވެށި އަނިޔާގެ މައްސަލަތަކުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހެނީ ކައުންސިލުގައި އެކަމަށް ހާއްސަކޮށްފައި ތިބޭ މުވައްޒަފުންނެވެ. އެކަމަށް ކައުންސިލްގެ އެކެއް ނުވަތަ ދެ މުވައްޒަފަކު ކަނޑައަޅައި، އެމީހުންގެ ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމަނަން ވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. ކައުންސިލް މެމްބަރަކަށް ވެސް އެ މަސްއޫލިއްޔަތު ހަވާލު ކުރެވިދާނެ އެވެ.

ކުދި އާބާދީތަކުގެ ގިނަ ރަށްރަށުގައި މީގެ ކުރިން ފުލުހުންނެއް ނުތިބެ އެވެ. އެކަމަކު މިހާރު އެފަދަ ގިނަ ރަށްރަށުގައި ޑެސްކް ވަނީ ގާއިމްކޮށްފަ އެވެ. އެކަމަކު އަދިވެސް ބައެއް ރަށްރަށުގައި ފުލުހުންނެއް ނުތިބެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.